މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ”އުދަރެސް“ ބޯޓުން ގެއްލުނު ދިވެހި ފިރިހެން މީހާ ޕެލެޓެއްގެ މަތީގައި އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.
އެ ބޯޓު އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިގެންނެވެ.
އެ ބޯޓު އަޑިއަށް ދިޔައިރު އެ ބޯޓުން 13 މީހަކު ދަތުުރުކުރިއިރު އޭގެ ތެރެއިން ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ރެއިން ފެށިގެން އައީ ކުރަމުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ އިސްމާއިލް އަފީފު ފެނިފައިވާ ކަމަށާއި އެ މީހާ ފެނުނީ ކަނޑުމަތިން ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ އެމީހާ ފެނުނީ އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އަދި އެ މީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
![]()
