ފުޓް ވެއަރ އެންޑް ލެދާ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ..
އެ މަޢުރަޒު ކުރިޔަށް ދަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ. މިގޮތުން އެ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 27 އިން މި ފެށޭ މާރިޗު މަހުގެ 2 އަށް ހަތަރު ދުވަހުގެ މުއްދަތަކަށެވެ.
މި މަޢުރަޒުގައި ފައިވާން، ބޫޓު، ލެދާ ނުވަތަ ޖަނަވާރު ހަމުން އުފައްދާ އުފެއްދުންތަކާއި މެޝިނަރީ އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގުޅުންހުރި ޚިދުމަތްތައް ދައްކުވައިދޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށް ސްރީލަންކާގެ ސަރުކާރުން އެ މިނިސްޓްރީއަށް ޙިއްސާކޮށްފައިވާ ކަމަށެވެ.
![]()
