ރިސޯޓެއްގެ ޕޫލަށް ވެއްޓި 2 އަހަރުގެ ކުއްޖަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ

Loading

Facebook
Twitter
WhatsApp

ރިސޯޓެއްގެ ޕޫލަށް ވެއްޓި 2 އަހަރުގެ ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ރޭ ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް 2026 މާރިޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް