އަހަރެންގެ ނަމަކީ މާރިޔާ އެވެ.އުމުރަކީ 42 އަހަރެވެ. އަހަރެންގެ ފިރިމީހާގެ ނަމަކީ ޖޭކް އެވެ.ޖޭކްގެ އުމުރަކީ 47 އަހަރެވެ.
އަހަރުމެން ދެމީހުން ކައިވެނިކޮށްގެން އުޅޭތާ ވިއްސަކަށް އަހަރު ވެއްޖެ އެވެ.އަހަރެން ގަބޫލުކުރި ގޮތުގައި އަހަރުމެންގެ ކައިވެންޏަކީ ލޯތްބާއި އިތުބާރާއި ތެދުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ރަނގަޅު ކައިވެންޏެކެވެ.
އަހަރުމެން ކައިވެނި ކުރިއިރުވެސް ޖޭކް އިންނަނީ ފުރޮޅުލީ ގޮޑީގައެވެ. އެއީ މަގުމަތީގެ އެކްސީޑެންޓެއްގައި އުނަގަނޑަށާ ފަޔަށް ލިބުނު ގެއްލުމެއްގެ ސަބަބުން ފައިމައްޗަށް ކޮޅަށް ނުހުރެވޭތީއެވެ. އޭނާގޮޑީގައި އިނެއްކަމަކު އަހަރެން އޭނަދެކެވާ ލޯތްބަށް އުނިކަމެއް ނާދެއެވެ.
އަހަރުތައް މާޒީވަމުންގޮސް އަހަރުމެންނަށް ލޯބިލޯބި ދެކުދިން ލިބި ގެޔެއްގަނެ، ވަރަގަދަ އާއިލާ އެއް ބިނާކުރީމެވެ. އަހަރެން ވަޒީފާއަށް ގޮސް ލާރި ހޯދައިގެންގެން ގޭތެރޭގެ ގިނަ ޚަރަދުތައް ބަލަހައްޓައިގެން އުޅެމުން އައީ ވަރަށް އުފަލުން ކަމަށް އަހަރެން ގަބޫލުކުރީމެވެ.ޖޭކް މަސައްކަތް ކުރަނީ ގޭގަ އިނދެގެންނެވެ.
އެދުވަހު ހެދުނުވެސް އަހަރެން އޮފީހަށް ދާން ނިކުންނަން ފެށުމުން ގޮޑީގަ އިނދެފަ އަހަރެންނާ ”ސަލާމް“ ކޮށްލާފަ ސަމާސާ ވެސް ކޮށްލިއެވެ.
އޮފީހުގައި އުޅެމުން އެއްދުވަހަކު ފޯނުން ގޭގެ ސެކިއުރިޓީ ކެމެރާ ބަލާލަން ހިތަށް އެރިއެވެ.ވަކިސަބަބެއް އޮވެގެނެއްވެސް ނޫނެވެ.އަހަރެންނަށް ފެނުނު މަންޒަރުން އޮފީހުގެ މަސައްކަތްތައް ބަހައްޓާފަ ވަގުތުން ކާރަށް އަރައިގެން ގެޔާދިމާލަށް މިސްރާބު ޖެހީމެވެ.
އަހަރުމެންގެ ގޭގަ ސެކިއުރިޓީ ކެމެރާ ހަރުކުރީ ވަގުންގެ ބަޔަކު ގެޔަށް ވަން ހާދިސާއަކާގުޅިގެންނެވެ. އަހަރެން ގެޔާދިމާލަށް ބާރަށް ދުއްވަމުން ދިޔައިރު ކެމެރާ ހުރިކަން ޖޭކް ހަނދާން ނެތީތޯ ވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
ކެމެރާއިން ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައިރު ނިދާކޮޓަރިން ހަރަކާތެއް ރެކޯޑްވެފަ އިންތަން ފެނުމުން އެކެމެރާ އަށް ދިޔައިމެވެ.
އަހަރެންނަށް ފެނުނީ ޖޭކް ހިނގާފަ ކޮޓަރިއަށް ވަންތަނެވެ. ހިނގާފަ ވަންތަނެވެ.ތަންތާ ހިފަހައްޓަމުންނެއް ނޫނެވެ. ހަމަ ރީތިކޮން ހިނގާފައެވެ.އަހަރެންނަށް ހުއްޓުން އެރިއެވެ.އަހަރެންނަށް ގަބޫލުކުރަންވެސް އުނދަގޫވިއެވެ.އެހެންވެ ވީޑިއޯ އޮޅާފަވެސް ބެލީމެވެ.އެހެން ވީޑިއޯ ތައްވެސް ބެލީމެވެ.އޭނަ ގޭތެރޭގަ އުޅެނީ ހަމަ ހިނގާފައެވެ.އަލަމާރިން ގަމީހެއް ނަގައިގެން ލާ،އަދި ބަދިގެޔަށް ގޮސް ކައިހަދާތަންވެސް ފެނެއެވެ.ހަމަ ހިނގާފައެވެ. އާއެކެވެ. ހިނގުމުގައި ކުޑަކޮން ކޮރެއް ޖަހާކަހަލަ ގޮތެއް ހުރެއެވެ.އެކަމަކު ހިނގާކަން،ހިނގޭކަން އެއީ ޔަގީންކަމެކެވެ. ގެޔަށް ޑެލިވަރީއެއް އައުމުން އެކަމަކު ގޮޑީގައި އިށީދެއެވެ.ޑެލިވަރީ ސްލިޕްގައި ސޮއިކޮށްފަ ދިނުމަށްފަހު އަނެއްކާވެސް ތެދުވެ ޑެލިވަރީ މީހާގެނައި އެއްޗެއް ލާންވީ ތަނަކަށް ލިއެވެ.
މިފެންނަ މަންޒަރުތައް ގަބޫލު ނުކުރެވިގެން އަހަރެން ފޯނަށް ބަލަހައްޓައިގެން އިނީމެވެ.އަހަރެންގެ ހިތަށް އަރާފައިބަމުންދާ ސުވާލަކީ ޖޭކްއަށް ހިނގޭތާ ކިހާދުވަހެއް ވެއްޖެ ހެއްޔެވެ.މިސުވާލެވެ.
ކާރުން ބަރު ގްރޯސަރީ ކޮތަޅުތަކާއެއްޗެއްހި އަހަރެން އެކަނި ނުބޭލިގެން އުޅޭތަން ބަލަން ޖޭކް ގޮޑީގަ އިނީ ކިތައްފަހަރު ކަމެއްވެސް ނޭގެއެވެ.އެހީވާކަށް ނޫޅެއެވެ.ގޮޑީގަ އިންނަ މީހަކަށް އެހީއެއް ނުވެވޭނެ ތާއެވެ.
އަހަރެން ސުވާލުތަކަށް ގެނބިފަ އިންދާ އަނެއްކާވެސް ނިދާކޮޓަރިން ހަރަކާތެއް ފެނުނެވެ.އަހަރެންނަށް އެވަގުތު ފެނުނީ އަންހެނަކު ކޮޓަރިޔަށް ވަދެގެން އައި ތަނެވެ.އެއީ އަހަރެން ދަންނަ މީހެއްނޫނެވެ. ހުރީ އިސްތަށިގަނޑު ފަހަތަށް އައްސާފަ އަދި ބޮޑު ޓޯޓް ބޭގެއް އަޅައިގެންނެވެ. އޭނަ ކޮޓަރިޔަށް ވަދެގެން އައީ ކުރިންވެސް ވަންނަ ތަނަކަށް އައިހެން، ވަރަށް ފަރިތަ ގޮތަކަށެވެ.އިރުކޮޅަކުން ޖޭކްވެސް އޭނާޔާ ދިމާލަށް ހިނގާފަ ދާތަން ފެނުނެވެ.އަދި ދެމީހުން އެކަކު އަނެކަކާ ދިމާލަށް ހިނިތުން ވެލިއެވެ.
އަހަރެން ކެމެރާގެ އަޑު ޖައްސާލީމެވެ. ”ހާދައަވަހަށޭ ތިޔައައީ“ ޖޭކް ބުނާ އަޑުއިވެއެވެ.މީގެ ޖަވާބުގައި އަންހެންމީހާބުނެއެވެ. ”ކަލޭގެ އަޑުގަ ނާވަސްކަމެއް ހުރީތީ އަވަހަށް އައީއެވެ.އަދި މިގޮތަށް ސިއްރުން އަހަރެން ގެނައުން ހުއްޓާލާކަށް ނުވޭހެއްޔެވެ؟“ އޭނަ ސުވާލު ކުރެއެވެ. ޖޭކް އެވަގުތު އެނދުގައި އިށީދެ ބާލީސް ތަކުގައި ލެނގިލިއެވެ.އަންހެންމީހާ ދަބަހުން އެއްޗެތި ތަކެއް ނަގަން ފެށިއެވެ.އަހަރެން ކާރު ތަޅުދަނޑި ނަގައިގެން ދުވެފަ ގެޔަށް ދާން ނިކުތީ އެހާހަމައިންނެވެ.
ގެޔާހަމަޔަށް ފޯރުމާއިއެކު ބޭރު ދޮރު ބާރަށް ޖެހުމަށްފަހު ބާރަށް ހިނގާފަ ނިދާކޮޓަރިއާ ދިމާލަށް ގޮސް ކޮޓަރީގެ ދޮރުހުޅުވާލީމެވެ. އެވަގުތު އެދެމީހުން ދިޔައީ ފުންމައިގެންނެވެ.އަހަރެން ކޮޓަރިޔަށް ވަދެފަ އެކީ ހަޅޭއްލަވައިގަތީމެވެ.“މިފެންނަނީ ސީރިއަސް މަންޒަރެއް ހެއްޔެވެ.“ ޖޭކްގެ މޫނުވަތީގެ ކުލަ އެވަގުތު މޭލިވެގެން ދިޔައެވެ.އަހަރެންގެ ނަމުން މުޚާތަބް ކުރަން ފެށިއެވެ. އެކަމަކު އަހަރެން އަތުން އިޝާރާތްކޮށް ”ޚަބަރުދާރު!“ މިހެން ބުނީމެވެ.އަދި އަންހެންމީހާޔާ ދިމާލަށް ބުނީމެވެ.“ހަމަ މިހާރު އަހަރެންގެ ގެއިން ނިކުންނާށެވެ.“ ނަމަވެސް އޭނަ ދާކަށް ނޫޅުނެވެ. ދަބަހުން އެއްޗެތި ތަކެއްނަގާފަ އަހަރެންނަށް ދެއްކިއެވެ.މެޑިކަލް ބްރޭސް އަކާއި ކަސްރަތު ކުރާނެ ގޮތް ދައްކާދީފަ ހުރި ކުރެހުން ތަކެކެވެ.އަދި ބުންޏެވެ.“އަހަރެންގެ ނަމަކީ ލީނާ އެވެ.އަހަރެންނަކީ ކަސްރަތު ކޮށްދޭ ސްޕެޝަލިސްޓެކެވެ.“
އަހަރެން އެވަގުތު ޖޭކް އަށް ކުރިމަތިލީމެވެ.ކަލޭ އަންހެނުންގެ ކުރިމަތީގަ ނުހިނގޭ މީހަކަށް ހެދިގެން އަހަރުންގެ ނިދާ ކޮޓަރިއަށް ތެރަޕިސްޓެއް ވައްދައިގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ.“
”ހަމަޖެހިބަލާށެވެ.“އެވަގުތު ޖޭކް ބުންޏެވެ. ”ހަމަޖެހެވޭނީ ކިހިނެއް ހެއްޔެވެ؟ކަލޭތިނދީ ބުއްދި ފިލާގޮސްފަހެއްޔެވެ؟“ އަހަރެން ހަލޭއްލަވައިގަތީމެވެ.
ލީނާ އެވަގުތު ބުންޏެވެ. ”ޖޭކް އަށް ހިނގޭ ތާ މިހާރު އެތައް މަހެއް ވެއްޖެއެވެ. މާރިޔާ ކައިރީ ބުނަން އޭނަމާލަސްކުރީއެވެ“
”އެތައްމަހެކޭ!“ އަހަރެން އަނެއްކާވެސް ހަޅޭއްލަވައިގަތީމެވެ. އެވަގުތު އަހަރެން އިށީނުމަށް ޖޭކް އެދުނެވެ.އަހަރެން ނުއިށީންނާނަމޭ ކަލޭގެ ތިޔަ އަމަލުތައް ހަމަ މިހާރު ކިޔާދޭށޭ އަހަރެން ބުނީމެވެ.
އެވަގުތު ލީނާ ވާހަކަ ދައްކަން ފެށިއެވެ.“ޖޭކް އެދިގެން އަހަރެން އަންނަން ފެށީ މިދިޔަ އަހަރުއެވެ.ހެދި ސްކޭން އަކުން އަހަރެންނަށް ފެނުނު ގޮތުގައި ނާރުތައް އެއްކޮން ހަލާކެއް ނުވެއެވެ.އެހެންވެ އިންޓެންސިވް ތެރަޕީ ދީފިނަމަ ހިނގޭނެ ކަން އަހަރެންނަށް އެނގުނެވެ.އެހެންވެ ފަރުވާފެށީއެވެ.“
އެވަގުތު ޖޭކް ކުއްލިއަކަށް ބުންޏެވެ. ”ފާއިތުވި ވިހި އަހަރު އަހަރެން ހަމަ ހަގީގަތުގައިވެސް ހުރީ ނުކުޅެދޭ މީހެއްގެ ގޮތުގައެވެ.މިއީ ދޮގެއް ނޫނެވެ.“
އަހަރެން ސީދާ ޖޭކްގެ ލޮލަށް ބަލާލުމަށްފަހު ބުނީމެވެ.“ފާއިތުވި ހައެއްކަމަހުވެސް ހިނގޭކަން އަހަރެން ގާތު ނުބުނީ ކީއްވެގެން ހެއްޔެވެ.؟“ އޭނަ އެއްޗެއް ނުބުނެ އިންނަން ފެށުމުން އަނެއްކާވެސް ތަކުރާރުކުރީމެވެ.“ނުބުނީ ކީއްވެގެން ހެއްޔެވެ.؟“ އެންމެ ފަހު އިނދެ އިދެފަ އޭނަ ބުންޏެވެ.“އަހަރެން މާރިޔާ އަށް ބޭކާރު އުންމީދެއް ދޭން ބޭނުން ނުވީއެވެ.“ ”ކަލޭއަށް ދައްކަން އެނގުނު ބަހަނާއަކީ ތިޔައީ ދޯއެވެ؟“ އަހަރެން ބުނީމެވެ. ބުނަންހިތަށް އެރި ކޮންމެ ފަހަރަކުވެސް ހަމަ ފަސް ޖެހެވުނީ ކަމަށް އޭނާބުންޏެވެ.އެކަމަކު އަހަރެން އެވާހަކަ ގަބޫލެއް ނުކުރަމެވެ.
ދެން އަހަރެން ސުވާލުކުރީމެވެ.ލީނާއާއެކު އޮތީ ލޯބީގެ ގުޅުމެއްހެއްޔެވެ.ދެމީހުން އެއްއަޑަކުން ނޫނެކޭ ބުންޏެވެ.ނޫނެކޭ ބުނީމަ އަހަރެން އަދި މާރުޅިއައެވެ. ތެދަށް ބުނަންޏާ ބޭވަފާތެރިވީކަން އެނގުނު ނަމަވެސް އަހަރެންގެ ހިތަށް މިޔަށް ވުރެ ފަސޭހަ ވީސްކަންނޭގެއެވެ.
ޖޭކް އެވަނީ އަމިއްލަޔަށް މުހިންމު ނިންމުންތަކެއް ނިންމާފައެވެ.ޕްރައިވެޓް ތެރަޕީ ނަގާ ހިނގުމަށް ފަހުވެސް ގޮނޑީގައި ނުތެދުވެ އިނދެ އަހަރެން އެކަނި ކުރަން ހާދަ ކަންތައްތަކެއް ދޫކޮށްފައި ވެއެވެ.
ލީނާ ދިއުމުން އަހަރެން އޭނަކައިރީ ފައިމައްޗަށް ތެދުވުމަށް ބުނީމެވެ. މަޑުމަޑުން ބިމުގައި ފައި އެޅުމަށްފަހު ކޮޅަށް ތެދުވިއެވެ.ވައަތުފައި އަޅާއިރި ކުޑަކޮން ފައިދަމާކަހަލަ ގޮތެއް ހުރެއެވެ.ނަމަވެސް އޭނަޔަށް ރީތިކޮން ހިގެއެވެ.
އަހަރެންގެ ހިޔާލުން އެމަންޒަރުދުށީ ކިތައްހާސް ފަހަރުކަމެއްވެސް ނޭގެއެވެ.އެއިން ހަމަކޮންމެ ފަހަރަކުވެސް އަހަރެންގެ ހިތަށް ބުނެދޭން ނޭގޭހާ އުފާވެރިކަން ގެނުވައެވެ.އުފަލުން ރޮވެއެވެ.އަދި ކުދިންނަށް ގޮވާގެނެސް އެކުގައި އެކަން ފާހަގަ ކުރަމެވެ.
ނަމަވެސް މިފަހަރު އޭނަ ތެދުވިތަން ފެނުމުން އެއްވެސް އުފަލެއް ނުވިއެވެ.އޭގެ ބަދަލުގައި އައީ އަލިފާން ކަހަލަ ރުޅިއެވެ.“އަޅެ ޖޭކް ހިނގާލާފަ އައިސް އަހަރެން ކައިރީ ހިނގުނުވާހަކަ ބުނި ނަމަ މިއީ ހަމަ ގައިމުވެސް އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް ވީހެވެ.“އަހަރެން ބުނީމެވެ. ”އަހަރެންނަށް އެނގެއެވެ“ޖޭކް ބުންޏެވެ. ”ނޫން ކަލެޔަށް އެނގޭހެނެއް އަހަރެންނަށް ހިއެއްނުވެއެވެ.“ އަހަރެން ބޯހޫރާލަމުން ބުނީމެވެ.
ވަގުތީ ގޮތުން ނަމަވެސް އިހަށް ގެއިން ދިއުމަށް އެރޭ ޖޭކް ގެ ކިބައިން އަހަރެން އެދުނީމެވެ.އަހަރެން ވިސްނާލަން ވަގުތުތު ބޭނުން ކަމަށް ބުނެއެވެ.ކުދިން ކައިރީވެސް މުޅިހުރިހާވާހަކަތަކެއް ކިޔައިނުދީ ބައްޕަ މުހިންމު ކަމެއް ސިއްރު ކުރީތީ މަންމަ އެކަނިވެލުމަށް ވަގުތު ކޮޅެއް ބޭނުންވާކަމަށް ބުނީމެވެ.
އަހަރެންނަށް ޖޭކް އަށް މައާފް ކުރެވޭނެ ހެނެއް ހިއެއް ނުވެއެވެ. ބޭވަފާތެރިވަނީ ހަމައެކަނި އެހެން ލޯބިވެރިޔަކު ނަގައިގެން ނޫނެވެ. އަހަރެން ދެކޭ ގޮތުގައި މިޔަށް ވުރެބޮޑު ބޭވަފާތަރިކަމެއް ނޯންނާނެއެވެ.
![]()
