ބޭނުންވާ ތަކެތި:
1200ގ ކުކުޅެއް (ކޮށާފައި)
ބޮޑު 2 ފިޔާ
4 ލޮނުމެދު
2 ހިކަނދިފަތް
2 އަލުވި
ބެލްޕެޕަރއެއް
ބައި ޖޯޑު ލީކްސް (ކޮށާފައި)
ޕްލެއިން ޔޯގަޓެއް
2 މޭޒުމަތީ ސަމުސާ ފުއްލާ ހަވާދު
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ
ޕޭސްޓްތައްޔާރުކުރާނެ ގޮތް:
ފިޔާ ތުނިކޮށް، އަދި ލޮނުމެދު ހިމުންކޮށް ކޮށާލާށެވެ. ފިޔައާއި ލޮނުމެދު އަދި ހިކަނދިފަތް ތެޔޮފޮދެއްގައި މީރުކޮށްލާށެވެ. ފިޔާގަނޑު މޯޅިވުމުން ހަވާދާއި ޔޯގަޓް އަޅައި ކުޑަ ފެންފޮދެއް ޖަހައިގެން އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކުކުޅުކޮޅު އަޅައި އެއްކޮށްލާފައި މަތިޖަހައިގެން މެދު ގިނީގައި ކައްކާލާށެވެ. އަލުވި ރިހަޔަށް ކޮށާހެން ކޮށާލާފައި އޭގެ ތެރެއަށް އަޅާލާށެވެ. ދޭތެރެއަކުން ހަލުވާލަމުން 5 ވަރަކަށް މިނިޓު ކައްކާލާފައި ބެލްޕެޕަރއާއި ޓޮމާޓޯ ޕޭސްޓް އަޅައިގެން މިނިޓެއްހާއިރު ކައްކާލާށެވެ. އެއަށްފަހު ލީކްސްކޮޅު އަޅައިގެން ކައްކާލާފައި ރަނގަޅަށް ހަލުވާލުމަށްފަހު އުނދުންމަތިން ބާލާށެވެ.
![]()
