ކޮވިޑް ޖެހިފައިވާ ޒުވާނަކު މަރުވުމުގެ ކުޑަވަގުތުކޮޅެއްކުރިން އޭނާގެ ބައްޕައަށް އަސުގަދަ ވީޑިއޯއެއް ފުނުވައިފި

809
news

އިންޑިއާގެ ހައިދަރުއާބާދުގެ ހޮސްޕިޓަލެއްގައި އޮތް ކޮވިޑް-19 ޖެހިފައިވާ   26 އަހަރުގެ ޒުވާން ފިރިހެނަކު، މަރުވުމުގެ ކުޑަވަގުތުކޮޅެއްކުރިން އޭނާގެ ބައްޕައަށް އަސަރުގަދަ ވީޑިއޯއެއް ފޮނުވައިފިއެވެ.

ހުކުރުދުވަހުގެ ރޭ ނެގިި މި ވީޑިއޯ ވައިރަލްވެފައިވަނީ އިއްޔެއެވެ. އެ ފިރިހެން މީހާ އޭނާގެ ބައްޕައަށް ވަޓްސް އެޕް މެދުވެރިކޮށް ފޮނުވި ވީޑިއޯގައި ފެންނަނީ އޭނާ ނޭވާލުމާ ހަގުރާމަކުރަމުން އެންމެންނަށް އަލްވަދާލު ކިޔައިފައިވާ މަންޒަރެވެ.

އަމިއްލަ އަށް ނަގާފައިވާ އެވީޑިއޯގައި އޭނާ ބުނެފައިވަނީ ނޭވާލުމަށް ގުޅާފައިވާ ވެންޓިލޭޓަރ ނަގިތާ ތިން ގަޑިއިރު ވެއްޖެ ކަމަށާއި ވެންޓިލޭޓަރ  އަލުން ގުޅައި ދިނުމަށް އެތައްފަހަރު އެދުމުން ވެސް ހޮސްޕިޓަލުން އެކަން ކޮށް ދީފައިނުވާކަމަށެވެ.

” އެމީހުން އަހަރެންގެ ވެންޓިލޭޓަރ ނަގައިފި.. އަހަރެންނަށް އިހުސާސްވަނީ އަހަރެންގެ ހިތް ހުއްޓި ހަމައެކަނި މަސައްކަތް ކުރަނީ ފުއްޕާމޭކަމަށް، ބައި ބައްޕާ، ހުރިހާ އެންމެންނަށްވެސް ބައި، ބައި ބައްޕާ.” މި އަސަރުގަދަ ވީޑީއޯގައި އޭނާ ބުނެފައިވެއެވެ.

އޒުވާނާގެ ބައްޕަ އާ ހަވާލާދީ  އިންޑިއާގެ ނޫސްތަކުން ބުނާގޮތުން ހޮސްޕިޓަލުން އޭނާގެ ދަރިފުޅު މަރުވެއްޖެކަން އެންގީ އެ ވީޑިއޯ ލިބުނުތާ ގަޑިއެއްހާއިރު ވެސް ނުވަނީސްއެވެ. އަދި ސަރުކާރުން ހަދާ ކޮވިޑް-19 ޕޮޒިޓިވްވި ކަމުގެ ރިޕޯޓް ލިބުނީ އޭނާ ދަރިފުޅު މަރުވިފަހުން ދެދުވަސް ފަހުން އިއްޔެއެވެ.

މި ވީޑިއޯއާ ގުޅިގެން ހޮސްޕިޓަލުން މިހާތަނަށް އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާކޮށްފައި ނުވާއިރު ސިއްޚީ ދައިރާ އާ މެދު އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުންދަނީ ހިތްހަމަނުޖެހުން ފާޅުކޮށް ސުވާލު އުފައްދަމުންނެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާއިން މިހާތަނަށް 549،197 މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާއިރު 16،487 މީހުން ވަނީ މަރުވެފައެވެ. ބަލިން ރަގަޅުވެފައިވަނީ 321،774 މީހުންނެވެ. އޭގެ ތެރެއިން ސީރިއަސް ބަލި މީހުންގެ އަދަދަކީ 8944 އެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ