އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އައްޑޫސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.


ފުލުހުން މިއަދު ބުނީ އެ ސަރަހައްދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް މިއަދު ހަވީރު 16:41 އެހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެއް ކަމަށާއި، އެހެންނަމަވެސް އެއީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް