އަހަރެންގެ ނަމަކީ ސާރާއެވެ.
ދެއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ފިރިމީހާ ޖޭމްސް ކެނެޑާ އަށް ދާތީ އަހަރެން ހުރީ ވަރަށް ދެރަވެފައެވެ.އަދި ފުރުވަން އެއާޕޯޓަށް ދިޔަ ދުވަހު އޭނަގައިގައި ބައްދާލުމަށްފަހު އަހަރެންނަށް ރޮއި ގަނެވުނެވުނެވެ. އަހަރެން އެކަނި އެހާގިނަ ދުވަހު ހުންނާނީ ކިހިނެއްހޭ އަހަރެން ބުނީމެވެ.ނަމަވެސް އޭނައަހަރެންނަށް ވިސްނާދީ ހިއްވަރު ދިނެވެ. އަދި މިއީ އޭނާޔަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާ އަހަރުމެން ދެމީހުންގެ މުސްތަގްބަލް އަށް ޓަކައި ކުރަން ޖެހޭ ކަމެއްކަމަށް އޭނާ ބުންޏެވެ.އަދި ދާދި އަވަހަށް ދެއަހަރު ހިނގައިދާނެ ކަމަށް ބުންޏެވެ.
ބޭރު ފުށަށް ފެންނަ ގޮތުގައި އަހަރެންގެ ފިރިމީހާ ޖޭމްސް އަކީ ހަމަ ”ޕަރފެކްޓް“ ފިރިއެކެވެ.ޒިންމާނަގާ، އަހަރެން ދައްކާވާހަކަ އަޑުއަހާ އަދި އަމިއްލަ ހުވަފެން ތަކެއް ހުރެގެން އެކަމަށް މަސައްކަތް ކުރާ ފިރިއެކެވެ.
އަހަރުމެން އުޅެމުން އައީ ވަރަށް ބޮޑު ރީތި ގެއެއްގައެވެ.އަދި ހަފްތާބަންދުގައި އެކި ރެސްޓޯރެންޓް ތަކަށް ބްރެކްފަސްޓް އަށް ގޮސް، އަދި އެހެންވެސް އަޕަރކްލާސް ދެމަފިރިންނެކޭ އެއްގޮތަށް ހަޔާތުގެ އެކި ޕްލޭންތައް ކޮށް އުޅުނީމެވެ.
ޖޭމްސް ގެ އޮފީހުން ދެއަހަރުދުވަހަށް ކެނެޑާއަށް ދިއުމުގެ ފުރުސަތު އޭނާޔަށް ދީފި ކަމަށް ބުނުމުން އެންމެ ފުރަތަމަ މަރުހަބާކީވެސް އަހަރެންނެވެ. އަދި އެކަން ފާހަގަ ކުރީވެސް އަހަރެންނެވެ. ފަހުން އަހަރެން ދެރަވެފަ ހުންނަން ފެށުމުން އޭނަބުންޏެވެ. ދެއަހަރު ދުވަހު މަސައްކަތް ކޮށްފަ އައިސް އަހަރުމެންގެ އަމިއްލަ ކަމަކަށް އިންވެސްޓް ކުރާނީ އެވެ.
ދެއަހަރު ދުވަހު އަހަރެން އެކަނި ހުންނަންވީ އަހަރުމެންއުޅޭ ސިޓީ ގްރޫގަރަމް އަދި ބެންގަލޫރުގައި ހުރި މުދާ ހިމާޔަތް ކުރާށެވެ.
އަހަރެން އޭނަޔަށް އިތުބާރު ކުރީމެވެ.އެއީ އަހަރެންގެ ފިރިމީހާޔަށް ވާތީއެވެ.އަހަރެން އޭނަދެކެ ލޯބިވާތީއެވެ.
ހުރިހާކަމެއް ފަޅާއެރީ ޖޭމްސް ފުރަން އޮތް ދުވަހުގެ ތިން ދުވަސް ކުރިންނެވެ. އޭނާގެ ލެޕްޓޮޕް ނުލައްޕާ އޭނާޔަށް ފެންވަރަށް ވަދެވުނީމައެވެ. އޭނާފާހާނައިގަ ހުއްޓާ އީމެއިލް އެލަރޓެއް އައުމުން އަހަރެން ބަލާލީމެވެ. އެރިކާ ކިޔާ މީހަކު ފޮނުވި އީމެއިލް އެކެވެ. އޭގައިވަނީ ކުއްޔަށް ހިފާ އެޕާޓްމަންޓްގައި ބޭބީ ނިންދަވާއެދެއް ހުރިތޯ ޔަގީން ކުރާށޭ ބުނެ ފޮނުވާފައިވާ އީމެއިލް އެކެވެ.
އަހަރެންގެ ހިތުގައި ސުވާލުތަކެއް ހިނގައިގަތެވެ. އަދި ލެޕްޓޮޕް އިތުރަށް ހާވާލީމެވެ. އޭގައިވާ ޑޮކިއުމަންޓް ތަކުގެ ތެރޭގައި އަހަރުން އުޅޭ ސިޓީ އާއި ވިއްސަކަށް ކިލޯމީޓަރު ދުރުގައިވާ ސިޓީ އަކުން އޭނާ އެޕާޓްމަންޓެއް ކުއްޔަށް ނަގާ، އެކަމުގެ އެއްބަސްވުން ވެއެވެ.ކުލި ފެށޭ ތާރީ ހަކަށް އިނީ ޖޭމްސް މިކޮޅުން ފުރާދުވަހެވެ. އަދި ކުލީގެ މުއްދަތަކީ ދެއަހަރު ދުވަހެވެ.
އަހަރެން އަވަސް އަވަހަށް އެތަނުން ދުރަށް ދިޔައިމެވެ. އެހެން ވީމަ ޖޭމްސް މިއުޅެނީ ކެނެޑާ އަކަށް ދާކަށް ނޫންތާއެވެ. ހިލޭ އަންހެނަކާއެކީ މިތާ ކައިރީ ގައިވާ ސިޓީ އަކަށް ބަދަލުވާށެވެ.އަދި އެއަންހެން މީހާ ވިހަންވެފައި އިންއިރު އެހަޔާތަށް ޚަރަދުކުރަން ޖޭމްސް ރާވައިގެން އެހުރީ އަހަރެން ލައްވައެވެ.
ސިއްރުތައް ހާމަވުމުންވެސް އަހަރެން ޖޭމްސް އާ ސުވާލެއް ނުކުރަމެވެ. އަހަރެންނަށް އެއްވެސް ކަމެއް އެނގޭ ކަމެއް ނުދައްކަމެވެ.ޖޭމްސް އޭރުވެސް އުޅެނީ އޭނަގެ ވަކި ދިރިއުޅުމަށް ސާމާނު ހަމަ ކުރުމުގައެވެ. އަހަރެން ސުވާލު ކޮށްފިނަމަ ބުނަނީ އެތަނުން ސާމާނު ހޯދަން ދުރަށް ދާންޖެހޭނެތީ އެއްޗެތި ގަންނަނީ ކަމުގައެވެ.
ޖޭމްސް ފުރަން އޮތް ދުވަހު އަހަރެން އޭނާ ގޮވައިގެން އެއާޕޯޓަށް ގޮސް ރުއީމެވެ.އަހަރެންގެ އަމިއްލަ ނަފްސަށް ހަމްދަރުދީ ވެގެން ނެއް ނޫނެވެ. ދުނިޔޭގައި މިފަދަ ކެހިވެރިންވެސް އުޅެނީތާއޭ ހިތަށް އަރާފައެވެ. ޖޭމްސްގެ މޫނު މަތިންވެސް ހިތާމަވެރިން ދެއްކިއެވެ.އެކްޓަކުން ނަމަވެސް އެވެ.
ޖޭމްސް އެތެރެޔަށް ވަދެގެން ދިޔައީ ކެނެޑާ އަށް ދާން ބޯޓަކަށް އަރާކަށް ނޫނެވެ.އަނެއް ދޮރުން ނިކުމެގެން ޖެހިގެން އޮތް ސިޓީ އަށް ދިއުމަށެވެ.
އަހަރެން ގެޔަށް ދިޔަގޮތަށް ގޮސް ފުރަތަމަވެސް ކުރިކަމަކީ އަހަރުމެންގެ ޖޮއިންޓް އެކައުންޓްގައި ހުރިފައިސާގެ ތެރެއިން،650،000 ޔޫއެސްޑޮލަރު އަހަރެންގެ އަމިއްލަ އެކައުންޓަކަށް ބަދަލު ކުރުމެވެ. އެއީ މީގެ ތިން އަހަރު ކުރިން އަހަރެންގެ މަންމައާއި ބައްޕަ ކާރު އެކްސީޑެންޓެއްގައި މަރުވުމުން އެމީހުންގެ ފުށުން އަހަރެންނަށް ލިބުނު ފައިސާއެވެ.މިފައިސާ ބަހައްޓާނީ ދެމީހުންގެ ޖޮއިންޓް އެކައުންޓެއްގައި ކަމަށް ބުނީ ޖޭމްސް އެވެ. އެއީ ދެމީހުންގެ ކަންތައްތައް ކުރަންފަސޭހަވާނެ ކަމަށް ބުނެއެވެ.
އޭނަރާވައިގެން ހުރީ އަހަރެންގެ ފައިސާ އޭނާގެ ސިއްރު އެހަޔާތަށް ބޭނުން ކުރުމަށެވެ.ނަމަވެސް އެފުރުސަތު ދޭކަށް އަހަރެން ނެތީމެވެ.
ޖޭމްސް ”ކެނެޑާ“ އަށް ދިޔަފަހުން ވެސް ތިންދުވަހު ގުޅިއެވެ. އޮފީސް ވަރަށް ބިޒީ ކަމަށް ބުންޏެވެ.ގިނައިން ނުގުޅެނީ އެހެން ވެގެން ކަމަށް ބުންޏެވެ. އަހަރެން ހުރީ ހަމަ ކޮސްވެފައެވެ.
ހަތަރުވަނަ ފަހަރު ޖޭމްސް ފޯނު ކުރުމުން އަހަރެންނަށް މަޑަކުން ނުހުރެވުނެވެ. ޖޭމްސް ތިޔަހުރީ ކެނެޑާގައި ނޫންކަން އިނގޭ ކަމަށާ، އެރިކާ ކިޔާ މީހަކާ އެކު އެޕާޓްމަންޓެއް ހިފައިގެން ވަކި ދިރިއުޅުމެއް އުޅޭކަން އިނގޭ ކަމަށް ބުނީމެވެ. އަހަރެން މިހެން ބުނުމުން ވަރަށް ގިނައިރުވަންދެން ޖޭމްސް އެއްޗެއް ނުބުނެ ހުއްޓެވެ.އަހަރެން އިތުރަށް ބުނީމެވެ. ޖޭމްސް އެއްޗެއް ބުނާނެކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ. ވަރަށް އަވަހަށް ވަރީގެ ލިއުންތައް ލިބޭނެއެވެ. ސޮއެ ކޮށްފަ މިކޮޅަށް ފޮނުވާށެވެ.
ގާނޫނީ ލަފާ ހޯދައިގެން އަހަރެން ބޮޑުގެ ވިއްކާލީމެވެ. އަދި ތަންކޮޅެއް ދުރުން ކުޑަގެއެއް ގަނެގެން އެތަނަށް ބަދަލުވީމެވެ.
ފައިސާތައް ބޭނުން ކޮށްގެން އަހަރެން ވަނީ މުޖްތަމައުގައި އިހާނެތިވެވޭ އަންހެނުން ނަށް އެހީތެރިވާނޭ ފަންޑެއް ހުޅުވާފައެވެ. އަދި އަހަރެންނަށް ހަމަޖެހިގެން އުޅެވޭ ވަރަށް ފައިސާލިބޭނެ ގޮތްގޮތަށް ފައިސާ އިންވެސްޓް ކުރީމެވެ.
އެކަނި އަލުން ހުރިހާކަމެއް ފެށުމަށް އަހަރެން ޖެހިލުމެއް ނުވެއެވެ. ނަމަވެސް އަހަރެން ހާސިލް ކުރަން ބޭނުން އެއްކަމެއް އަދިވެސް އެބައޮތެވެ. އެއީ އެރިކާއާއި ބައްދަލް ކުރުމެވެ.އަހަރެންނަށް ބޭވަފާތެރިވީ ކޮން ސިފައެއްގައި ހުރި މީހަކަށްޓަކާތޯ ބަލާލަން ބޭނުންވިއެވެ.
އަހަރެން އަލުންފެށި ބިޒީ ހަޔާތުގައި އަވަދިނެތި އުޅެމުން ދިޔަ ކޮންފަރެންސެއްގެ ކަންތަކުގައި އުޅެނިކޮށް ބޭބީ އެއް އަތަށް ލައިގެން ހުރި އަންހެނަކު އައިސް އަހަރެންނާ ބައްދަލް ކޮށްލުމަށް އެދުނެވެ. އަހަރެން ތިޔައީ ކާކުތޯ ސުވާލު ކުރުމުން އޭނަބުނީ އޭނާއަކީ އެރިކާ ކަމުގައެވެ.
އަހަރެން އެރިކާއާއި ބައްދަލް ކުރަން ބޭނުންވިފަދައިން އޭނަވެސް އަހަރެންނާ ބައްދަލް ކުރަން ބޭނުންވީއެވެ. އަހަރެން އެރިކާ ގޮވައިގެންގޮސް ކޮފީ ކޯނަރގެ އެކަހެރި ކަނެއްގައި އިށީނީމެވެ.
ވާހަކަ ދައްކަން ފަށަމުންވެސް އެރިކާ ބުނީ އެކުގައި އުޅެން ފަށާ، ބޭބީ ލިބުނުތާ މާގިނަ ދުވަހެއް ނުވެ ޖޭމްސް އޭނާދޫކޮށް ހިނގައްޖެ ކަމުގައެވެ. އެރިކާ ކިޔާދިން ގޮތުގައި ޖޭމްސް އޭނަކައިރީ ބުނީ އޭނާޔާއި އޭނާގެ އަންހެނުން ތިބީ މައްސަލަ ޖެހިގެން ދުރުވެފަ ކަމުގައެވެ. އެއްގޮތަކަށްވެސް ކައިވެނިކޮށްގެން ރީތިކޮން އުޅޭކަން ނޭގޭ ކަމަށް ބުނެޏެވެ.
އަހަރެން އެރިކާއަށް ހަމަދަރުދީ އެއްނުވަމެވެ.އަދި އޭނާއަށް އަހަރެންގެ ހިތުގައި ނަފްރަތެއްވެސް ނެތެވެ. އެމީހަކު ކުރިކަމެއް އެމީހަކަށެވެ. އަހަރެން ޖޭމްސް ފަދަ މީހެއްކިބައިން ސަލާމަތް ކުރެއްވީތީ ހާސް ފަށުން ހެއްދެވި ފަރާތަށް ޝުކުރުވެރި ވަމެވެ.
![]()
