ޖަލުގައި ހުރި ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ގޭބަންދަށް

Loading

Facebook
Twitter
WhatsApp

ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖަލަށްލާފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފިއެވެ.

ސައީދު ޖަލަށްލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަތަރު އަހަރު ދުވަހުގެ ހުކުމެއްގައެވެ.

ސިއްހީ ސަބަބުތަކަކާ ގުޅިގެން ސައީދު ގޭބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ސައީދު ޖަލަށްލީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް