މިއަދު ހެނދުނު މާލޭގެ މަގުމަތިން ދަތުރުކުރި އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މާލޭ، އަލިކިލޭގެފާނު މަގުގައެވެ.
މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ޖޫރިމަނާކޮށް ލައިސަންސު ހިފަހައްޓާފައި ވަނީ ކުއްލި ހާލަތުގައި ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، ޕިކަޕަކުން މުދާ ބޭލުމުގައި އުޅުނު ޑްރައިވަރަކަށެވެ.
އެކަމާއި ގުޅިގެން ޕިކަޕްގެ ޑްރައިވަރު ފުލުހަށް ހާޒިރުކޮށް އޭނައަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އޭނާ 750ރ. އިން ޖުރިމަނާކޮށް، ލައިސަންސް ހިފަަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނަމަ، އެ ކަން ކުރާނެ ކަމަށެވެ.
![]()
