އީރާނުން އޮތީ އެމެރިކާއާއި ދެކޮޅަށް ދިގު ހަނގުރާމަޔަކަށް ތައްޔާރަށް: ސްޓްރީޖިކް ކައުންސިލްގެ ވެރިޔާ

Loading

Facebook
Twitter
WhatsApp

އީރާނުން އޮތީ އެމެރިކާ އާއި ދެކޮޅަށް ދިގުދެމިގެން ހިނގައިދާނެ ހަނގުރާމައެއް ކުރަން ތައްޔާރަށް ކަމުގައި އީރާން ސަރުކާރުގެ އިސް މަސްއޫލު ވެރިޔަކު ވިދާޅުވެއްޖެ އެވެ.

ސީ.އެން.އެން އަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ސްޓްރެޓީޖިކް ކައުންސިލް އޮން ފޮރިން ރިލޭޝަންސް ގެ ވެރިޔާ ކަމާލް ޚައްރާޒީ ވިދާޅުވީ މިވަގުތު ކަންތައް އޮތް ގޮތުން ހަމަ ގައިމުވެސް ޑިޕްލޮމަސީ އަށް ފުރުސަތު ނެތް ކަމުގައެވެ.އޭނާ ވިދާޅުވީ އިޒްރޭލާ އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގެ ދެބުރު ކުރިޔަށް ދިޔައިރުވެސް އެބުނާ މަޝަވްރާތައް ކުރިޔަށް ދިޔަ ކަމުގައެވެ.
ޚައްރާޒީ ވިދާޅުވީ ޑޮނަލްޑް ޓްރަމްޕް އަކީ ވައުދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަދި އޮޅުވާލުން ގެއްގުޅުއްވާ ބޭފުޅެއް ކަމުގައެވެ. އަދި ދެފަހަރުވެސް އެމެރިކާއިން ވަނީ މަޝްވަރާތައް ކުރިޔަށް ދަނިކޮށް އީރާނަށް ހަމަލާ ދީފައިކަމަށް އޭނާ ވިދާޅުވިއެވެ.
ޚައްރާޒީ ވިދާޅުވީ ހަނގުރާމަ އަށް ނިމުން އަންނާނެ ކަމަށް ފެންނަނީ އިކޮނޮމިކް ޕްރެޝަރ މާބޮޑުވުމާއި ގުޅިގެން ސަރަހައްދުގެ އެހެން ގައުމުތަކުން ނިކުމެ ފިޔަވަޅު ތަކެއް އަޅައިގެންނެވެ.އަދި މިއާއެކު ގަލްފް އަރަބި ގައުމު ތަކުން މިކަމުގައި ފިޔަވަޅު އަޅާ ދިނުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.ހަނގުރާމަ ގިނަ ދުވަސް ތަކަކަށް ކުރިޔަށް ދާނަމަ ގައުމުތަކުގައި އިންފްލޭޝަން މައްޗަށް ގޮސް ، ތެޔޮހުސްވެ މިފަދަ ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އެހެންކަމުން މައްސަލައިގެ ތެރެޔަށް ވަނުން ނޫން މާބޮޑު ޗޮއިސް އެއްވެސް ގައުމުތަކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާއި ގުޅިގެން އީރާނުން ގެންދަނީ މެދުއިރުމަތީގެ އެތައް ގައުމަކަށް ހަމަލާ ދެމުންނެވެ.އީރާނުން ހަމަލާދެނީ އެގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ކަމުގައި ބުނިނަމަވެސް ރެސިޑެންޝަލް އިމާރާތްތަކުގެ އިތުރުން އެއާޕޯޓްތަކަށްވެސް ހަމަލާތައް ދަނީ އަރަމުންނެވެ.
މެދުއިރުމަތިން ތެޔޮއުފުލާ މައިމަގެއްކަމަށްވާ ސްޓްރެއިޓްއޮފް ހޮރމޫޒް އިން ދަތުރު ކުރުމަށް އީރާނުން ހުރަސް އަޅަމުން ގެންދާތީ ތެލުގެ އަގުވަނީ އުފުލެން ފަށާފައެވެ. މިގޮތުން ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއް ވަނީ 100 ޔޫއެސް ޑޮލަރަށް އަރާފައެވެ. ހަނގުރާމައިގެ ސަބަބުން،ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ އަށް މިވަގުތު އަސަރު ކޮށްފައިވާ ކަމަށް ވެއެވެ.
އީރާނުގެ އައު ލީޑަރު ހޮވުމުގައި ޓްރަމްޕް ގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ އެކަމާބެހޭ ގޮތުން ޚައްރާޒީ ވިދާޅުވީ އެއީ ޓްރަމްޕާ ބެހޭކަމެއް ނޫންކަމުގައެވެ. އީރާނަކީ އަމިއްލަ ކަންތައް އަމިއްލަޔަށް ނިންމޭ ވަރަށް ތަޞައްރަފް ފުރިފައިވާ ގައުމެއްކަމަށާ އީރާނުގެ އެތެރޭގެ ހުރިހާ ސިސްޓަމްތަކެއް ފުރިހަޔަށް މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެފައި ވެއެވެ.އަދި އީރާނުގެ އެތެރޭގެ ކަންތަކާ ޓްރަމްޕް ވެސް އަދި އެހެން މީހަކުވެސް ބެހެން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް