ބައެއްމީހުން ޖަލުގައި މަރުވި މައްސަލައިގައި ސިފައިންގެ 9 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ޓެމިލްނާޑޫގައި ކޮވިޑް ދުވަސްވަރު އުސޫލުން ބޭރުން ހައްޔަރުކުރި ބައެއްމީހުން ޖަލުގައި މަރުވި މައްސަލައިގައި ސިފައިންގެ 9 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ. އެސިޓީ އަށް ނިސްބަތްވާ ދެބަފައިން ކަމަށްވާ އުމުރުން 58 އަހަރުގެ ޖޭރާޖް އާއި އޭނާގެ ދަރިފުޅު، އުމުރުން 38 އަހަރުގެ ބެނިކްސް ހައްޔަރުކުރީ ލޮކްޑައުންތެރޭގައި އެމީހުންގެ މޯބައިލް ފޯން ވިއްކާ ފިހާރަ ހުޅުވައިގެން ތިބީމަ ކަމަށް ވެއެވެ.


ރަހުމު ކުޑަކަމާއެކު އަމަލު ކޮށްފައިވާ ފުލުހުން ނަށް ހުކުމް އިއްވަމުން ހޯމަ ދުވަހު ކޯޓުގެ ފަޑިޔާރު ވިދާޅުވެފައިވަނީ އެދެމީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން އެކަކު އަނެކަކުގެ ކުރިމަތީގައި ބަރަހަނާކޮށް އެމީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގައެވެ.އަދި އެމީހުން އެގޮތަށް އަމަލު ކުރީ މަގާމުގެ ބާރު ބޭނުންކޮށް، ސީދާ މަރާލުމަށް ގަސްތު ކޮށްގެން ކަމުގައި ފަޑިޔާރު ވިދާޅުވެފައި ވެއެވެ.
ގަސްތުގައި މީހުން މެރިކަމުގެ ކުށް މިދިޔަމަހު ސާބިތު ވެފައިވާ އޮފިސަރުން ނަށް މައްސަލަ އިސްތިއުނާފަށް ހުށައެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ނަމަވެސް ހޯމަ ދުވަހުގެ އަޑުއެހުމުގައި ފަޑިޔާރު ވިދާޅުވެފައިވަނީ ކިޔަވައިގެންވެސްތިބި އެއޮފިސަރުން، ހަތިޔާރެއް ނެތް އާންމު ރައްޔިތުންނަށް ރަހުމެއްނެތި އަނިޔާކޮށް މަރާލި މައްސަލައިގައި އެމީހުންގެ މައްޗަށް އެއްވެސް ބަޔަކު ރަހުމު ކޮށްގެން ނުވާނެ ކަމުގައެވެ.
ފުލުހުންގެ ހަރުކަށި އަމަލުތަކާއި ގުޅިގެން ފުލުހުންގެ ދިހަ އޮފިސަރުން ހައްޔަރު ކުރި ކަމަށް ވެއެވެ. ނަމަވެސް އެކަކުވަނީ ކޮވިޑް 19 ޖެހި 2020 ވަނަ އަހަރު މަރުވެފައެވެ.
އެދެބަފައިން ޖަލުގައި މަރުވި މައްސަލައިގައި ޓެމިލްނާޑޫގައި އާންމުން ނިކުމެ މުޒާހަރާތައް ކޮށްފައި ވެއެވެ. އަދި އިދިކޮޅު ލީޑަރ ރާހުލް ގާންދީ ހިމެނޭ ގޮތުން އެކިފަރާތްތަކުން އައީ ސޯޝަލް މީޑިޔާގައިވެސް ނުރުހުން ފާޅު ކުރަމުންނެވެ.
މިހާދިސާއާއި ގުޅިގެން އިންޑިޔާގެ ފުލުހުންގެ އަނިޔާވެރިކަމުގެ މައްސަލަ، ޚާއްސަކޮށް ޖަލުތަކުގައި އަނިޔާކުރާ މައްސަލަޔަށް އަނެއްކާވެސް މިވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް