ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 31 މީހުން މަރުވެ، ގިނަބަޔަކު ޒަޚަމް ވެއްޖެ

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ މިސްކިތެއްގައި މިއަދުގެ ހުކުރު ވަގުތު ބޮމެއް ގޮއްވާލުމުގެ ސަބަބުން 31 މީހުން މަރުވެ 170 މީހުންނަށް އަނިޔާތައް ލިބިފައިވާކަމަށް ޚަބަރުލިބެއެވެ.

މިއީ 2023 ވަނަ އަހަރު ޕެޝާވަރުގައި ދިން ބޮމުގެ ހަމަލާއަށްފަހު ދިން އެންމެ ބާރުގަދަ ބޮމުގެ ހަމަލާއެވެ. އެފަހަރުގެ ހަމަލާގައި ސަތޭކައަށްވުރެގިނަ މީހުން ވަނީ މަރުވެފައެވެ. ލެއިން ފޯވެފައިވާ ހަށިތައް މިސްކިތުގެ ކާޕެޓް މައްޗަށް ވެޓިފައިވާތަން، ބޮން ގޮއްވާލި ތަނުގެ ފޮޓޯތަކުން ފެންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މުޅިތަނުގައި ތެޅިފައިވާ ބިއްލޫރި ތައް ފެންނަން ހުރިއިރު ސަލާމަތްވިމީހުން ހާސްވެގެން އެހީއަށް އެދި ގޮވަމުން އެކިކޮޅު ކޮޅަށް ދުވާތަން ވީޑިއޯތަކުން ފެންނަ ކަމަށްވެއެވެ. އަދި އަނިޔާވި މީހުންނާއި މަރުވި މީހުން ވެސް މިސްކިތުގެ ތެރެއިން ނެރެ އެހީތެރިކަމެއް ލިބެންދެން ވަށައިގެންވާ ގަސްތަކުގެ ހިޔަލުގައި ބައިތިއްބާފައިވާ ކަމަށް ވެއެވެ.އެމިސްކިތަށް ނަމާދަށްދިޔަ މީހަކު ކިޔާދިން ގޮތުގައި ހުކުރު ނަމާދަށް ހަމަފެށިތަނާހެން ބަޑީގެ ހަމަލާތަކެއްގެ އަޑު އިވުނެވެ. އެއަށްފަހު ބާރުގަދަ އެއްޗެއް ގޮވިއަޑު އިވުނު ކަމަށް އޭނާ ކިޔާދީފައި ވެއެވެ. އޭރު މިސްކިތް ވަނީ ފުރިފައި ކަމަށާ އޭނާވެސް ހަމަލާގައި ޒަޚަމް ވެފައިވާ ކަމަށް ސައީދު އަމީރު ކިޔާދީފައި ވެއެވެ.ފުލުހުން މައުލޫމާތު ދިން ގޮތުގައި ހަމަލާދިން މީހާ ހުއްޓުވަން ބަޔަކު އުޅުމުން ހުރި ތަނުގަ ހުރެފަ ބޮންގޮއްވާލީއެވެ. ބޮން ގޮއްވީ ޠާލިބާން ޖަމާއަތުގެ ޕާކިސްތާން ގޮފިން ކަމަށް އެތެރޭގެ ތަހުގީގުތަކުން ފެންނަ ކަމަށާ ނަމަވެސް އަދި އެއްވެސް ބަޔަކު ހަމަލާގެ ޒިންމާ އުފުލާފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.މީގެ ހަފްތާއެއްހާދުވަސް ކުރިން ފެށިގެން ބަލޮޗިސްތާން ޕްރޮވިންސްގައި އަންނަނީ އެކިތަންތަނަށް ހަމަލާތައްދީ ހަމަނުޖެހުންތައް ހިނގަމުންނެވެ.ހުކުރު ދުވަހު ހެނދުނު ފުލުހުން މައުލޫމާތު ދިން ގޮތުގައި ތެހްރީކް އެ ޕާކިސްތާން ޠާލިބާން ގެ 24  ހަގުރާމަވެރިން ސިފައިން ބަޑިޖަހާވަނީ މަރާލާފައެވެ. ހުކުރު ވަގުތު ދިން ހަމަލާއަކީ މިކަމުގެ ބަދަލު ހިފުމެއް ކަމަށް ގަބޫލު ކުރެވެއެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް