ނޭޕާލްގައި ފަރުބަދަ މަތިން ބަހެއް ވެއްޓި 19 މީހަކު މަރުވެ 25 މީހަކު ޒަހަމްވެއްޖެ

Loading

Facebook
Twitter
WhatsApp

ނޭޕާލްގައި ފަރުބަދަ މަތިން ދަތުރު ކުރަމުންދިޔަ ބަހެއް ވެއްޓި 19 މީހަކު މަރުވެ 25 މީހަކު ޒަހަމްވެއްޖެއެވެ.

ހައިވޭއަކުން ވެއްޓުނު މި ބަސް ދަތުރުކުރަމުން ދިޔައީ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ފަސިންޖަރުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ އެ ބަސް ވެއްޓުނީ ޕްރިތުވީ ހައިވޭގައި ދަތުރު ކުރަމުންދަނިކޮށް ކަމަށެވެ.

އޭބީސީ ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބަސް ވެއްޓުނީ ކަތުމަންޑޫގެ ހުޅަނގުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ބެނިގަޓް ކައިރީގައި އޮންނަ ޓްރިޝޫލީ ކޯރުގެ އައްސޭރިއަށެވެ.

އެގޮތުން އެ ހާދިސާގައި މަރުވި 19މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތެއް ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް އައިިއިރު ދެނެގަނެވުނީ އެންމެ ނުވަ މީހެއްގެ ހަށިގަނޑެވެ.
މީގެ އިތުރުން އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ޗައިނާގެ ރައްޔިތަކާއި ނިއުޒީލެންޑްގެ އުމުރުން 27 އަހަރުގެ އަންހެނަކު ހިމެނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް