ހއ. އުތީމުގައި ނުވަ ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އުތީމުގައި އުމުރުން ނުވަ ދުވަސްވީ ތުއްތު ކުއްޖަކު، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ރިޕޯޓުކުރީ އުތީމު ސިއްހީ މަރުކަޒުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
![]()
