ުމެދުއިރުމަތީގެ ހަނގުރާމައިގާ ބޮޑެތި މީޑިއާތަކުން ސިއްރުކުރަން ބޭނުންވާ ޚަބަރުތައް

Loading

Facebook
Twitter
WhatsApp

އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާގެ ފޮޓޯއެއްވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާ ޚިލާފުވެ އިސްރާއީލާއި އެމެރިކާއިން އަނެއްކާވެސް ހަމަލާ ދޭން ފަށައިފިކަން އިއުލާންކުރުމާއެކު އީރާނުން އިތުރު ހަމަލާތައް ދިނުމުގެ ހައްގު ލިބިއްޖެކަން އެ ގައުމުން އެމެރިކާއަށް އިންޒާރު ދީފިއެވެ. މި އިންޒާރާއެކު އީރާނާއި ހިޒްބު ﷲ ގުޅިގެން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އިސްރާއީލުގެ އިމާރާތެއްގެތެރޭގައި ރައްކާތެރިކަން ލިބިގަނެގެންތިބި ތިންހާސްމީހުން މަރާލައިފިކަމާއި އަދި މިހަމަލާތަކާ ގުޅިގެން އިސްރާއީލުގައި ބިރުވެރިކަމާއި ނާމާންކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އީރާނުން ދިން ހަމަލާގެ ހިރަފުސްތައް އޮބެމުންދިޔަވަރަކަށް އިސްރާއީލުގެ ރައްޔިތުން ރޮމުން މަގުތަކަށް ނިކުންނަމުން ގެންދާ މަންޒަރު މިހާރު ދަނީ އާންމުވަމުންނެވެ.

ބައެއް މީޑިއާތަކުން މި ޚަބަރުގެ ތަފްސީލުގެނެސްދޭން މަސައްކަތް ކުރަމުން ގެންދާއިރު ހަމަލާގެ ޝިކާރައަށް ވެފައިވާ މީހުންގެ އާއިލާތަކުގެ ރުއިމާއި ހިތްދަތިކަން މީޑިއާތަކުގެ ކުރިމައްޗަށް ގެންދަނީ ބަންޑުންކުރަމުން މިހާލަތަށް މި ހަނގުރާމައިގެތެރެއިން ގައުމުވައްޓާލި ސިޔާސީ ލީޑަރުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް އެމީހުން ގެންދަނީ ގޮވަމުންނެވެ. ހަމަލާތަކުގައި މަރުވެދިޔަ މީސްތަކުންގެ ޖަނާޒާގައި ބައިވެރިވުމަކީ އެމީހުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމާއި ތަސައްލީއެވެ. ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އިސްވެރިން މަސައކަތްކުރަމުން ގެންދާއިރު އެ ރައްޔިތުން ގެންދަނީ އެކަކު އަނެކަކުގެ ކިބައިން ހިތްހަމަޖެހުމާއި ރައްކާތެރިކަން ލިބިގަންނަމުންނެވެ. އީރާނުންދިން ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައި އޮތީ ތެލް އަވީވަށް ކަމުގައިވިޔަސް އެ ހަމަލާތަކުގެ ގެއްލުންތައް ވަނީ ތެލް އަވީވު ފަހަނަޅާ ގޮސްފައެވެ. އީރާނުން ދިން ބައެއް ހަމަލާތައް ހައިފާގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް އަމާޒުވެ އެތަން އަނދަމުންދާކަމަށްވެސް އޮން ލައިން ރިޕޯރޓްތަކުގައި ބުނެފައިވެއެވެ. ހައިފާގެ ތެޔޮ ސާފުކުރާ ކާރުޚާނާ ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކު ކޮށްލާފައިކަމަށް ބައެއް ސޯޝަލް މީޑިއާތަކުން ބުނެފައިވެއެވެ. މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވިދާނެ ގޮތެއް ހޯދުމަށް ބައިނަލް އަގްވާމީގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާއިރު މިހާތަނަށް އެއްވެސް އަލި މަގެއް ފެނިފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް