އާއެކެވެ. ކަން ބޮޑުވުން، ހާސްވުން، ނުތަތަ ސްޓްރެސް ވުން ފަދަ ކަމެއް ދިމާވުމުން އަމިއްލަ ބޮލާއި ތުބުޅި އަދި ބުމައިގައި ހުންނަ އިސްތަށި އުފުރާ ބައްޔެއް ޖެހޭ ކަމަށްވެއެވެ. ދުނިޔޭގެ 1 ނުވަތަ 2އިންތައްތަ މީހުންނަށް ޖެހޭ ކަމަށް ބުނާ ބައްޔަށް ކިޔާނަމަކީ ޓްރިޗޯޓިލޯ މޭނިޔާއެވެ. ނުވަތަ ޓްރިޗްއެވެ. އަދި ނޫނީ ޓީޓީއެމް އެވެ. ދުނިޔޭގެ 1ނުވަތަ 2އިންސައްތަ މީހުންނަކީވެސް މަދު އަދަދެއް ނޫނެވެ.
މިބަލި ޖެހިފައިވާ، ވޭލްސް ގެ ރަށަކަށް ނިސްބަތްވާ ޒުވާނެއްކަމަށްވާ ރޫބެން ވަނީ އެބައްޔާބެހޭ ގޮތުން އޭނާގެ ސޯޝަލްމީޑިޔާ ބްލޮގް އެއްގައި ވާހަކަ ދައްކާފައެވެ. ރޫބެން ބުނެފައިވާ ގޮތުގައި މިކަމަކީ ލަދުގަނެ ފޮރުވަންވީ ކަމެއްނޫނެވެ. އަދި ކީއްތަ، އޭގެ ބަދަލުގައި އެކަމާބެހޭގޮތުން ވާހަކަ ދައްކާ ފަރުވާ ނުތަ އެހީތެރިކަން ހޯދަން އަވަސްވެގަންނަންވީއެވެ.
ޓްރިޗޯޓިލޯ މޭނިޔާ އާއި ބެހޭ ގޮތުން ސައިންޓިފިކް ޖަރނަލް ނޭޗަރ ގައިވެސް ވަނީ އެކްސްޕަރޓުން ވާހަކަ ދައްކާފައެވެ. ޔުނިވަރސިޓީ އޮފް އޮކްސްފޯޑް ގެ ނިއުރޯ ސައިންސާބެހޭ ޕްރޮފެސަރ ކްލެޔާ މެކޭ ބުނެފައިވާ ގޮތުގައި މިބަލީގެ ހާލަތު ސީރިއަސް ވެގެންގޮސް ބައެއްމީހުން ހުރިހާ އިސްތަށި އުފުރާ ހަމަޔަށްވެސް ކަންތައް ގޮސްފައި އެބަހުއްޓެވެ.
ޕްރޮފެސަރ މެކޭ އަކީ ވެސް މިބަލި 40 އަހަރު ތަހައްމަލު ކޮށްފައިވާ އަންހެނެކެވެ. އޭނާ ވަނީ މިކަމާބެހޭ ގޮތުން ފޮތެއްވެސް ލިޔެފައެވެ. އަދި އޭނާމިއަދު ގެންދަނީ މިކަމަށް ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރާ ސަޕޯޓް ގްރޫޕް ތަކާއެކު މަސައްކަތް ކުރަމުންނެވެ.
ޕްރޮފެސަރ މެކޭ ބުނެފައިވާ ގޮތުގައި އެކި މީހުން އިސްތަށި އުފުރަނީ އެކި ސަބަބުތައް ކުރިމަތި ވުމުންނެވެ.ބައެއްމީހުން ގެ ކިބައިގައި އިސްތަށި ގެނެސް ދެދަތް ދޭތެރެޔަށް ލެއްވުމުގެ އާދައެއްވެސް ހުރެއެވެ.އަދި މިއީ ”ސޫދިންގ“ ނުވަތަ ހިތްހަމަޖެހުމެއް ލިބޭ ކަމަކަށް ވެސް ވެއެވެ.މިކަމުން ސަލާމަތް ވުމަށް ތަފާތު ތެރަޕީތައް ހުރި އިރު ، ”ސެލްފް ހެލްޕް“ ނުވަތަ އަމިއްލަޔަށް އުސޫލުތަކެއް ގެންގުޅުމުންވެސް މިކަމަށް އެހީތެރިވެދެއެވެ.އަދި މިކަން ތަހައްމަލް ކުރަމުންދާ އެހެން މީހުންނާ ބައްދަލްވެ މައުލޫމާތު ބަދަލުކޮށް ހެދުމުންވެސް މިކަމަށް އެހީތެރިވެދެއެވެ. އަދި އިސްތަށި އުފުރުމުގެ ”އަރޖް“ އައުމުން އުފުރުން ހިނދު ކޮޅަކަށް ލަސްކޮށްލުމަށް ބައެއް އެކްސްޕަރޓުން ނަސޭހަތްތެރިވެއެވެ.މިގޮތުން ގިނަފަހަރު ނުއުފުރާ މަޑުކޮށްލެވޭ ކަމަށް ވެއެވެ.
ސޯޝަލް މީޑިޔާ ކޮންޓެންޓް ކްރިއޭޓަރ ރޫބެން މިބައްޔަށް ޑައެގްނޯސް ކުރެވުނީ މީގެ ދިހަ އަހަރު ކުރިން ކަމަށް ވެއެވެ.އޭނަބުނީ ބަލީގެ ކަންތައް އެންމެ ބޮޑުވެގެން ދިޔައިރު ބުމައިގައި ހުރި އިސްތަށި އެއްކޮށްހެން އުފުރުނު ކަމުގައެވެ.މިކުރެވުނު ކަމަކާމެދު ވިސްނޭވަރު ވާއިރު ލަދުވެސް ގަންނަ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ހުރެ ފޮޓޯއެއް ނަގަންވެސް ޖެހިލުންވާކަމަށާ އަދި އެހާލަތު ފޮރުވަން ތޮފިފަދަ އެއްޗެތި ބޭނުން ކުރަންވެސް ޖެހުނު ކަމަށް އޭނާ ބުނެފައި ވެއެވެ. ރޫބެން ބުނީ އޭރު މީހަކު ސުވާލު ކުރިނަމަވެސް ބަލީގެ ފަރުވާ ހޯދަން އުޅުމުގެ ބަދަލުގައި ދޮގުހަދާ އޮޅުވާލާ، ރޭޒަރުން ޖެހުނީ ކަމަށް ބުނެއެވެ.
ރޫބެންގެ މިލިއަނަކަށްވުރެގިނަ ޓިކްޓޮކް ފޮލޮވަރުން ތިބިއިރު ބައްޔާބެހޭ ގޮތުން އޭނާ މިހާރު ވާހަކަ ދެއްކުމުގެ މަގްސަދަކީ މިބަލި ޖެހިފައިވާ އެހެން މީހުންނަށް ފަރުވާ ހޯދުމަށް އެހީތެރިވެދިނުމެވެ. މިކަމުގައި އެމީހުން ތިބީ އެކަނި ނޫންކަން ބުނެދިނުމަށާއި މިއީ ލަދުގަނެ ފޮރުވަން ވީކަމެއް ނޫންކަން ބުނެދިނުމަށް ކަމަށް ރޫބެން ބުނެފައި ވެއެވެ.
ޓްރިޗޯޓިލޯ މޭނިޔާ އަކީ ކޮބާ؟
ޓްރިޗޯޓިލޯ މޭނިޔާ އަކީ އަމިއްލަ އިސްތަށި އުފުރަން ބޭނުންވެ، ހަމަ ކޮންމެހެންވެސް އުފުރާ ހަމަޔަށް ދިއުމަށް ކިޔާ ނަމެކެވެ.މިގޮތުން އެކިމީހުން ބޮލުގެ އިސްތައްޓާއި ބުމަ، ތުބުޅި އަދި އެސްފިޔައިގެ އިސްތަށިވެސް އުފުރާކަމަށް ވެއެވެ. މިބަލި އާންމުކޮށްޖެހެނީ އުމުރުން 10 އަހަރާ 13 އަހަރާ ދެމެދުގައި ކަމަށް ވެއެވެ. އެއީ ނިޔަފަތި ކެއުން އަދި ތުންފަތުން ހަން ކޮއްޓުން ފަދަ، އަމިއްލަ ނަފްސަށް އަމާޒުވާ ޑިސްއޯޑަރ އެކެވެ. އޮކްސްފޯޑް ޔުނިވަރސިޓީ އިން ހެދި ރިސަރޗަކުން ހަމާވެފައިވާ ގޮތުގައި މިބަލިޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މިކަމަށް އެއްވެސް ފަރުވާއެއް ނުހޯދައެވެ.
ރޫބެންގެ ހަޔާތުގެ ބައިވެރިޔާ ބުނެފައިވާ ގޮތުގައި ރޫބެންގެ އެހާލަތު އޭނަޔަށް ފުރަތަމަ ފާހަގަ ކުރެވުނީ ދެމީހުން ޓީވީ ބަލަން ތިބޭގަޑީގަ އޭނަ އެކަން ކުރާތީއެވެ.ތިޔަ ކުރަނީ ކީއްތޯ ސުވާލުކުރުމުން ”އައިކާންޓް ސްޓޮޕް“ ނުވަތަ މަށަށް މިކަން ހުއްޓަން އުނދަގޫ ކަމަށް ބުނާ ކަމަށް ވެއެވެ.އަދި މިއަދު އެކަމާއި ބެހޭ ގޮތުން ފާޅުގައި ވާހަކަ ދައްކާ ހޭލުންތެރިކަން އިތުރު ކުރާތީ އޭނާ އުފާވާ ކަމަށް ޕާޓްނަރު ބުނެފައި ވެއެވެ.
ރޫބެންގެ ބުމަ އުފުރާއުފުރާ އެއްބުރިޔަށް ވުމުން އޭނަ މިހާރު ހުންނަނީ ޓެޓޫ ގެ ބާވަތެއް ބޭނުން ކޮށްގެން ބުމަ ކުރަހާފައެވެ.މިހެން ހެދުމުން މިހާރު ބުމަ އުފުރުން ހުއްޓިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
މިއާޓިކަލް ލިޔަމުން މިދާ މީހާވެސް އުމުރުގެ ޒުވާން ދުވަސްވަރު މިޑިސްއޯޑަރ އާއި ކުރިމަތިލީމެވެ. އޯލެވެލް އަށް ކިޔެވި ދުވަސްވަރު ކިޔަވަން އިންނަ އިރު އިސްތަށިގަނޑަށް އަތް ކޮށްޕާލާ ތަލައިގެ މެދުގައިވާ ޕެޗަކުން ހަމަ އިސްތަށި އުފުރެނީއެވެ. އަސްލުވެސް އޭރު އެކަންވީ ވަރަށް ”ސޫދިންގ“ ކަމަކަށެވެ. އިސްތަށި އުފުރިގެން އަންނަ އިރު ތަދެއްވެސް ނުވެއެވެ. މިހެން އިސްތަށި އުފުރަމުން ގޮސް ތަލައިގެގެ މެދުން ބޮޑު ޕެޗެއް އެއްކޮން ތަލަ ވިއެވެ. ޕެޗުން އިސްތަށިފެޅީ އިސްތަށިއުފުރާ ކަންތައް މަންމައަށް ފާހަގަ ކުރެވި ދިވެހި ބޭސްހަދާ މީހަކާ ވާހަކަ ދައްކައިގެން އޭނަ ބުނެދިން ތެލެއް ހަދައި އުގުޅައިގެންނެވެ. އެތެޔޮ އުގުޅައިގެން އިސްތަށިގަނޑު އޭރު ވަރަށް ވަރުގަދަވެސް ވިއެވެ.
![]()
