މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ހޭނެތިފައި ތިބި ބަޔަކު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ބަޔަކު ހޭނެތިފައި ތިބިކަމުގެ މަޢުލޫމާތު، މިއަދު ހެނދުނު 6:00 އެހާކަންހާއިރު ލިބިފައި ވާކަމަށެވެ.
”ޑީއެމްއެމްއޭ އެކްސްޕްރެސް 5“ ނަމަކަށް ކިޔާ މި ބޯޓުގައި ހޭނެތިފަައި ތިއްބާ ފެނިފައިވަނީ ފަސް ފިރިހެނުން ކަމަށާއި، އެއީ ދިވެއްސަކާއި ހަތަރު ބިދޭސީން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ޚަބަރު ލިބޭގޮތުގައި މި އެންމެންނަކީވެސް އެ ބޯޓުގެ ފަޅުވެެރިންނެވެ.
![]()
