ލީނާ

Loading

Facebook
Twitter
WhatsApp

އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ޑެނިއަލް ގެ ކައިވެންޔަށް ތައްޔާރުވަމުން ދާތީ އެކަން އޮތީ ކޮން ދުވަހަކުތޯ އަހާލަން އަހަރެން ގުޅާލީމެވެ. ފޯނުނެގީ ދަރިފުޅުގެ އަންހެނުން ލީނާއެވެ. އަދި ބުންޏެވެ. އޭ، އަހަރުން މީގެ ދެދުވަސް ކުރިން ކައިވެނި ބާއްވައިފީމެވެ.

ދައުވަތުދިނީ ހަމައެކަނި ”ސްޕެޝަލް“ މީހުންނަށެވެ.އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭގި އިނދެފަ ފޯނު ބޭއްވީމެވެ.
އެއަށްފަހު އަހަރެން ސޯޝަލް މީޑިޔާ ހާވާލީމެވެ. ލީނާގެ މަންމަޔާ ބައްޕަ އަދި އޭނަ އެއްބަޑު ހުރިހާ އެންމެން ޕާޓީ އަށް ގޮސް ތިއްބެވެ. ސްޕެޝަލް ނުވީ ހަމަ އެކަނި އަހަރެންނެވެ.އެކަނި މާއެކަނި ޑެނިއަލް ބަލާ ބޮޑުކޮށް ކިޔަވާދީ ހެދި މުސްކުޅި މަންމައެވެ.
ޑެނިއަލްގެ ބައްޕަ މަރުވުމުން އަހަރެން އިތުރު ހިއްވަރެއްލާ ޑެނިއަލްގެ ބައްޕަގެ މަސައްކަތް ފުޅާކުރީމެވެ. އަދި ފައިދާ އެތައް ގުނައެއް އިތުރު ވަމުން ދިޔައެވެ. މިމަސައްކަތުގެ ތަފްސީލް ޑެނިއަލް އަކަށް ނޭނގޭނެއެވެ.
ޑެނިއަލް ބޮޑުވަމުން އައީ ވަރަށް ރަގަޅު ކުއްޖެއްގެ ގޮތުގައެވެ.އަހަރެން ދެކެ ލޯބިވެއެވެ. ކިޔަވާނިމި ވަޒީފާ ލިބުނު ކުންފުނިން ލީނާއާއި ބައްދަލްވެ އިންނަން ރާވަން ފެށުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ.ގެޔެއް ގަންނަން ބޭނުންވެގެން ބުނީމަ އަހަރެން ގޭގެ ޑައުންޕޭމަންޓް ދައްކާދިނީމެވެ. އަހަރެން ސޭވް ކޮށްފަ ހުރި ލާރިން ކަމަށް ބުނީމެވެ.
ޑެނިއަލްގެ ކައިވެނި ޕާޓީ އަށް ދާން އަހަރެން ވަރަށް ރީތި ފިޔާތޮށިކުލައިގެ ހެދުމެއް ތައްޔާރު ކުރީމެވެ.އައު ފައިވާނެއް ގަތީމެވެ. އަދި ހަދިޔާ އަކަށް ދިނުމަށް އެއްހާސް ޑޮލަރު ވަކިން ބޭއްވީމެވެ.މީގެ އިތުރުން ޕާޓީ ނިންމާލާފަ އަހަރެންގެ ގެޔަށް އައިސް މަޖާކުރަން ތިބެދާނެ ކަމަށް ހީކޮށް މުޅިގެ ސާފުކޮށް ޒީނަތް ތެރި ކުރީމެވެ. އެކަމަކު މިހުރިހާ ކަމެއް ބަދަލުވީ އެންމެ އިބާރާތް ކޮޅަކުންނެވެ. ”ހަމަ އެކަނި ސްޕެޝަލް މީހުންނެވެ.“
އަހަރެންނަށް ލިބޭ ބޮޑުމުސާރައިގެ އަދަދު ދަރިފުޅު ގާތަކު އަހަރެން ނުބުނަމެވެ.އޭނާޔަށް އަދި އެހެން މީހުންނަށްވެސް އަހަރެން އަބަދުވެސް ފެންނާނީ ވަރަށް އާދައިގެ އުޅުމެއް އުޅޭތަނެވެ.ނަމަވެސް ދެން ދަރިފުޅަށާ އޭނާގެ އަންހެނުންނަށް ރަނގަޅު ފިލާވަޅެއް ދިނުމަށް އަހަރެން ނިންމީމެވެ.
އެއްރެޔަކު ދަރިފުޅު އޭނާގެ އަންހެނުންގެ އާއިލާއާއެކު އަހަރެންނަށް ކެއުމަކަށް ދައުވަތު ދިނެވެ. އެއީ ވަރަށް ފައިސާވެރި އާއިލާއެއްކަމަށް ބުނާތީ އިވެއެވެ. އަހަރެން އަދި އަހަރެންގެ ދަރިފުޅަކީ ފަގީރުން ނަމަ އަހަރުމެންނާމެދު އެމީހުން ކަންތައް ކުރާނެ ގޮތެއް ބަލާލަން އަހަރެން ބޭނުން ވިއެވެ.އެހެން ކަމުން އަހަރެން އެރޭ ދިޔައީ ފެންވެސް ނުވަރާ އަތުގައި އޮތް އެންމެ ބާ ހެދުން ލައިގެން ބާ ފައިވާނަކަށް އަރައިގެންނެވެ.
ރެސްޓޯރެންޓުގެ ދޮރުން އަހަރެން އެތެރެޔަށް ވަންހަމައިން ފެށިގެންވެސް ލީނާއާއި އޭނާގެ ފެމިލީން އަހަރެންނާމެދު ކަންތައްކުރީ މަގުމަތިން ކުނިނަގާ މީހަކަށްވެސް ހިތާނެ ގޮތަށެވެ.އަހަރެންނަށް އޯޑަރުކުރީވެސް މެނޫގައިވާ އެންމެ އަގުހެޔޮ ކެއުމެވެ.މުޅިރޭ ދެކެވުނު ހުރިހާ ވާހަކައެއް ބިނާވެފައޮތީ އެމީހުންގެ މުއްސަނދިކަން ހާމަކުރުމަށެވެ. ފޮނިކެނޑުމުގައެވެ.އަހަރެންގެ ފަގީރު ކަމާއި ނިކަމެތިކަން އަހަރެނަށް ހަނދާން ކޮށްދޭން އުޅޭ ކަހަލަ އެވެ. އެންމެ ފަހުން ދަރިފުޅު ޑެނިއަލްގެ ހަޔާތުން އަހަރެން ދުރަށް، އެހެން ސިޓީ އަކަށް ދިއުމަށް އެއްބަސްވެއްޖެ ނަމަ މަހަކު ހަތްސަތޭކަ ޑޮލަރު ދޭނެ ކަމަށް ވެސް ލީނާ ބުންޏެވެ.ލީނާގެ ފިރިމީހާ ނިސްބަތްވަނީ ފަގީރު އާއިލާ އަކަށް ކަން ހާމަވާން ބޭނުން ނޫނީ ކަމަށް ބުންޏެވެ.
އެހާހަމައިން އަހަރެން ،އަހަރެންގެ ތެދު ހާމަ ކުރީމެވެ. އަހަރެންނަކީ މަލްޓިނެޝަނަލް ކުންފުންޏެއްގެ ރީޖަނަލް ޑިރެކްޓަރު ކަމަށާ އަހަރެންނަށް މަހަކު 40ހާސް ޑޮލަރު ލިބޭ ކަމަށް އަހަރެން ބުނީމެވެ.އަދި ބާހެދުމެއްލާ ބާބޫޓަކަށް އަރައިގެން އައީ ހަމައެކަނި އެމީހުންގެ ހަގީގަތް ބަލާލުމަށް ކަމުގައި އަހަރެން ބުނީމެވެ.ފަގީރަކާމެދު ތަފާތު ކުރޭތޯ ބަލާލުމަށް ކަމުގައި ބުނީމެވެ.
ލީނާ ރުޅިއައިސް ވަރަށް ބާރަށް ބުންޏެވެ.“ތިޔައީ ދޮގެކެވެ. ކަލެޔަށް ތިޔަވަރުގެ މުސާރަޔެއް ލިބޭނަމަ އަހަރުންނަށްވެސް އެނގޭނެއެވެ“. ”ކަލެޔަށް ނޭނގިއޮތީ އަހަރެން އަންގަން ބޭނުން ނޫންވީމައެވެ. މަށާ ލީނާޔާ ހުރި ތަފާތަކީ އެއީ ކަމަށް އަހަރެން ބުނީމެވެ.
ލީނާ އޭރު ތުރުތުރު އަޅައެވެ. ރުޅިއައިސްގެންކަމެއް ލަދުން ކަމެއް ނޭގެއެވެ. އަދި އެރޭ އެތަނަށް އަހަރެން ދިޔައީ އެމީހުން ލަދު ގަންނަވާލަން ކަމުގައި ބުންޏެވެ. އަހަރެން ބުނީމެވެ.ނޫނެނެކެވެ.އަހަރެން ދިޔައީ ހަމައެކަނި އެމީހުންގެ ހަގީގީ ސިފަ ހާމަކުރުމުގެ ފުރުސަތެއް ދިނުމަށެވެ. އަދި އެފުރުސަތުގެ ބޭނުން އެމީހުން ވަރަށް ރަގަޅަށް ހިފައިފީމު ކަމުގައި ބުނީމެވެ.
އެހާހަމައިން ދަރިފުޅު ޑެނިއަލް ވެސް ފުންމައިގެން އަހަރެންނާދިމާލަށް އައެވެ. އަންހެނުންގެ ދިފާއުގައެވެ. ”މަންމަ އެމީހުންނަށް ރޫޑް ނުވާށެ،“ އޭނަ ބުންޏެވެ. ”ރޫޑް މިވަނީ އަހަރެން ހެއްޔެވެ.ނޫނީ ލީނާހެއްޔެވެ. ދަރިފުޅު ގެ ހަޔާތުން ދުރަށް ދިއުމަށް އަހަރެންނަށް ފައިސާ ހުށަހެޅުން އެއީ ރޫޑް ކަމެއް ނޫންހެއްޔެވެ؟ މުޅި ރޭގަޑު ލީނާ އަހަރެންނާދިމާލަށް ބަލަމުން ގެންދިޔައީ އޭނަގެ ފައިވާނުގައި ހޭކިފައިވާ ކިސަޑު ގަނޑަކަށް ބަލާ ގޮތަށެވެ.އެއީ ރޫޑް ކަމެއް ނޫންހެއްޔެވެ؟ އަހަރެންނާ ސީދާ ވާހަކަވެސް ދައްކާނުލާ މާ ދުރުގަ ބައިދާފަ އިނުން އެއީ ރޫޑް ވުމެއް ނޫންހެއްޔެވެ؟“ އަހަރެން ބުނީމެވެ.
އެވަގުތު އަހަރެންގެ ދަބަހަށް އަތް ކޮށްޕާލުމަށްފަހު ކަޅު ޕްލެޓިނަމް ކްރެޑިޓް ކާޑެއް ނަގާ ލީނާ ގެ ކުރިމައްޗަށް ވައްޓާލުމަށްފަހު ބުނީމެވެ. މުޅި ކެއުމަށް ފައިސާދައްކާލާށެވެ. ޑެނިއަލް އެވަގުތު ބިލު އަތަށް ނަގާ އޭނާގެ އަމިއްލަ ކާޑެއް ވެއިޓަރު އަތަށް ދިނުމަށްފަހު ބުންޏެވެ. މިއިން ފައިސާ ކަނޑާށެވެ. ނަމަވެސް ފައިސާ ނުކެނޑުނު ކަމަށް ބުނެ ވެއިޓަރު އެނބުރި އައެވެ. ދެވަނަ ކާޑެއް ދިނީމަ އެއިންވެސް ނުކެނޑުނެވެ.
އަހަރެންގެ ދަބަހުން އަނެއްކާވެސް ޓްރާންސްޕޭރަންޓް ކާޑެއް ނެގީމެވެ. އެމެރިކަން އެކްސްޕްރެސް ސެންޗޫރިއަން ކާޑެކެވެ.ލީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަޔަށް ވަގުތުން އެއީ ކޮންކަހަލަ ކާޑެއް ކަން އެނގުނެވެ. ވެއިޓަރުވެސް ކާޑުގައި އަތްލީ މާތް އެއްޗެއްގައި އަތްލާގޮތަށެވެ. އަދި ދެމިނެޓްވެސް ނުވަނީސް ލާރި ކަނޑާފަ ކާޑު ގެނެސް ދިނެވެ.
އަހަރެން ތެދުވީމެވެ.އަދި ދާން ހިނގައިގަންނަމުން އެންމެ ފަހު ފަހަރަށް ލީނާއާއި ދިމާލަށް ބަލާލުމަށްފަހު ބުނީމެވެ.ތިޔައީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ދައްކާދިން ކަމަށްޓަކައި ޝުކުރިއްޔާ އެވެ.އަހަރު ތަކެއްވަންދެން ފޭކް ކޮން ނުހީ ސަލާމަތްވީތާއެވެ.“ އޭރު ލީނާގެ ދެލޯ ވަނީ ރަތްވެފައެވެ. އަދި ތިޔަހެން އަހަރުން ލަދުގަންވާލާފަ ނުދެވޭނެ ކަމަށް ބުންޏެވެ. އޭގެ ޖަވާބުގައި އަހަރެން ބުނީމެވެ. ”ކަންބޮޑުނުވާށެވެ. މިއީ އަހަރުން ބައްދަލްވާނެ އެންމެ ފަހު ފަހަރެއް ނޫނެވެ. އަދިވެސް އަހަރުން ބައްދަލް ވާނެއެވެ. ބާތުޑޭތަކާ ، ޗުއްޓީ ތަކާ އަދި އެހެންވެސް އެހެން ފެމިލީ އިވެންޓް ތަކުންނެވެ. މިހާރުދެން ތިޔައީ ކާކުކަން،ކޮން ފެންވަރެއްގެ މީހެއްކަން އަހަރެންނަށް އެނގޭކަން މިވަނީ ހާމަވެފައި ނޫންހެއްޔެވެ.
އަދިވެސް އެއްފަހަރު ފަހަތަށް އެނބުރިލުމަށްފަހު އަހަރެން ބުނީމެވެ. ”ލީނާ ހަތަރު ބަހުން ވާހަކަ ދައްކާކަމަށް ބުނީމު ނޫން ހެއްޔެވެ. މީހުންނާމެދު އޯގާތެރި ކަމުގެ އިބާރާތެއް ބޭނުންކޮށްލަން އެންމެ ފަސޭހައީ އެތަނުން ކޮން ބަހަކުން ހެއްޔެވެ؟“ އޭނަ ފާޑަކަށް ރުޅި އައިސްފަ ބުންޏެވެ. ”އެކަމަކާ މިކަމަކާ ކޮންކަމެއް ހެއްޔެވެ؟“ އަހަރެން ޖަވާބުގައި ބުނީމެވެ. ”ސަތޭކަ ބަހުން ވާހަކަ ދެއްކިނަމަވެސް އޭގެ ހަގީގީ ބޭނުން ނުހިފޭ ފަހަރު އަންނަކަމާއި އަނެކާއަށް އޯގާތެރިކަން ދައްކަން ޖެހޭ ވަގުތުގައިވެސް ބުނާނެ އެއްޗެއް ނޭގިފަ ހުންނަން ޖެހިދާނެކަން މިހާރު ލީނާއަށް އެނގޭ ދޯއެވެ.“ މިހެން ބުނުމަށް ފަހު އަހަރެން އެތަނުން ނިކުމެގެން ހިނގައްޖައީމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް