ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ޓެކްސީލައިންގެ ހިދުމަތް ފެށުމަށް ޑްރައިވަރުން ހޯދުމަށް މާދަމާ ވޯކްއިން އިންޓަވިއުއެއް ބޭއްވުމަށް އެމްޓީސީސީން ނިންމައިފިއެވެ.


އެމްޓީސީސީން ބުނީ ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކްއިން އިންޓަވިއުއެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ އިންޓަވިއު ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށް މާފަންނު ބަސް ޓާމިނަލްގައި ކަމަށް ވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން މިދިޔަ ޖެނުއަރީ މަހު ވެސް ވޯކްއިން އިންޓަވިއުއެއްް ވަނީ ބާއްވާފައެވެ.
އެ އިންޓަވިއުގައި 250 އަށްވުރެ ގިނަ ފަރާތުން ބައިވެރިވި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވާ ކަމަށެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށް ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް