އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ވެފައިވާކަން އެގައުމުގެ ސްޓޭޓް މީޑިޔާއިން ޔަގީން ކޮށްދީފި އެވެ.
މިޚަބަރު އިއުލާން ކުރަމުން ސްޓޭޓް ޓީވީން ބުނީ އަލީ ޚާމަނާއީ ޝަހީދުވެފައިވާ ކަމުގައެވެ. އެހެން ނަމަވެސް އޭނާޔަށް ފަހު އެމަގާމަށް ވަޑައިގަންނަވާނެ ފަރާތެއް އަދި ކަނޑައަޅާފައި ނުވާކަމަށް ބުނެފައި ވެއެވެ.ޚާމަނާއީ އަވަހާރަ ވުމާއި ގުޅިގެން އީރާނުގައި ވަނީ 40 ދުވަހުގެ ހިތާމަ ފާޅު ކުރުން އިއުލާން ކޮށްފައެވެ.އާޔަތުﷲ އަލީ ޚާމަނާއީ އަކީ އީރާނުގެ ވެރިކަމުގެ ބާރުގައި ހިމެނިވަޑައިގަންނަވާ އެންމެ ބާރުގަދަ ފަރާތެވެ.މިގޮތުން ކޮންމެކަމެއްގެވެސް އެންމެ ފަހުބަސް ވިދާޅުވާނީ ޚާމަނާއީއެވެ.އަލީ ޚާމަނާއީ ސުޕްރީމް ލީޑަރުގެ މަގާމަށް ވަޑައިގެންފައިވަނީ 1989ވަނަ އަހަރުއެވެ.އެއީ ކުރިން އެމަގާމުގައި ހުންނެވި އާޔަތުﷲ ޙުމޭނީ އަވަހާރަވުމާއި ގުޅިގެންނެވެ.އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވަނީ އެމެރިކާއާއި ގުޅިގެން ހޮނިހިރުދުވަހު އިޒްރޭލުން އީރާނަށްދިން ވަރުގަދަ މިސައިލް އަދި ބޮމުގެ ހަމަލާތަކެއްގައެވެ.
![]()
