ރަހަފަތް: ލަންޗަން މީޓް އާލިއޯ އޮލިއޯ

Loading

February 22, 2026
profile
Facebook
Twitter
WhatsApp

    1 ޖޯޑު ލަންޗަން މީޓް (ތުނިކޮށް، ކުދިކޮށް ކޮށާފައި)

    7-8 ލޮނުމެދު (ތުނިކޮށް ކޮށާފައި)ހިކިމިރުސް (ބުރިކޮށްފައި)

    1 ޕެކެޓް ޕާސްތާ ޒައިތޫނި ތެޔޮޕާސްތާ ޕެކެޓުގައި ބުނެފައި އޮތް ގޮތަށް ޕާސްތާ ކައްކާލުމަށްފަހު ފުރާނާލާށެވެ. އަދި އޭގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތަވައަށް 2 މޭޒުމަތީ ސަމުސާ ޒައިތޫނިތެޔޮ އަޅާފައި ލޮނުމެދާއި ހިކިމިރުސް ކުޑަކޮށް ތެއްލާލާށެވެ. ލޮނުމެދުތަކަށް މުށިކުލަ އަރަންފެށުމުން ތެޔޮގަނޑުން ނަގައި ޕާސްތާގެ މައްޗަށް އަޅާލާށެވެ. ތަވާގައި ބާކީ ހުރި ތެލުގެ ތެރެއަށް އަދި އެއް ސަމުސާ ތެޔޮ އަޅައި ހޫނުކޮށްލުމަށްފަހު ލަންޗަން މީޓްކޮޅު އަޅައި މުށިކުލަ އަރަންދެން ތެއްލާލާށެވެ. މުށިކުލަ އެރުމުން ތެޔޮފޮދާއެކު ޕާސްތާގެ ތެރެއަށް އަޅާލައި އެއްކޮށްލާށެވެ.

    Loading

    Leave a Reply

    ފަހުގެ އަޕްޑޭޓް