ކުރިޔަށް އޮތް ހައްޖު މޫސުމަށް ވިސާދޫކުރަން އާދީއްތަ ދުވަހު ފަށާނެ

Loading

Facebook
Twitter
WhatsApp

ކުރިޔަށް އޮތް ހައްޖު މޫސުމަށް ވިސާދޫކުރަން އާދީއްތަ ދުވަހު ފަށާނެ ކަމަށް ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން އިއުލާން ކޮށްފިއެވެ. ޝައުބާން މަހުގެ ވިހިވަނަ ދުވަހާދިމާކޮށް ވިސާދުކުރަން ފަށަނީ ހައްޖުގެ ދުވަސްވަރުގެ ހަތަރުމަސް ދުވަސް ކުރިންނެވެ.

ސައޫދީ އިދާރާތަކުން ބުނި ގޮތުގައި މިހާ އަވަހަށް ވިސާދޫކުރަން ފަށަނީ ހައްޖުގެ އަޅުކަމަށް ފުރިހަމަޔަށް ތައްޔާރުވުމަށް އިދާރާތަކަށާ އަދި ހައްޖާޖީންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި މިއީ ސައޫދީ ސަރުކާރުން އެކުލަވާލާފައިވާ ”ވިޝަން 2030“ އާއި އެއްގޮތަށް ހަމަ ޖައްސާ އިންތިޒާމް ތަކެކެވެ.

ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ބުނި ގޮތުގައި މައްކާ އަދި މަދީނާގެ އިތުރުން އަރަފާތުގައި ދޭންޖެހޭ ހުރިހާ ޚިދުމަތްތަކާބެހޭ އެއްބަސްވުން ތަކުގައި މިހާރުވަނީ ސޮއިކޮށް ނިމިފައެވެ.މީގެ އިތުރުން ނުސްކް ޕްލެޓްފޯމް މެދުވެރިކޮށް ހައްޖުވެރިންގެ އެކޮމޮޑޭޝަންއާބެހޭ ކަންތައްތައްވެސް ވަނީ ހަމަޖައްސާފައެވެ. އެމިނިސްޓްރީން ބުނި ގޮތުގައި މިހާރުވެސް 750،000 މީހުން ހައްޖުވުމަށް ރަޖިސްޓަރީ ކޮށްފައިވެއެވެ. މީގެ ތެރޭގައި ބޭރުގައުމުތަކުން ސިދާ ދަތުރުކުރާ 30 ހާސް ހައްޖުވެރިން ހިމެނެއެވެ. މީގެ އިތުރުން ބޭރުން ދާ ހައްޖުވެރިންނަށް ޚާއްސަ 485 ކޭމްޕް މުހިންމު ސައިޓް ތަކުގައި ހަދާފައިވާއިރު، 73 ހައްޖު އެފެއާސް އޮފީސް ހަދައި އެތަންތަނުން ނިންމަންޖެހޭ ކަންކަން ނިންމާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މިހާ އަވަހަށް ހައްޖުގެ ވިސާ ދޫކުރަން ފެށުމުން ދައްކާދެނީ ހައްޖު މޫސުމަށް ކުރިޔާލާ އެގައުމު ތައްޔާރުވެފައިވާ މިންވަރެވެ.އަދި މިގޮތަށް ތައްޔާރު ވުމުން ހަމައެކަނި ޚިދުމަތް ދިނުމުގެ ބަދަލުގައި ޚިދުމަތް އިތުރަށް ފުރިހަމަ ކޮށް ފެންވަރުމަތި ކުރުމަށް ވެސް ފުރުސަތު ލިބިގެން ދާކަމަށް ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް