ކުރެންދޫގައި ބިނާކުރި 700 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ޅ. ކުރެންދޫގައި ބިނާކުރި 700 މީހުންގެ ޖާގައިގެ މިސްކިތް ’މަސްޖިދުލް ސިއްދީޤް‘ ރަސްމީކޮށް ހުޅުވައިފިއެވެ. 

މިއަދު މަޢްރިބް ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ 700 މީހުންގެ ޖާގައިގެ އެ މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެއް ކަމަށެވެ.

މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ސޯލާއިން މިސްކިތަށް ކަރަންޓު ދެވޭނެ ނިޒާމު ވަނީ ޤާއިމް ކުރެވިފައެވެ. އަދި ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް ޤާއިމް ކުރެވިފައިވެއެވެ. 

މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް