އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށައިފިއެވެ. މިކަން ވަނީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރުވެސް ޔަގީން ކޮށްދެއްވާފައެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހަމަލާ ތަކުގެ އަމާޒަކީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ނިޒާމުގެ ބާރު ކަނޑުވާލުމެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވެސް ވަނީ ވައިގެ މަގުންނާއި އަދި ކަނޑުމަގުން އީރާނަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އަދި މިހަމަލާ ތަކުގެ ބޭނުމަކީ އީރާނުގެ މިސައިލް ނިޒާމް ހަލާކުކޮށްލުންކަމަށް ބުނެފައިވެއެވެ.
އީރާނުން ލިބޭ ޚަބަރު ތަކަށް ބަލާއިރު ހެނދުނު އެތާގަޑިން ދިހައެއްޖަހާއެހާއިރު ވެރިރަށް ތެހެރާން ގެ ބޯކޮށް ދުން އަރާތަން ފެނިފައިވެއެވެ. އަދި ތެހްރާންގެ އިރުމަތި އަދި އުތުރުގެ ހިސާބުތަކުން ”އެކްސްޕްލޯޝަންސް“ ނުވަތަ ބާރު ގޮވުންތަކުގެ އަޑު އިވެމުން ގޮސްފައިވެއެވެ.
މިހަމަލާތަކާ އެކުއެކީ އިޒްރޭލުގައިވެސް ސްޓޭޓް އޮފް އިމަޖެންސީ އިއުލާންކޮށް ސައިރަންތައް އަޅަމުން ދާއަޑު އިވެމުންދާކަމަށް ޚަބަރު ލިބެއެވެ.މިއީ ރައްދުގައި އިރާނުން ދޭނެ ކަމަށް ބެލެވޭ ރައްދު ހަމަލާ އަށް ތައްޔާރު ވުމުގެ ގޮތުންނެވެ.
ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން ހުއްޓުވުމާއި ބެހޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިޔަށް ދިޔަ ވާހަކަ ތަކުގައި އީރާނުން ވަނީ ދޫތަކެއް ދީފައެވެ.އެހެންނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މަޝްވަރާތައް ކުރިޔަށް ދާގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމުގައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ބުރާސްފަތިދުވަހުވަނީ މަޝްވަރާ ބައްދަލްވުމުގެ ތިންވަނަބުރު ސްވިޓްޒަލަންޑްގެ ޖެނީވާގައި ބާއްވާފައެވެ.އޭގެ ފަހުން ހުކުރު ދުވަހު ނޫސްވެރިންނާބައްދަލް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ދީނީ އިލްމްވެރިންގެ ނުފޫޒު ގަދަ އިރާނުން އެމެރިކާ ބޭނުންވާ ކަންތައް ކޮށްދޭން ބޭނުންނުވާ ކަމުގައެވެ.
އީރާނަށް ހަމަލާދޭނެ ކަމަށް ފާއިތުވި ދުވަސްތަކުގައި ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް ހުކުރުދުވަހުވެސް ވިދާޅުވެފައިވަނީ ހަމަލާ ދިނުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމުގައެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ކަމުގައެވެ.
![]()
