އަހަރެމެންނަކީ އަވަށްޓެރިންނެވެ. އެގޮތުގައި ތިބުމަށް މަގުހޯދާނަމެވެ.

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ އަރަބި ގައުމުތައް އެމެރިކާއިން އަޅުވެތިކޮށްފައިވާ މިންވަރު މިހާރު ދަނީ ފެންނަމުންނެވެ. އެމެރިކާގެ މަގްސަދާއި އަމާޒުކޮށްފައިވާ ލަނޑުދަނޑި އެ ގައުމުތަކުގެ އާންމު ރައްޔިތުންނާއި ވެރިކަމުގެ ފަރާތަށް ރަނގަޅަށް އެނގި ހާމަވެފައިވާއިރުވެސް އިސް އުފުލާލާފައި އެމެރިކާއާ ދިމާލަށް ނޫނެކޭ ބުނަން ޖެހިލުންވާކަހަލައެވެ. ދާދިފަހުން މީޑިއާއަށް ލީކުވެފައިވާ ވީޑިއޯއެއްގައި ގަތަރުގެ ޚާރިޖީ ވަޒީރު މަޖީދު އަލް އަންސާރީ ވިދާޅުވިކަމަށް ބުނެފައިވެއެވެ.

”އަހަރެމެން އަވައްޓެރި ގައުމުތަކެއްގެ ގޮތުގައި ދިރިދެމިތިބޭތާ ޒަމާންތަކެއް ވެއްޖެއެވެ. ކުރިއަށް އޮތް ތަނުގައިވެސް އަހަރެމެން ދެމިތިބޭނީ އެގޮތުގައެވެ. އެކަމަށް އަހަރެމެން މަގު ހޯދާނަމެވެ. ސިޔާސީ ބޭފުޅެއްގެ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން މީގެ ތެރެއިން އެއްވެސް ބަޔަކު ދުނިޔެއިން ފޮހެވިގެނެއް ނުދާނެއެވެ.“ އީރާނުގެ ބެލިސްޓިކްމިސައިލް ހަމަލާގައި ހަލާކުކޮށްލި އިސްރާއީލުގެ ކަރަންޓް އުފައްދާ ގްރިޑްގެ ވާހަކަ ބައިނަލް އަގްވާމީ ބޮޑެތީ މީޑިއާތަކުން ހާމަކޮށްފައިވަނީ ހަމައެކަނި ކަރަންޓް އުފައްދާ ގްރިޑަކަށް އިރާނުން ދިން ހަމަލާއެއްގެ ގޮތުގައެވެ. އެއީ އިސްރާއީލަށްޓަކައި ކޮންފަދަ މުހިންމުތަނެއްކަން ބުނެދޭކަށް ބޭނުމެއް ނުވެއެވެ. މިހިނގާ މާރޗް 25 ވަނަދުވަހު ހެނދުނު 2.47 ހާއިރު އީރާނުންދިން ހަމަލާގައި ހަލާކުކޮށްލި އިސްރާއީލުގެ ހަދޭރާގައި ހުންނަ އޮރޯޓް ރަބިން ޕަވަރ ގްރިޑްއަކީ އެ ގައުމުގައި ހުންނަ އިލެކްޓްރިކް ކަރަންޓް އުފައްދާދޭ އެންމެ ބިޔަ ވަސީލަތެވެ. އެތަން ހަމައެކަނި ހަލާކުވެ ބިމާ ހަމަވީއަކީ ނޫނެވެ. އަލުން ހަރަކާތަށް ގެނެވޭނެ ގޮތެއް އަދި އޭގެ ބަދަލުގައި އެ ވަރުގެ ވަސީލަތެއް ގާއިމް ކުރެވުމަކީވެސް ދުރުކަމެކެވެ. އަދި އޭގެ ބެކަޕް ނިޒާމެއްވެސް ހުރިކަމަކަށް ނުވެއެވެ. އެއީ މިލިޓްރީ ބޭސް އެއް ނޫނެވެ. އެއީ ހަތިޔާރު ގުދަނެއް ވެސް ނޫނެވެ. އެއީ އިސްރާއީލުގެ ހިނގަ ހިނގާއޮތް ހިތުގެ ހަކަތަ ކަނޑާލުމެވެ. 2 މިލިއަން ރައްޔިތުންނަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދޭ ހަމައެކަނި ވަސީލަތަކީ އެތަނުން އުފައްދާ 2500 އަށްވުރެން ގިނަ މެގަވޮޓް ކަރަންޓުންކަން އޮޅުންފިލުވާ ދޭކަށް ބައިނަލް އަގްވާމީ މީޑިއާތަކުން ބޭނުމެއް ނުވެއެވެ. އެއީ މުޅި އިސްރާއީލަށް ބޭނުންވާ ކަރަންޓްގެ %18 ކަމާއި އެތަނުގެ އަގަކީ 4.2 ބިލިއަން އެމެރިކާ ޑޮލަރކަން އަންގާދޭކަށް ބޭނުމެއް ނުވެއެވެ. އީރާނުން މިއަދު އިސްރާއީލަށްދިން އިތުރު ހަމަލާއެއްގައި އެ ގައުމުގެ ވަނީ ހަލާކު ކޮށްލާފައެވެ. ފެނުގެ ނިޒާމަށް ދިން ހަމަލާގެ ސަބަބުން އެ ގައުމުގެ 4 މިލިއަނެއްހާ މީހުންނަށް ބޯފެން ފޯރުކޮށްދެވޭނެ ގޮތެއް ނތިއްޖެއެވެ. މެކްރޮޓް ނޭޝަނަލް ވޯޓަރ ފެސިލިޓީ ކޮމްޕެނީ އަށް ދިން ހަމަލާގައި ލޮނު ފެނަށް ހެދުމުގެ ވަސީލަތްތަކާއި ޕަމްޕް ސްޓޭޝަން ތަކާއި ތެލް އަވީވް މެޓްރޯޕޮލިޓަން ސިޓީ ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންފޯރުކޮށް ދިނުމަށް އަޅާފައިވާ ޕައިޕް ލައިންތައްވެސް ވަނީ ހަލާކު ކޮށްލާފައެވެ. އިސްރާއީލުގެ މިއަދުގެ ހާލަތަށް ބަލާއިރު އެގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަރަންޓާއި ފެނާއި އެއާރޕޯރޓްގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއަދު ހެނދުނު އެ ގައުމުގެ ރައްޔިތުން ނިދާތެދުވިއިރު ކުރިން މިލިޓްރީ ބޭސްތަކާއި އެއާރޕޯރޓް ހަލާކު ކޮށްލާފައިވާއިރު އެންމެ ފަހުން ބޯ ފެން ލިބުންވެސް ވަނީ ބަންދުވެފައެވެ. އީރާނުގެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އެގައުމުގައިހުރި ކަރަންޓް އުފައްދާ ތަންތަނަށް އެމެރިކާއިން ހަމަލާ ދީ އެތަންތަން ނައްތާލާނެ ކަމަށާއި އަދި އެއްގަމު މަގުން އީރާނަށް އަރައިގަންނަން ތައްޔާރުވަމުންދާކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފައެވެ. އީރާނަށް އެއްގަމު މަގުން އަރައިގަތުމަށް އެމެރިކާއިން ފޮނުވާ ލަޝްކަރުތަކުގައި އިސްރާއީލުން ބައިވެރިވާނެކަން ނަތަންޔާހޫ ވަނީ ބުނެފައެވެ. އެމެރިކާގެ މި އިންޒާރާ ގުޅިގެން އީރާނުން ބުނެފައިވަނީ އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރާގަންނަން މަސައްކަތް ކުރާނަމަ މުޅި ޕަރޝިއަން ގަލްފުގައި މައިން އަޅާނެކަމަށެވެ. އެންމެ ފުރަތަމަ އެއްގަމު މަގުން އެމެރިކާއިން އަރާގަންނާނީ އީރާނުގެ ޚަރގް ޖަޒީރާއަށްކަމުގައި ބައެއް އެނަލިސްޓުން ބުނެފައިވެއެވެ. އަދި އެ ޖަޒީރާއަކީ އެމެރިކާ ސިފައިންނަށް ނުރައްކާތެރި ދަންތޫރައަކަށްވުން ވަރަށް ކައިރި ކަމަށްވެސް ބުނެފައިވެއެވެ. ޚަރގް ޖަޒީރާއަކީ 1990 ވަނައަހަރުއްސުރެން އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕް ވަރަށް ބޭނުންވެފާއޮތް ޖަޒީރާއެއްކަންވެސް މީޑިއާތަކަށް މިހާރު އޮތީ ފަޅާއަރާފައެވެ. އީރާނުން ކަރަންޓް އުފައްދާ ތަންތަނަށް އެމެރިކާއިން ހަމަލާދީފިނަމަ މެދުއިރުމަތީގައިހުރި އެމެރިކާ އެއްވެސް މިލިޓްރީބޭސް އެއްގައި އަދި އެމެރިކާއިން ހިއްސާވާ ވަސީލަތެއްގައިވެސް އަލިކަމެއް ނުހުންނާނެކަމަށް އީރާނުންވަނީ އިންޒާރު ދީފައެވެ. އީރާނުގެ މިސައިލް ސިސްޓަމް އާއި އެއްފަދަ ވަސީލަތެއް އެމެރިކާގައި ނުހުންނާނެކަމަށާއި އީރާނުން އެ މިސައިލްތައް ބޭނުންކުރާ މަގާމަށް ދިއުން މަޖުބޫރު ކުރުވާފާނެ ހާލަތަކަށް ދިއުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން ރަޝިޔާއިން ވަނީ ދާދިފަހުން އެމެރިކާއަށް ގޮވާލާފައެވެ. މިއީ ނިއުކްލިއަރ ބާރަކުން ނިއުކްލިއަރ އެހެން ބާރަކަށް ހިއްސާ ކުރާ އިންޒާރެއް ކަމުގައި ދުށުމަށް ރަޝިޔާގެ ސަލާމަތާ ބެހޭ ކައުންސިލްގެ ރައީސް ސަރގޭ ޝޮއިގޯ ވިދާޅުވެފައިވެއެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދެމުން މިގެންދާ ހަމަލާތަކުގައި އީރާނުން ދުވަހަކުވެސް ބަލިނުވާވަރަށް ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ބަލިކޮށްލެވޭނެ ކަމަށް ފަރަންސޭސި ވިލާތުގައި ބޭއްވުނު ޖީ-7ގެ ޚާރިޖީ ވަޒީރުންގެ ބައްދަލު ކުރެއްވުމަށްފަހު ރިޕޯރޓަރުންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވިއެވެ. އެހެންނަމަވެސް ސައޫދީ އެރޭބިއާގެ ޕްރިންސް ސުލްތާން އެއާރބޭސް އަށް އީރާނުގެ ޑްރޯނާއި މިސައިލުން ދިން ހަމަލާގައި އެމެރިކާ ސިފައިންގެ 12 މީހުން ޒަޚަމް ވެއްޖެ ކަމާއި އޭގެ ތެރެއިން 2 މީހެއްގެ ހާލު ވަރަށް ސީރިއަސްކަމަށް އޭގެ ކުޑައިރުކޮޅެއްފަހުން ނިއުޔޯރކް ޓައިމްސް އާއި އަދި ވޯލް ސްޓްރީޓް ޖާރނަލުން ޚަބަރު އާންމުކޮށްފިއެވެ. ހަމަލާގެ ވަގުތުގައި އެމެރިކާގެ ސިފައިންތިބީ އެތަނުގެ އިމާރާތެއްގެތެރޭގައި ކަމަށްވެސް ޚަބަރުގައި ބުނެފައިވެއެވެ. ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށްފަހު ޚޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި އަގުނަގާގޮތަށް އީރާނުން ޓޯލިންގ ސިސްޓަމް ގާއިމް ކުރުމުގެ ބިރުވެރިކަންވެސް އުފެދިފައިވާ ކަމަށެވެ. ކުރީ ދުވަހެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ނުސީދާގޮތެއްގައި އެކަމަށް އަލިއަޅުވާލާފައިވާ ޚަބަރެއްވެސް މީޑިއާތަކުގައި ދައުރުވަމުން ދިޔަތަން ފެނުނެވެ. ސުއޭޒް ކެނެލުން ދަތުރުކުރުމުގައި މިސްރު ސަރުކާރަށް ބޮޑު އަގެއް ދޭންޖެހެއެވެ. ޕެނަމާ ކެނަލުން ދަތުރުކުރުމުގައި އެ ގައުމަށް އަގުދޭން ޖެހެއެވެ. ޚޮރްމުޒް ކަނޑުއޮޅި އޮންނަންޖެހޭނީ ހިލޭ ސާބަހަށް ދަތުރު ކުރެވޭގޮތަށް ހެއްޔެވެ ؟ އެމަނިކުފާނުގެ ވާހަކަފުޅުގައި ސުވާލު ކުރައްވާފައި ވެއެވެ. ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކާމިޔާބު ކަމާއެކު ކުރިއަށްދާކަމަށް އެމެރިކާގެ ރައީސް ވިދާޅުވަމުން ގެންދެވި ކަމުގައިވިޔަސް އީރާނުން އެކަން ގެންދަނީ ދޮގުކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް