سْمِ اللهِ الرَّحْمٰنِ الرَّحِيْمِ
”މާތްﷲގެ އިސްމުފުޅުން ފަށަމެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.“
”ތިމަންރަސްކަލާނގެ ނަސްޚު ކުރައްވައިފި އާޔަތެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ“
▪️ﷲގެ މަގަށް ގޮވާލައްވާ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ނިޝާންތައް އުނގަންނައިދެއްވި މާތް ނަބިއްޔާއަށް ސަލާމް ހުއްޓެވެ. ﷲގެ ދީން ގާއިމުކުރައްވާ، އެކަލާނގެ މަގަށް ހުޅުވިފައިވާ ދޮރާށްޓަށް ސަލާމް ހުއްޓެވެ. ﷲގެ ޙައްޤު ބަސްފުޅަށް ނަޞްރުދެއްވާ، އެކަލާނގެ ޚަލީފާއަށް ސަލާމް ހުއްޓެވެ. ﷲގެ އިރާދަފުޅަށް މަގުދައްކަވައިދެއްވާ، އެކަލާނގެ ޙުއްޖަތަށް ސަލާމް ހުއްޓެވެ.
▪️އަޅުގަނޑުގެ ވާހަކަ ފެށުމުގެ ކުރިން، އިންޤިލާބުގެ، ލޯބިވާ އަދި ބުއްދިވެރި ލީޑަރު ޚާމަނޭއީ ޝަހީދުވުމުގެ ހިތާމަވެރި މުނާސަބަތުގައި، އަޅުގެ އެންމެ ފުން ތަޢުޒިޔާ ދަންނަވަމެވެ. އީރާނުގެ މަތިވެރި ރައްޔިތުންނާއި، ދުނިޔޭގެ އެންމެހާ މުސްލިމުންނާއި، އިސްލާމްދީނާއި އިންޤިލާބަށް ޚިދުމަތްކުރާ ފަރާތްތަކާއި، ޤުރުބާންވި ފަރާތްތަކާއި، އިސްލާމީ އިންތިފާޟާގެ (ފަލަސްތީނުގެ) ޝަހީދުންގެ ޢާއިލާތަކަށް—ޚާއްޞަކޮށް ފަހުގެ ހަނގުރާމައިގެ ޝަހީދުންގެ ޢާއިލާތަކަށް—އަދި މި ނިކަމެތި އަޅަށް ހެޔޮ ދުޢާކޮށްދެއްވުމަށް އެދި ދަންނަވަމެވެ.
▪️އަޅުގަނޑުގެ ވާހަކައިގެ ދެވަނަ ބައި އަމާޒުކުރަނީ އީރާނުގެ މަތިވެރި ރައްޔިތުންނަށެވެ. އެންމެ ފުރަތަމަ، އިޙްތިރާމް އުފުލިގެންވާ ”އެސެމްބްލީ އޮފް އެކްސްޕަރޓްސް“ ގެ ނިންމުމާ މެދު އަޅުގަނޑުގެ މަޤާމު ކުރުކޮށް ސާފުކޮށްދޭން ބޭނުމެވެ. ތިޔަބައިމީހުންގެ ޚާދިމް، މުޖްތަބާ ޙުސައިނީ ޚާމަނޭއީއަށް އެސެމްބްލީގެ ވޯޓުގެ ނަތީޖާ އެނގުނީ ތިޔަބައިމީހުންނެކޭ އެއްފަދައިން އިސްލާމީ ޖުމްހޫރިއްޔާގެ ޓީވީ މެދުވެރިކޮށެވެ.
▪️މި ޤައުމުގެ ދެ ލީޑަރުން ކަމަށްވާ އިމާމް ޚުމައިނީ އާއި ޝަހީދު ޚާމަނޭއީ އިށީންނެވި މަޤާމުގައި އިށީނުމަކީ އަޅުގަނޑަށް ނުހަނު އުނދަގޫ ކަމެކެވެ. މި މަޤާމަކީ ﷲގެ މަގުގައި ފަސްދޮޅަސް އަހަރަށްވުރެ ގިނަ ދުވަހު ޖިހާދުކުރައްވައި، ދުނިޔަވީ ހުރިހާ އުފަލާއި އަރާމެއް ދޫކޮށްލެއްވި ބޭފުޅަކު ހުންނެވި މަޤާމެކެވެ. އެމަނިކުފާނަކީ ހަމައެކަނި މި ޒަމާންފިޔަވާ، މި ޤައުމުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ވިދާލި ޖަވާހިރެކެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅާއި އަވަހާރަވުންވެސް ގުޅިފައިވަނީ މާތްﷲއަށް ކުރެއްވި ފުރިހަމަ އިތުބާރުގެ ސަބަބުން ލިބުނު މަތިވެރިކަމާއި ޝަރަފާއެވެ.
▪️އެމަނިކުފާނު ޝަހީދުވުމަށްފަހު، ހަށިކޮޅު ދެކިލުމުގެ ނަސީބު މާތްﷲ އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑަށް ފެނުނީ ސާބިތުކަމުގެ ފަރުބަދައެކެވެ. އަދި އެކަލޭގެފާނުގެ ސަލާމަތުން އޮތް އަތްޕުޅު އޮތީ ބާރަށް މުށްކަވާލެވިފައިވާ ކަމަށް އަޅުގަނޑަށް އަޑުއިވުނެވެ. އެމަނިކުފާނުގެ ޝަޚުޞިއްޔަތުގެ އެކި ދާއިރާތަކާ ބެހޭގޮތުން ޢިލްމުވެރިން ދިގުކޮށް ވާހަކަދައްކަވާނެއެވެ. މިވަގުތަށް މި މިންވަރުން ފުއްދާލާފައި، ތަފްޞީލު އެހެން ފުރުޞަތުތަކަށް ދޫކޮށްލާނަމެވެ. އެފަދަ ބޭފުޅަކަށްފަހު ލީޑަރުކަމުގެ މަޤާމާ ހަވާލުވުމުގެ އުނދަގޫކަން އަންނަނީ މިހިސާބުންނެވެ. މި ހުސްކަން ފުރޭނީ ހަމައެކަނި މާތްﷲގެ ރަހުމަތާއި ރައްޔިތުންގެ އެއްބާރުލުމާ އެކުގައެވެ.
▪️އަޅުގަނޑުގެ ވާހަކައިގެ މައިގަނޑާ ގުޅުންހުރި ނުކުތާއަކަށް ފާހަގަކޮށްލުން މުހިންމެވެ. އެއީ ޝަހީދުވި ލީޑަރާއި އެމަނިކުފާނުގެ ކުރިން ހުންނެވި އިމާމުގެ އެންމެ ބޮޑު އެއް ހުނަރަކީ، ހުރިހާ ދާއިރާއަކަށް ރައްޔިތުން ނެރުއްވުމާއި، ރައްޔިތުންގެ ހޭލުންތެރިކަމާއި ވިސްނުންތެރިކަން ދެމެހެއްޓުމާއި، ރައްޔިތުންގެ ބާރަށް އަމަލީގޮތުން ބަރޯސާވުމެވެ. މިގޮތުން، އެބޭފުޅުން ވަނީ ”އާންމު ރައްޔިތުން“ އަދި ”ޖުމްހޫރިއްޔާ“ ގެ ޙަޤީޤީ މާނަ ދައްކަވައިދެއްވާފައެވެ. އަދި ހިތުގެ އަޑިން އެކަން ޤަބޫލުކުރެއްވިއެވެ.
▪️މީގެ ނަތީޖާ މި ފާއިތުވި މަދު ދުވަސްކޮޅު، ޤައުމުގައި ލީޑަރަކު ނެތި އަދި ހަތިޔާރު އެޅި ފައުޖުތަކުގެ ކޮމާންޑަރަކު ނެތި އޮތްއިރު ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ. އީރާނުގެ މަތިވެރި ރައްޔިތުންގެ ބުއްދިވެރިކަމާއި، ހޭލުންތެރިކަމާއި، ސާބިތުކަމާއި، ހިތްވަރާއި، އެކުވެރިކަން ފެނި ދުޝްމަނުން ހައިރާންވެ، މިތުރުން ވަނީ ތަޢުރީފުކޮށްފައެވެ. ޤައުމުގެ ކުރިމަގު ބައްޓަންކޮށް، ވަރުގަދަކަން ކަށަވަރުކޮށްދިން ބަޔަކީ ތިޔަ ރައްޔިތުންނެވެ.
▪️އަޅުގަނޑު ވާހަކަ ފެށި އާޔަތުގެ މާނައަކީ، ﷲގެ ކުޅަދުންވަންތަކަމުގެ ނިޝާންތަކުގެ ތެރެއިން ނިޝާނެއް ފޮހެވި ނުވަތަ ހަނދާން ނައްތާލެވިއްޖެނަމަ، އެއަށްވުރެ ރަނގަޅު ނުވަތަ އެއާ އެއްފަދަ ނިޝާނެއް ﷲ މިންވަރުކުރައްވާނެ ކަމެވެ. މި އާޔަތް ކިޔުމުގެ ބޭނުމަކީ، މި އަޅަކީ ޝަހީދުވި ލީޑަރާ އެއްވަރުގެ ނުވަތަ އެއަށްވުރެ މޮޅު މީހެއް ކަމަށް ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭ ލޯބިވާ ރައްޔިތުންނޭވެ، ތިޔަބައިމީހުން އަދާކުރާ މަތިވެރި ދައުރަށް ސަމާލުކަން ހޯދުމެވެ.
![]()
