މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

Loading

Facebook
Twitter
WhatsApp

މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.


ފުލުހުން މިއަދު ބުނީ މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 18:18 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހަބަރު ހުސްވެފައި އޮއްވާ ފެނިފައި ވަނީ ބިދޭސީ ފިރިހެނެއްކަމަށާއި އެމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް