ކަނޑުމައްޗަށް ދޫކޮށްލާފައި ހުންނަ ބޮޑެތި ބޯޓުތައް ގިނަ ވަނީ

Loading

February 10, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބޮޑެތި ތެޔޮ އުފުލާ ޓޭންކަރުތަކާއި އެހެންވެސް ބޮޑެތި ވިޔަފާރި އުޅަދުތައް ،އޭގެ ވެރިފަރާތުން ދޫކޮށްލާފައި ހުންނަ އަދަދު ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭ ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިހެންވަމުންދާ ސަބަބަކީ ކޮބާހެއްޔެވެ؟ އަދި މިކަމުން ބޯޓުތަކުގައި މަސައްކަތްކުރާ މީހުންނަށް،ނުވަތަ އެ އިންޑަސްޓްރީއަށް ކުރާ އަސަރަކީ ކޮބާ ހެއްޔެވެ؟  

ޗައިނާގެ ޓެރިޓަރީން ބޭރަށް ދޫކޮށްލާފައި އޮތް ރަޝިޔާގެ ބޮޑު އޮއިލް ޓޭންކަރެއްގައި މަސައްކަތް ކުރާ މީހަކު ބީބީސީ އަށް ކިޔާދިން ގޮތުގައި ބޮޑެތި ބޯޓުތަކުގައި މަސައްކަތްކުރާމީހުންނަށް ބޭނުންވާ ޒަރޫރީ ކެއުމުގެ ބާވަތްތައް (އެއްގަމުމަސް،ގޮވާން،މަސް،ކިރު ފަދަ އެއްޗެތި)ފުދޭވަރަށް ފޯކޮށް ނުދެވޭތަން ވަރަށް ގިނަފަހަރު އާދެއެވެ.މީގެ އިތުރުން ދިރިތިބުމަށްޓަކައި ބޭނުންވާ ސިމްޕަލް(އެންމެ އާދައިގެ) އެއްޗެތިވެސް ނުލިބެއެވެ.އަދި މިހެން ވާން ފެށުމުން ބޯޓުތަކުގެ އޮޕަރޭޝަން އަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް އޭނާ ކިޔާދީފައި ވެއެވެ.ކްރޫ ތިބެނީ ބަނޑުހައިވެފަ ކަމަށާ އެހެން ކަމުން ރުޅިއައިސްފައި ކަމަށް އޭނާ ކިޔާދިނެވެ.އަދި ބޯޓުތަކުގެ މީހުން ގިނަ ފަހަރު ތިބެނީ އެދުވަހަކު އެދުދުވަހަށް ލިބޭ ކާއެތިކޮޅަކުން ފުއްދާލައިގެން ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ހުރި ބޯޓުގައި މިހާރުވެސް 750 ހާސް ފީފާ ކްރޫޑް އައޮއިލް އެބަހުރިކަމަށާ ރަޝިޔާއިން ކްރޫޑް އޮއިލް ބަރުކޮށްގެން ޗައިނާޔަށް ދިއުމަށް ދަތުރު ފެށީ ނޮވެމްބަރު މަހުގެ ކުރީ ކޮޅުކަމަށް އޭނާ ބުނެފައި ވެއެވެ.ބޯޓުވަނީ އެބެންޑަންކޮށްލާފައި(ދޫކޮށްލާފައި) ކަމަށް ”އިންޓަނޭޝަނަލް ޓްރާންސްޕޯޓް ވަރކާސް ފެޑަރޭޝަނުން“ އައި.ޓީ.އެފުން ޑިސެމްބަރު މަހު ބުނެފައި ވެއެވެ.އޭރުވެސް އެތައް މަހެއް ވަންދެން ފަޅުވެރިންނަށް މުސާރަ ނުދޭކަމަށް އެމީހުން ބުނެފައި ވެއެވެ.

އެބޯޓު މިވަގުތި އޮތީ އިންޓަރނޭޝަނަލް ސަރަހައްދުގައެވެ. ބޯޓާބެހޭގޮތުން ލިބޭ ޚަބަރުތައް އެހާ ރަނގަޅު ނުވުމުން ޗައިނާއިން ވަނީ ބޯޓު ޗައިނާޔަށް ވަނުން މަނާކޮށްފައެވެ.ނަމަވެސް އައި.ޓީ.އެފް މެދުވެރިވެގެން ފަޅުވެރިންނަށް ޑިސެމްބަރު މަހާހަމަޔަށް ލިބެންޖެހޭ މުސާރަ ހޯދާދީ ކާއެއްޗިއްސާއި ބޯފެނުގެ އިތުރުން އެހެންވެސް ޒަރޫރީ އެސެންޝަލް ތަކެތި ބޯޓަށް ފޮނުމުގެ އިންތިޒާމް ތައް ވަނީ ހަމަޖައްސާފައެވެ.ގިނަ ފަޅުވެރިން ފައިބާފައި ވީނަމަވެސް ބައެއް މަދުމީހުން އަދިވެސް ބޯޓުގައި އެބަތިބި ކަމަށް ވެއެވެ.

އައިޓީ އެފް ގެ ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު މިގޮތަށް ކަނޑުމައްޗަށް ދޫކޮށްލާގައިވަނީ 20 ބޯޓެވެ.ނަމަވެސް މިއަދަދު މިހާރު ވަރަށް މައްޗަށް ގޮސް 2025 ވަނަ އަހަރު 410 އަށް ވަނީ އަރާފައެވެ.އަދި މިކަމުގެ ސަބަބުން ބޯޓުދަތުރުކުރާ 6،223 މީހުންނަށް ވަނީ އެމީހުންގެ އާމްދަނީން މަހްރޫމް ވެފައެވެ.

މިހާގިނަ އަދަދަކަށް ބޯޓުތައް ކަނޑު މައްޗަށް ދޫކޮށްލަން ދިމާވާ ސަބަބަ ތަކުގެ ތެރޭގައި ގައުމުތަކުގައި ޖިއޯ ޕޮލިޓިކަލް މައްސަލަތައް ގިނަވުން ހިމެނެއެވެ. މިވަގުތު ގިނަ ގައުމުތަކެއްގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ އުފެދޭ މައްސަލަތައް ވަނީ އިތުރު ވެގެން ގޮސްފައެވެ. މީގެ އިތުރުން ކޮވިޑް ގެ ސަބަބުންވެސް ދުނިޔޭގެ ސަޕްލައިޗެއިން ރޫޅި، އަދި ފްރައިޓް ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދިއުމުން ބައެއް އޮޕަރޭޓަރުންނަށް ވަނީ ބޯޓުތައް ދުއްވަން ދަތިވެފަ ކަމަށް ވެއެވެ.

ދޫކޮށްލާފައިވާ ބޮޑެތި ބޯޓުތައް، ޚާއްސަކޮށް އޮއިލް ޓޭންކަރު ތަކަކީ ދުވަސްވެ ބާވެފައިވާ، އަދި އަދި ގިނަ ފަހަރު ވެރިފަރާތް ޔަގީންނުވާ، އަގެއްނެތް ، އިންޝުއަރ ކޮށްފައިވެސް ނުވާ، އަދި ދުއްވުމުންވެސް ގެއްލުން ބޮޑު ބޯޓުތައް ކަމަށް ވެއެވެ. މިފަދަ ބޯޓުތައް ގިނަ ފަހަރު ރަޖިސްޓްރީ ކޮށްފައި ހުންނަނީ ވެސް ”ފްލޭގް އޮފް ކޮންވީނިއެންސް“ ނުވަތަ މާދުރުގައިވާ، މިކަމަށް ފުރުސަތުދޭ، ގަވާއިދުތައް މާބޮށް ނުހިންގާ ގައުމުތަކުގެ ނަމުގައެވެ.

އެފްއޯސީ ތައް ހިންގާތާ މިހާރު ސަތޭކަ އަހަރަށް ވުރެގިނަ ދުވަސްވަނީ ވެފައެވެ.މިގައުމުތަކުން ކުރާކަމަކީ ބޯޓުތައް ނިސްބަތްވާ ގައުމުތަކުގެ ގަވާއިތުތަކުން ނެއްޓި ތިބެ، ހުއްދަ ނޫން ކަންކަން ކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.ޕެނަމާއަކީ މިފަދަ ގައުމެކެވެ. މިސާލަކަށް އެމެރިކާގެ ގާނޫނުތައް އެކަން މަނާކުރިނަމަވެސް ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ އެމެރިކާގެ ބޯޓެއްގައި ބަނގުރާ ވިއްކެއެވެ.

ޕެނަމާ، ލައިބީރިޔާ ،އަދި މާޝަލް އައިލެންޑްސް އަކީ އެފްއޯސީގެ ހިދުމަތް ދިނުމުގައި އެންމެ ކުރީގައި އުޅޭ ތިން ގައުމެވެ. ބަރުދަނުންބަލާނަމަ މަރޗަންޓް ބޯޓުތަކުގެ 46.5 ޕަސެންޓް

ރަޖިސްޓްރީ ކޮށްފައިވަނީ މިތިން ގައުމުގައި ކަމަށް ވެއެވެ.

2025 ވަނަ އަހަރަށް ބަލާއިރު، ދޫކޮށްލާފައިވާ 337 ބޯޓު ނުވަތަ 82 އިންސައްތަ ރެޖިސްޓްރީ ކޮށްފައިވަނީ އެފްއޯސީ ތަކުގައި ކަމަށް ވެއެވެ.

އދގެ ދެ އޭޖެންސީ އަކުން ހާމަ ކޮށްފައިވާ ގޮތުގައި ދުނިޔޭގައި މިގޮތަށް ދޫކޮށްލެވޭ ބޯޓުތަކުގައި މަސައްކަތް ކުރި މީހުންނަށް ދޭންޖެހޭ މުސާރައިގެ އަދަދު 25.8 މިލިއަން ޑޮލަރަށް އަރައެވެ.އަދި އައި.ޓީ.އެފް މެދުވެރިވެގެން މިފައިސާ ހޯދާދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް ވެއެވެ.

ބޯޓުތައް މިގޮތަށް ދޫކޮށްލުމުން އެންމެ ބޮޑަށް ގެއްލުން ލިބޭ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އިންޑިޔާމީހުން ކަމަށް ވެއެވެ.މިގޮތުން 2025 ވަނަ އަހަރު 1،125 އިންޑިޔާގެ ސެއިލަރުންގެ ވަޒީފާ ގެއްލުނު ކަމަށް ވެއެވެ.ދެވަނަ ޔަށް އެންމެ ގިނައީ ފިލިޕީންސް މީހުންނެވެ.އަދި ތިންވަނަޔަށް އެންމެ ގިނައީ ސީރިޔާ މީހުން ކަމަށް ވެއެވެ.

އިންޑިޔާގެ ސީފެއާރާސް ގެ ހައްގުތައް ހިމާތް ކޮށް ދިނުމުގެ ގޮތުން އިންޑިޔާ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭރުގެ 86 ބޯޓެއް ބްލެކްލިސްޓް ކޮށްފައި ވެއެވެ. ތަހުގީގުތަކުން ހާމަވެފައިވާގޮތުގައި މިތަނުން ގިނަ ބޯޓުތަކުގެ ވެރިންނަކީ ކޮބާކަމެއްވެސް ނޭގުނެވެ. އަދި ރަޖިސްތްރީ ކޮށްފައިވާ ފަރާތާ ގުޅުމުން ޖަވާބް ނުދޭކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް