އީރާނުން އެމެރިކާގެ 500 މިލިއަން ޑޮލަރުގެ ހަނގުރާމަމަތީ ލޭނާރު ބުރިކޮށްލައިފި

Loading

Facebook
Twitter
WhatsApp

މިހާތަނަށް އެމެރިކާގެ މިލިޓްރީ ކޮމާންޑަރުން އެތައް ސަތޭކަ މޭލެއްގެ ދުރުން އެއްގަމާއި ޖައްވުތެރޭގައި ހިނގާ ހަރަކާތްތަކަށް ފާރަލުމަށް ބޭނުންކުރި އެގައުމުގެ މިލިޓްރީ ތާޖުގެ ޖަވާހިރު އެހެން ގޮތަކަށް ބުނާނަމަ 500 މިލިއަން ޑޮލަރުގެ އަގުބޮޑު “ އުދުހޭ ހަނގުރާމައިގެ މައިދާން “ އީ-3 ސެންޓްރީ އެއާރކްރާފްޓް ސައޫދީ އެރޭބިއާގެ ޕްރިންސް ސުލްތާން އެއާރބޭސްގެ ރަންވޭގައި މިއަދު ފެންނަން އެ އޮތީ ފިޔަތައް އުފުރާލައި ބަނޑުފަޅާލާފައިއޮތް ބިޔަ ދޫންޏެއްގެ ސިފައިގައެވެ. ހަތަރު އިންޖީނު ލާފައިހުރި ޔޫ އެސް އެއާރފޯސްގެ ޖެޓް ޕްރިންސް ސުލްތާން އެއާރބޭސްގެ ރަންވޭގައި ހަލާކުވެ ބަނޑިވެ ފޫގޮއްސާހުރި މެޓަލްގެ ބައިތައް ފެންނަނީ ބަނޑުވަތަށް ވައްޓާލާފައި އޮތް ފްލައިއިން ސޯސަރސް އެއްގެ ސިފައިގައެވެ. 

              

ފިނި ހަނގުރާމައިގާ އެމެރިކާއިން ބޭނުންކުރި މިބާވަތުގެ 16 އެއާރކްރާފްޓްގެތެރެއިން ހައެއްކަ އެއާރކްރާފްޓް މިދިޔަ ހުކުރު ދުވަހާ ހަމަޔަށްވެސް ހަރަކާތަށް ތައްޔާރުކޮށްފައިއޮތީ މެދުއިރުމަތީގެ ގައުމުތަކުގައެވެ. އޭގެތެރެއިން އެއް އެއާރކްރާފްޓް އީރާނުން މިވަނީ ހަލާކު ކޮށްފާއެވެ. އަދި އެ ހަމަލާގައި ޖައްވުތެރޭގައި މިލިޓްރީ އެއާރކްރާފްޓް ތަކަށް ތެޔޮ އެޅުމަށް އެމެރިކާ ސިފައިން ބޭނުންކުރާ 5 ޓޭންކަރ ޖެޓްވެސް ވަނީ ގޮއްވާލާފައެވެ. އަދި 12 ސިފައިން ޒަޚަމް ކޮށްލާފައެވެ. އޭގެތެރެއިން 2 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފައި ވެއެވެ. އީރާނުން ދިން ހަމަލާ ކާމިޔާބު ކުރުމުގައި ރަޝިޔާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭތީ ރައީސް ޓްރަމްޕް ވަނީ ރަޝިޔާއަށް އިންޒާރު ދީފައެވެ.                       

ބައެއް ޚަބަރުތަކުގައި ބުނެފައިވާގޮތުން ޕްރިންސް ސުލްތާން އެއާރބޭސްއަށް އީރާނުން ދިން ހަމަލާގައި އެމެރިކާގެ މިލިޓްރީއަށް ލިބުނު ގެއްލުންތައް އެންމެ ފުރަތަމަ މީޑިއާއަށް ލީކްކޮށްލީ ސައޫދީ އެރޭބިއާއިން ކަމަށް ބުނެފައިވެއެވެ. އަދި މިއީ ދާދިފަހުން ސައޫދީ ވަލީ އަހްދު މުހަންމަދު ބިން ސަލްމާނަށް އަމާޒުކޮށް ރައީސް ޓްރަމްޕް ކުރި އިންސަލްޓަށް ސައޫދީ އެރޭބިއާއިން ދިން ޖަވާބުކަމުގައިވެސް ބުނެފައިވެއެވެ.                                       

އީރާނު ހަމަލާގައި ގޮއްވާލި އެއާރފޯސް ޖެޓްގެ ބަދަލުގައި އަލުން ޖެޓެއް އުފެއްދުމަށްވެސް ހުރަސްތަކެއް ހުރިކަމަށް ބުނެފައިވެއެވެ. އީރާނުން ގޮއްވާލި ޖެޓާއި އެންމެ ގާތްކުރަނީވެސް ބޯއިން ކުންފުނީގެ އީ-7 މަރުކާގެ އުފެއްދުމެވެ. އެފަދަ ޖެޓެއްގެ އަގަކީ މިހާރުގެ މާރކެޓްގައި  700 މިލިއަން ޑޮލަރ ކަމަށް ބުނެފައިވެއެވެ.                               

ކުރުދީންގެ ޖަމާއަތްތައް އީރާނާ ދެކޮޅަށް  ބޭނުން ކޮށްފިނަމަ އަންކާރާއިން އީރާނާއެއްކޮޅަށް ހަނގުރާމައިގާ މިލިޓްރީގޮތުން ބައިވެރިވާނެކަމަށް ރައީސް އުރްދުޣާން އިންޒާރު ދެއްވި ޚަބަރުވެސް މީޑިއާތަކުން މިއަދު ރިޕޯރޓް ކޮށްފިއެވެ.                                    

އީރާނުން ރައީސް ޓްރަމްޕް އަށް ގެއްލުމެއް ދީފާނަންތޯ ދޭހަވާ މޭރުމަކުން މީޑިއާއިން ކުރި ސުވާލެއްގެ ޖަވާބުގައި އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވާކަމަށް ވެއެވެ.  ވައިޓް ހައުސް ތެރޭގައި ހުންނަވައިގެން ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ތަސައްވުރު ކިލަނބު ކުރަމުން ގެންދާއިރު އެމަނިކުފާނަށް އިތުރު ގެއްލުމެއް ދިނުމުގެ ވިސްނުން އީރާނުން ގެންގުޅޭކަށް ނުޖެހެއެވެ. އެމަނިކުފާނު އަމިއްލައަށް އެގެންދަވަނީ އަމިއްލަ ސަޚްސިއްޔަތު އެމެރިކާ ރައްޔިތުން ކުރިމަތީގައި ލަދުވެތި ގޮތަކަށް ވެއްޔާ މޮޑެމުންނެވެ. އީރާނުން ކުރަން ބޭނުންވާ ކަންތައް ޓްރަމްޕް އެ ގެންދަވަނީ އަމިއްލައަށް ކުރައްވަމުންނެވެ. ކިތަންމެ ބޮޑު ފިއްތުމަކާ އުދަނގުލެއްގެ ކުރިމަތީގައިވެސް އަމިއްލަ ނަފްސުގެ އިއްޒަތާ ކަރާމަތް ދެހެމެހެއްޓެވުމާއެކު ޖަވާބުދާރީ ވުމުގައި މޫނުފުޅުމަތިން އަބަދުވެސް ފެންނަ މަޑުމައިތިރި ހިނިތުންވުމުގެ ސަބަބުން އީރާނުގެ ޚާރިޖީ ވަޒީރަކީ މިޒަމާނުގެ ޑިޕްލޯމެޓިކް ހީރޯ އެއްގެ ގޮތުގައި މީޑިއާތަކުން ގެންދަނީ ސިފަކުރަމުންނެވެ.                                                   

އީރާނުގެ ބެލިސްޓިކް މިސައިލުން އިސްރާއީލުގެ ނެގެވް ޑެސަރޓް ސަރަހައްދުގެ ނެއޮޓް ހޮވާވް ކެމިކަލް އަދި ފާރމަސޫޓިކަލް އިންޑަސްޓްރިއަލް ޒޯނަށް އަމާޒުކުރި ސީދާ ހަމަލާއަކުން އުފެދުނު ނުރައްކާތެރި ލީކެއްގެ ސަބަބުން ތިމާވެއްޓަށާއި ސަލާމަތީ ކްރައިސިސްއެއް އުފެދިއްޖެއެވެ.    

އީރާނުގެ ޚަރގް ޖަޒީރާއަށް އަރަން މަސައްކަތްކުރި އެމެރިކާގެ ޑެލްޓާ ފޯސް ލަޝްކަރުގެ ސިފައިންތަކެއް އީރާނުގެ އިންގިލާބީ ސިފައިންގެ އަތްދަށުވެ ހައްޔަރު ކުރެވިއްޖެ ޚަބަރުވެސް މީޑިއާގައި ފެތުރެމުން އެބަ ދެއެވެ. އީރާނުން އެމީހުންގެ ވަނަވަރުތަކާއެކު ފޮޓޯތައްވެސް ވަނީ މީޑިއާއަށް ލީކް ކޮށްލާފައެވެ. ޚަރްގް ޖަޒީރާއަށް އެއްގަމު މަގުން އަރާގަތުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމަށް ބީ ބީ ސީ ގެ ޚަބަރުގައިވެސް ބުނެފައިވާއިރު އީރާނުން ވަނީ އެމީހުން އެތަނުގައި އަނދާ އަޅިޔަށް ވެގެން ދާނީ ކަމަށް ބުނެފައެވެ. ޚަރްގް ޖަޒީރާއަށް އަރާގަތުމަށް ފޮނުވާ ލަޝްކަރުގައި އިނގިރޭސި ވިލާތުން ބައިވެރި ނުވާނެކަން އެގައުމުގެ ބޮޑުވަޒީރު ވަނީ ކަށަވަރު ކޮށްދީފައެވެ.                                             

މެދުއިރުމަތީގެ ހަނގުރާމައަށް ފިނިކަމެއް ނުލިބި އިތުރަށް ނުރައްކާވަމުންދާ އިރު މިއަދުގެ އެންމެ ކުއްލި ޚަބަރުތަކުގައި ނިއުސް ވަޔަރ އެކްސްގެ ޕޯސްޓް ފާހަގަ ކުރެވެއެވެ. އެމެރިކާ މިލިޓްރީގެ އެންމެ ބޮޑު ފަޚްރުކަމަގައިބެލެވޭ އެއާރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަންއަށް އީރާނުން ދިން މިސައިލް ހަމަލާ އެ އުޅަނދަށް އަމާޒުވެފައިވާކަމަށް އެ ޚަބަރުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެމެރިކާއިން އެ ހަމަލާގެ ވާހަކަ ދައްކާފައެއް ނުވެއެވެ.        

އިސްރާއީލުގެ ހައިފާއަށް އަމާޒުކޮށް ފޮނުވާލާފައިވާ މިސައިލެއް އިސްރާއީލުން ވަނީ ޖައްވުތެރެއަށް ނައްތާލާފައެވެ. އެހެންނަމަވެސް އެ މިސައިލުން ބުރައިގެން ދިޔަ ބައިތަކުން ޖެހި އެ ޝަހަރުގައި ހުރި އެންމެބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ބައިޒަން އޮއިލް ރިފައިނަރީގައި އަލިފާން ރޯވެ އަނދަމުންދާ ޚަބަރުވެސް މިއަދު މީޑިއާގައި ފާހަގަކޮށްފައިވެއެވެ. އަލިފާން ރޯވެފައިވާ ސަރަހައްދުން މީހުން ސަލާމަތްކުރުމާއި އަލިފާނިންވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ވީޑިއޯވެސް އިސްރާއީލުން ވަނީ އާންމުކޮށްފައެވެ. އެ މިސައިލް އައީ އީރާނުންކަން ނުވަތަ ލެބަނުންކަން ސާފެއް ނުކުރެވެއެވެ. މި ޚަބަރުތަކާއެކު ހިޒްބު ﷲ ގެ މުޖާހިދުން އެއްގަމުމަގުން އިސްރާއީލުގެ ގަލީލީ ސަރަހައްދަށް އަރައިގެންފި ޚަބަރުވެސް މީޑިއާތަކުން ވަނީ މިއަދު  ފާހަގަކޮށްފައެވެ. މިއީ 78 އަހަރުގެ ތެރޭގައި ބޭރުގެ ބާރަކުން އިސްރާއީލުގެ ތެރެއަށް ވަދެގަތް ފުރަތަމަ ފަހަރުކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. ހިޒްބު ﷲ އިން އިސްރާއީލުގެ ސިފައިންތަކެއް ރަހީނުކޮށްފައިވާ ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. އިސްރާއީލުގެ ރަސްމީ ރޭޑިއޯއިންވެސް މިޚަބަރު ވަނީ ކަށަވަރުކޮށްދީފައެވެ.                          

އެމެރިކާއިން އީރާނުގެ ޔުނިވަރސިޓީއަށް ދިން ހަމަލާ ކުށްވެރިކޮށް މިއަދު އީރާނުގެ ގަޑިން 12 ޖެހުމުގެ ކުރިން އެމެރިކާއިން މައާފަށް ނޭދިއްޖެނަމަ މެދުއިރުމަތީގައި ހުރި އެމެރިކާއާއި ގުޅުންހުރި ހުރިހާ ޔުނިވަރސިޓި ތަކަށް އީރާނުން ހަމަލާ ދޭނެކަމަށް އީރާނުންވަނީ އިންޒާރު ދީފައެވެ. މި އިންޒާރާ ގުޅިގެން ގަތަރުގައި ހުރި އެމެރިކާ ޔުނިވަރސިޓީތައް މިހާރު ވަނީ ހުސްކޮށްފައި ކަމަށް ވެއެވެ.       

Loading

Leave a Reply

ފަހުގެ އަޕްޑޭޓް