އަންހެނެއްގެ ރުހުން ނެތި އޭނާގެ އަތުގައި ކިސްކުރުމަކީ ޖިންސީ ފުރައްސާރަ ކަމަށް ސްޕެއިންގެ ސުޕްރީމް ކޯޓުން ނިންމައިފި

Loading

Facebook
Twitter
WhatsApp

އަންހެނެއްގެ ރުހުން ނެތި އޭނާގެ އަތުގައި ކިސްކުރުމަކީ ޖިންސީ ފުރައްސާރަ ކަމަށް ސްޕެއިންގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ. މިގޮތަށް އެ ކޯޓުން ނިންމާފައިވަނީ 2023 ވަނަ އަހަރު މެޑްރިޑްގައި ހިނގި ހާދިސާއަކާއި ގުޅިގެން ކޯޓުގައި ހިނގަމުން އައި މައްސަލަ އެއްގައެވެ.


އެ ހާދިސާގައި ފިރިހެނަކު،ބަސް ސްޓޮޕެއްގައި ހުރި އަންހެނެއްގެ އަތުގައި ހިފާ ކިސްކޮށްލުމަށްފަހު، އޭނާއާއި އެކު އޭނާ ބުނާތަނަކަށް ދިއުމަށާ، އޭނާޔަށް އަގުދޭނެ ކަމަށް ހަރަކާތުން ބުނި ކަމަށް ވެއެވެ. މި މައްސަލައިގައި ފިރިހެންމީހާގެ މައްޗަށް ކޯޓުގައި ދައުވާކުރެވި 1800އެއްހާ ޔޫއެސް ޑޮލަރުން ޖޫރިމަނާ ކުރެވުނެވެ.

އޭނާ މައްސަލަ ޓްރައިބިއުނަލް އަށް ހުށައެޅުމުން އެތަނުންވަނީ ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ.
އެހާހަމައިން ފިރިހެންމީހާ ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ވައްދާފައެވެ. އޭނާގެ އާގިއުމަންޓަކަށް ވީ އޭނާ އެއްވެސް ގޮތަކަށް ހަރުކަށިކަން ބޭނުން ނުކުރާކަމަށާ އަދި ބިރުވެސް ދައްކާފައި ވުވާނެ ކަމުގައެވެ.އަދި އެކަން ހިނގީ ދުވާލުގެ ވަގުތުގައި ޕަބްލިކް ތަނެއްގައި، އަދި ޕޮލިސް ސްޓޭޝަނެއްގެ ކައިރީގައި ކަންވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އޭނަ ހިންގި އަމަލު، ހަމަ އެކަނި ފުރައްސާރަ ކުރުމުން ބޭރަށް ގޮސް ޖިންސީ ފުރައްސާރަޔަށްވެސް ވާކަމުގައެވެ. އެހެނީ އޭނާ އަންހެން މީހާގެ ރުހުންނެތި އަންހެންމީހާގެ އަތުގައި ކިސްކޮށްފައިވެސް ވާތީއެވެ.
ކޯޓުގެ ދެފަޑިޔާރުން ވަނީ އެގޮތަށް އަތުގައި ކިސްކުރުމަކީ ހުތުރު އަމަލެއް ކަމުގައި ނުބެލެވޭ ކަމުގައި ބުނެފައެވެ.
ސެކްޝުއަލް ކޮންސެންޓް ނުވަތަ ރުހުމުގައި ޖިންސީ އަމަލެއް ހިންގުން މިމައުލޫއަކީ ސްޕެއިންގައި މިފަހަކަށް އައިސް ހޫނުކޮށް ބަހުސް ކުރެވެމުންއަންނަ މައުލޫއު އެކެވެ. މިއާއެކި ވަނީ އެކަން ކަނޑައަޅާނެ އައު ގާނޫނެއް ވެސް ފާސްކޮށްފައެވެ. މިގާނޫނުގެ ނަމަކީ ”އޮންލީ ޔެސް މީންސް ޔެސް“ އެވެ. ނުވަތަ ”އާނއެކޭ ބުނުމަކީ ހަމައެކަނި ސީދާ އާނއެކޭ ބުނުމެވެ.“
2023 ވަނަ އަހަރު ބޭއްވުނު އަންހެނުންގެ ފުޓްބޯލް ވަރލޑްކަޕްގައި ސްޕެއިންގެ އަންހެންޓީމް ހޯދިކާމިޔާބީ އާއި ގުޅިގެން ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ލުއިސް ރުބިއާލިސް އުފަލުންގޮސް ވަނީ ޓީމް މެމްބަރެއް ކަމަށްވާ ޖެނީގެ ތުންފަތުގައި ކިސްކޮށްފައެވެ. އެކަންކުރީ ހުއްދަ ލިބިގެން ކަމަށް ރުބިއާލިސް ބުނިނަމަވެސް ޖެނީ ވަނީ އެކަން ދޮގުކޮށްފައެވެ.މައްސަލަ ކޯޓަށް ގޮސް 2025 ވަނަ އަހަރު ރުބިއާލިސްގެ މައްޗަށް ވަނީ ޖިންސީ ފުރައްސާރައިގެ ކުށް ސާބިތުވެ ޖޫރިމަނާ ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް