ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރަނީ

Loading

Facebook
Twitter
WhatsApp

ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ތަންފީޒުކުރައްވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގެ ނުރައްކާތަކަށް، ވަކީން ޚާއްޞަކޮށް ކުޑަކުދިން ހުށަހެޅިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގގެ ނުރައްކަލަކީ މުޖުތަމަޢަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި ’ސައިބަރ ބުލީންގ’އަކީ، ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެފަދަ ކަންކަމުން ކުދިން ދުރުކޮށް، އިސްލާމީ އަސާސްތަކާ ޚިލާފު ކަންކަމުން ކުދިން ރައްކާތެރިކުރުމަކީ، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް ކަމަކީ އިންސާނީ ތަރައްޤީކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި މޭރުމުން އެމަނިކުފާނުގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި ޒުވާން ޖީލަށް ކުރިމަތިވެފައި އޮތް ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖޭގައި، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރެވޭއިރު، މިއީ ޑިޖިޓަލައިޒްވުމާ ދުރަށް ދިއުން ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި ބަދަލާއެކު ކުދިންގެ ކިޔެވުމަށްވެސް ހީނަރުކަމެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް