ދުނިޔޭގެ ފެންވަރުގެ އޭ.އައި ސަމިޓެއް އިންޑިޔާގައި ބާއްވަނީ  

Loading

February 15, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

”އޭއައި އިމްޕެކްޓް ސަމިޓް“ ގެ ނަމުގައި ބާއްވާ މުހިއްމު ސަމިޓް ބައްދަލުވުމެއް މާދަމާ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ފެށޭނެއެވެ.

މިބައްދަލުވުން ވެގެންދާނީ އާޓިފިޝަލް އިންޓެލިޖަންސްގެ ދާއިރާއިން މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ފަރާތްތަކާ، ތަފާތު އެތައް ލީޑަރުންނާއި އަދި އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތައް އެއްކޮށް ފެނިގެންދާނެ މުހިއްމު މަޖިލީހަކަށެވެ.

އާޓިފިޝަލް އިންޓެލިޖަންސް ނުވަތަ އޭއައި އަކީ  އިލެކްޓްރިސިޓީ ގެ އީޖާދަށް ފަހު ދުނިޔެއަށް ބޮޑެތިފަސޭހަތަކަކާއި ބޮޑު ބަދަލުތަކެއް ގެންނަމުންދާ ޓެކްނޮލޮޖީއެއް ކަމަށްވާއިރު، އޭއައި އަށް މިވަގުތު ވަނީ ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައެވެ.   

ފެބްރުއަރީ 16 ން 20 އަށް، ނިއުދިއްލީގެ “ބަހާރަތު މަންދަޕަމް” ގައި ބޭއްވޭ މި ސަމިޓްގައި، ޕޮލިސީ ހެދުމަށް މަސައްކަތް ކުރާ މީހުން، އިންޑަސްޓްރީ ލީޑަރުން އަދި ޓެކްނޮލޮޖީ އިނޮވޭޓަރުން އެއްތަނަކުން ފެނިގެންދާނެއެވެ. މިދާއިރާއިން ބައެއް ގައުމުތަކުން ވަރަށް ބޮޑު ކުރިއެރުންތައް ހާސިލް ކޮށްފައިވާއިރު ދުނިޔޭގެ އެހެން ގައުމުތަކުން މިވަގުތު ގެންދަނީ ވާދަކޮށް އޭއައި އެޖެންޑާ ސެޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި އިވެންޓަކީ އިންޑިއާއަށްވެސް މުހިންމު ސިގްނަލެއް ދޭނެ އިވެންޓަކަށް ވާނެއެވެ.އެއީ   އެގައުމުގައި މިކަމުގެ ގާބިލުކަން ހުރިމިންވަރު ކަނޑައެޅި، އަދި ދެން ކުރިޔަށް ދާންވީ މަގު ދައްކާދޭނެ ފުރުޞަތަކަށް ވެގެންދާނެތީއެވެ. މިއީ މުޅި އިންޑިއާގެ ޓެލެންޓް ޕޫލް އެއްކުރެވި، ފުޅާވަމުން ދާ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަދި ސްޓާޓްއަޕް އެކޯސިސްޓަމް ފެނިގެންދާނެ ވަގުތަކަށް ވާނެއެވެ. މީގެ އިތުރުން ޒިންމާދާރު، އިންކްލޫސިވް އޭއައި ހައްލުތައް ދުނިޔެއަށް ތައާރަފްކޮށްދެވޭނެ މުހިއްމު ގައުމެއްގެ ގޮތުގައި އިންޑިޔާ ފާހަގަ ކުރެވިގެން ދާނެއެވެ.  

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އެއީ ރިސާރޗް ލެބްތަކާއި ބޯޑްރޫމް ތައް ފަހަނަ އަޅައި ދާ ޓެކްނޮލޮޖީއެކެވެ. މިއީ ސިއްޙީ ހިދުމަތް ދިނުމާއި، ދަނޑުވެރިކަން ބަދަލުކުރުމާއި، ފައިނޭންޝަލް މާކެޓްތައް އަލަށް ސެޓްކުރުމާއި، ތަޢްލީމީ ނިޒާމްތައް އަލަށް ރީޑިފައިން ކުރުމާއި، ކޯޕަރޭޓް ސްޓްރެޓަޖީ އަލަށް ލިޔުމާއި އެކު ވަޒީފާގެ ބާވަތް ތައް ކަނޑައެޅުމާއި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުމަށްވެސް އެހީތެރި ވެދޭ ވަސީލަތެކެވެ.

މި ގްލޯބަލް ސަމިޓް ގެ ސަބަބުން އިންޑިއާ އެއީ ހަމައެކަނި ބައިވެރިއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އޭއައި ގެ ޤަވާއިދުތަކާއި، މިންގަނޑުތަކާއި ފުރުޞަތުތައް ސެޓް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއް ކަން ހާމަ ކުރުމަކީ އިންޑިޔާ ގެ މައިގަޑު އެއް މަޤްޞަދަށް ވާނެއެވެ. މި ސަމިޓްގެ މައިގަނޑު އަސާސް އެއީ ޓެކްނޮލޮޖީ ލީޑަރޝިޕްގެ ދުނިޔޭގެ ވަށް މޭޒުގައި އިންޑިއާއަށް އިސްމަގާމެއް ހޯދުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދެން އަންނަ ”ފޭސް“ ރަނގަޅު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމުގައި ބައިވެރިވުމެވެ.

މިސަމިޓުން ދޭން ބޭނުންވާ މައިގަނޑު މެސެޖް އަކީ، އޭއައި ގެ ނަމުގައި ކޮންމެ ކަމެއް ހިނގި ނަމަވެސް އެއީ އިންސާނުންގެ ބައިވެރިވުން އެކުލެވޭ، ހުރިހާ ބައެއް ޝާމިލް ކުރެވޭ ގޮތަށް ކުރެވޭ ކަމަކަށް ވާނެކަމެއްކަމަށާއި، އޭއައި ސަރވިސްތަކާއި ސަރވާތަކަށް ޑިމޮކްރެޓިކް އެކްސެސް ލިބެން ވާނެކަމާއި، އަދި މި ޕްރޮސެސްގެ މައިގަނޑު ބައިތައް އެކުލަވާމުގައި އިންސާނުންގެ ޝާމިލުވުން ހިމެނެން ޖެހޭނެ ކަމަށް އައިޓީ ސެކްރެޓަރީ އެސް ކްރިޝްނަން ވިދާޅުވެފައި ވެއެވެ.    

މިސަމިޓްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ދައުވަތަށް ދުނިޔޭގެ ބައެއް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ”އޭއައި އިމްޕެކްޓް ސަމިޓް“ގައި ބައިވެރިވެ ވަޑައިގަންނަވާނެ ދުނިޔޭގެ  ލީޑަރުން ގެ ތެރޭގައި ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން އަދި ބްރެޒިލް ރައީސް ލޫލާ ޑާ ސިލްވާ ފާހަގަ ކޮށްލެވެއެވެ. މި ރައީސުން ބައިވެރިވެ ވަޑައިގެންނެވުމުން، އޭއައި އެޖެންޑާއަށް ދުނިޔޭގެ މަތީ ދަރަޖަގެ ޝަރަފުވެރި ބައިވެރިވުން އަދި ޝައުޤުވެރިކަން އޮތްމިންވަރު ދައްކާދެއެވެ.

  45 ގައުމަކުން މިނިސްޓަރު ފެންވަރު ގެ ޑެލިގޭޝަންތައް ވެސް މި ސަމިޓްގައި ބައިވެރިވާނެއެވެ. މީގެ އިތުރުން އދގެ ސެކްރެޓަރީ ޖެނެރަލް އަދި ވަރަށް ގިނަ އިންޓަރނެޝަނަލް އޮގަނައިޒޭޝަންތަކުގެ އިސް އޮފިޝަލުން ވެސް މި މަޝްވަރާތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުވަޒީރު މޯދީ މި ސަމިޓްގައި ޚިތާބެއް ދެއްވުމުގެ އިތުރުން އިސްވެރިންގެ އަރިހުގައި އެކްސްޕޯ ބައްލަވާލައްވާ ވަކިވަކި ބައްދަލްވުންތައްވެސް ބާއްވަވާނެއެވެ.   

މިއީ ލައިވް ކުރާނެ އިވެންޓަކަށް ވާއިރު، ޓެކްނޮލޮޖީގެ ދުނިޔެ ބައްޓަންކުރާ ފަރާތްތަކުން މުޅިދުނިޔޭގެ އެކި ކަންކޮޅުތަކުން މިއިވެންޓް ބަލަމުން ދާނެއެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް