މާފުށީގެ ނަރުދަމާ އަޕްގްރޭޑްކޮށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ކ. މާފުށީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި އެ ރަށުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް މާލެ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމް.ޑަބްލިއު.އެސް.ސީ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެއްކަމުން އެރަށުގައި އޮތް ދުވަސްވީ ނަރުދަމާ ބަދަލުކޮށް މިހާރު ދިމާވަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.
ެެއަދި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ އެމްޑީ ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސައިޓް މޮބިލައިޒްކުރާނެ ކަމަށާއި އެ ރަށުގައި، އަދި އަންނަ ހަފްތާގެ ތެރޭގައި ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް