1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.
ހަނދު ސާބިތުކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިރޭ އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝަރުއީ ހަމަތަކުގެ މަތިން ހަނދު ސާބިތުވެފައި ނުވާކަމަށެވެ.
އެހެންކަމުން އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ސާބިތުވި ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާތީ، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
![]()
