ބޭނުންވާ ތަކެތި:
1 ޖޯޑު ބީޓްރޫޓް (ހިމަދިގަށް ތުނިކޮށް ކޮށާފައި)
2 ހިކަނދިފަތް
1 މޭޒުމަތީސަމުސާ ލޮނުމިރުސް ހަވާދު
1 ފިޔާ (މެދު ސައިޒުގެ)
2 ލޮނުމެދު
ބައިޖޯޑު ބޯ ކާށިކިރު
ތައްޔާރުކުރާނެ ގޮތް:
ފިޔާ ތުނިކޮށް، އަދި ލޮނުމެދު ހިމުންކޮށް ކޮށާލާށެވެ.
އެއަށްފަހު ހިކަނދިފަތް އަޅައިގެން ފިޔައާއި ލޮނުމެދު ތެޔޮފޮދެއްގައި މީރުކޮށްލާށެވެ.
ފިޔައަށް ބިއްލޫރި ކުލަ އެރުމުން 1 ސައިސަމުސާ ލޮނު އަޅާފައި ބީޓްރޫޓްކޮޅު އެޅުމަށްފަހު ބައިޖޯޑު ފެން އަޅައި، މަތިޖަހައިގެން މަޑުގިނީގައި ކައްކާލާށެވެ.
ބީޓްރޫޓުގެ ރޯ ރަހަ ކެނޑި، މަޑުވުމުން ލޮނުމިރުސް ހަވާދުކޮޅު އަޅައި އެއްކޮށްލާށެވެ.
މިނިޓެއްހާއިރު ކައްކާލުމަށްފަހު ކާށިކިރުފޮދު އަޅާފައި އުނދުންމަތިން ބާލާށެވެ.
![]()
