15 މީހުންނާއެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވި މަސްދޯނިން ދަތުރުކުރި 5 މީހަކަށް ފަރުވާދޭން ފަށަައިފިއެވެ.
މި ހާދިސާ ހިނގީ ”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައެވެ.
މިއަދު މެންދުރު ފަހު 14:54 ހާއިރު ހިނގި އެ ހާދިސާގައި ފަރުވާ ދެމުން ދަނީ 2 ދިވެހިންނަށާއި ތިން ބިދޭސީންނަށެވެ.
ފުލުހުން ބުނީ އެ މީހުނަށް ފަރުވާދިނުމަށް މާލެ ގެނެސްފައި ވަނީ ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގެ އެހީގައި ކަމަށެވެ.
![]()
