އަސްލަމަށް ރުހުންދޭން ކޮމިޓީން ނިންމައިފި

Loading

Facebook
Twitter
WhatsApp

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ މިނިސްޓަރުކަމަށް މުހައްމަދު އަސްލަމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައި އެމިނިސްޓްރީގެ މެންޑޭޓް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކޮށް އުފެއްދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ މިނިސްޓަރުކަމަށް އަސްލަމް އައްޔަންކުރެއްވީ މި މަހު 14 ގައެވެ. އެހާތަނަށް ވެސް އެބޭފުޅާ ގެންދެވީ ޕްލޭނިންގް މިނސްޓްރީގެ މިނިސްޓަރުގެ މަގާމު ފުރުއްވަމުންނެވެ.

ހައުސިން މިނިސްޓްރީ އުވާލެއްވީ އޭރު އެމިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ ޝުކޫރު ސިއްޚީ ސަބަބުތަކަށްޓަކައި އެމަގާމުން އިސްތިއުފާ ދެއްވުމާގުޅިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިނސް މިނިސްޓްރީ އަކީ އެއްމިނިސްޓްރީ އެއްގެ ގޮތުގައި ގެންދެވި މިނިސްޓްރީ އެކެވެ. ނަމަވެސް ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގެން އެ މިނިސްޓްރީ ދެ ބައިކޮށް ދެ މިނިސްޓްރީއެއްގެ ގޮތުގައި ބަދަލުކުރެެއްވީއެވެ.

އަސްލަމް އަކީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް