ދީނަށް ފުރައްސާރަކުރާތީ ”ބޫ“ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި

Loading

February 24, 2026
profile
Facebook
Twitter
WhatsApp

މީސްމީޑިއާގެ އެކި މަންސަތަކުގައި އިސްލާމްދީނާ ފުށުއަރާފަދަ ވާހަކަތައް ދެއްކުމާއި ދީނަށް ފުރައްސާރަކުރުމުގެ މައްސަލާގައި އަޙްމަދު ޢާމިރު، ފިލިކުރިގެ، މާލެ، މީސްމީޑިއާގައި މަޝްހޫރު ނަމުންނަމަ ޑރ. ބޫ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިޢުލާންކޮށްފިއެވެ.

ފުލުހުންގެ އިޢުލާނުގައި ވާގޮތުން އޭނާ އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައި މި ވަނީ، މީސްމީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ސުވާލުކުރުމަށެވެ.

އަދި މިކަން އާންމުކޮށް އިޢުލާންކޮށްފައި މި ވަނީ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން މި މައްސަލާގައި އޭނާ އެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރެވިފައި ނުވާތީ ކަމަށް ފުލުހުންގެ އިޢުލާނުގައިވެއެވެ.

އެހެންކަމާއެކު، އަޙްމަދު ޢާމިރު، ހ. ފިލިކުރިގެ، 2026 މާރިޗު 10 ވަނަ ދުވަހުގެ 16:00ށް، ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް އިޢުލާނުގައި ވަނީ އަންގާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް