ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.


ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވާނީ މާފުށީ ޖަލަށް ގެންދެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން އިޢުލާން ކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށާނެ ކަމަށެވެ.

މި ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވެއްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް