އުމްރާ ވެރިން ގަވާއިދުން ފުރަމުން ދޭތޯ ސައޫދީ ސަރުކާރުން ޔަގީން ކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

ސައޫދީއަރަބިއްޔާ އަށް މިހާރު ގޮސްތިބި އުމްރާވެރިން، ހަމަޖެހިފައިވާ ގޮތަށް ފުރަމުން ދޭތޯ ބެލުމުގެ މަސައްކަތް ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ފަށައިފިއެވެ.

މިގޮތުން ހުރިހާ އުމްރާވެރިންވެސް އެމީހުންގެ ދަތުރު ހަމަޖައްސާދިން ކުންފުނިތަކާ ގުޅައިގެން ދަތުރުގެ ޝެޑިއުލްތައް ޔަގީން ކޮށް،އަދި އެކޮމޮޑޭޝަން ހަމަޖެއްސި ތަންތަނުން ނިކުތުމަށް އަންގާފައިވާ އެންގުންތަކަށް ސަމާލުކަން ދިނުމަށް ދަނީ އަންގަމުންނެވެ.
ހުރިހާ އުމްރާވެރިންވެސް މަގުމަތީގެ ޓްރެފިކް އަށްވެސް ލުޔެއް ދިނުމުގެ ގޮތުން ފުރާގަޑީގެ މަދުވެގެން 4ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ދަނީ އަންގަމުންނެވެ.
ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އަންގާފައިވާ ގޮތުގައި މިހާރުތިބި ހުރިހާ އުމްރާވެރިންވެސް، އަދި އެޕްރިލް މަހު ދާ އުމްރާވެރިންވެސް، ޒުލްޤައިދާ މަހުގެ އެއްވަނަ ދުވަސް،18 އެޕްރިލް 2026 ގެ ކުރިން އެގައުމުން ފުރަން ޖެހެއެވެ. އެއީ ކުރިޔަށް އޮތް ހައްޖުމޫސުމަށް ތައްޔާރު ވުމުގެ ގޮތުންނެވެ. އަދި އެތާރީހުގެ ފަހުން އެގައުމުގައި ތިބޭ އުމްރާ ވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާ ޖޫރިމަނާކޮށް އަދި ޑިޕޯޓް ކޮށްލުންފަދަ އަދަބު ތައް ދެވޭނެއެވެ. އަދި އެގޮތަށް ވިސާ ”އޯވަރ ސްޓޭ“ ކުރާ އެއްވެސް ފަރާތަކަށް އެހީތެރިވުމުގެ ގޮތުން ޓްރާންސްޕޯޓް ޚިދުމަތްދީ ، ވަޒީފާދީ އަދި އެކޮމޮޑޭޝަން ދޭ ސައޫދީ ރައްޔިތުން ނުވަތަ އެގައުގައި ދިރިއުޅޭ ބޭރުމީހުން ނަށްވެސް ޖޫރިމަނާކުރުން،ޖަލަށް ލުން، ފަދަ އަދަބުތައް ދެވޭނެކަން ވަނީ އަންގާފައެވެ.
އުމްރާ ވެރިންނަށް ޚިދުމަތްދޭ އެހެން ހުރިހާ މުއައްސަސާ ތަކުންވެސް ދަނީ ”އޯވަރ ސްޓޭ“ ކުރި މައްސަލައެއް ފެންމަތިވެއްޖެ ނަމަ އަވަހަށް ރިޕޯޓް ކުރުމަށް އަންގަމުންނެވެ. ނޫންނަމަ ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވަނީ އަންގާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް