ބަންގްލާދޭޝް ގެ އާންމު އިންތިޚާބް ފެށޭ ހަފްތާގައި ބޭއްވުމުގެ ތައްޔާރީތައް ކުރިޔަށް ދާއިރު، ޖެންޒީ ނިކުމެ ޚުދުމުޚްތާރު ވެރިކަމެއް ވައްޓާލި ނަމަވެސް އަނެއްކާވެސް ”މުސްކުޅި“ ބާރުތައް އެބުރި އައުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ޝޭހް ހަސީނާގެ ވެރިކަމާ ދެކޮޅަށް ޒުވާނުން ނިކުމެ ކުރި މުޒާހަރާތަކާދެކޮޅަށް ސިފައިން ހާލަތާ ނުބައްދަލް ބާރު ބޭނުން ކޮށް ގިނަ ބަޔަކު މަރުވެގެން ދިޔަ ނަމަވެސް ޒުވާނުން ހިއްވަރު ދޫކޮށްފައެއް ނުވެއެވެ. އެންމެ ފަހުނުން ޝޭޚް ހަސީނާއަށް މަގާމުން އިސްތިއުފާދެއްވަން މަޖްބޫރުވެ ވަޑައިގެންނެވިއެވެ. އަދި ވަނީ ސިއްރިޔާތުގައި އަވަށްޓެރި އިންޑިޔާއަށް ދަތުރު ކުރައްވާފައެވެ.ދެހަފްތާޔަށް ދެމިގެން ދިޔަ މުޒާހަރާތަކުގައި 1400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު މަރުވީ ސިފައިން ސީދާ ބަޑިޖެހުމުގެ ސަބަބުން ނެވެ.ބަންގްލޭދޭޝްގައި ކުރިޔަށް ދިޔަ ޖެން ޒީ ގެ މުޒާހަރާތަކަކީ މުޅި ދުނިޔޭގައިވެސް ކުރިޔަށް ދިޔަ މިފަދަ އެންމެ ކާމިޔާބް މުޒާހަރާތަކަށް ވަނީ ވެފައެވެ. އަދި ވެރިކަން ހިންގުމުގެ ޒުވާން ޚިޔާލުތަކާއެކު މުޅިން އައު ދައުރެއް ފެނިގެން ދާނެ ކަމަށް ހީކުރެވުނެވެ. ބައެއް ޒުވާނުން އަލަށް އުފެއްދުނު އިންޓަރިމް ސަރުކާރުގައި ބައިވެރި ކުރެވުނެވެ.ނަމަވެސް އެމީހުން އެދި ގޮވަމުން ދިޔަފަދަ ބަދަލު ތަކެއް އައީތީ އެއް ނުފެނުނެވެ.ސީޔާސީ މަޝްރަޚް އެބުރެމުން އައިސް ކިޔަވާކުދިން އިސްވެ އުފެއްދި ޕާޓީ އަށް ބޮޑެތި ގޮންޖެހުން ތައް ކުރިމަތި ކުރުވިތަން ފެނިގެން ވަނީ ގޮސްފައެވެ. ޚާއްސަކޮށް އިސްކޮށް ހަރަކާތްތެރިވާ އަންހެން މެމްބަރުންނާ ދެކޮޅަށް ތަފާތު ހަރަކާތްތައް ހިންގާ އެމީހުން ވަނީ އެއްކައިރި ކުރަން ފަށާފައެވެ.ފެށޭހަފްތާގައި އާންމު އިންތިހާބް ބާއްވަން ހަމަޖެހިފައި ވީނަމަވެސް ހަސީނާގެ ޕާޓީ އަވާމީ ލީގް އިންތިޚާބް ގައި ވާދަކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ކުރިއްސުރެ އުފެދިފައިވާ ”މުސްކުޅި“ ޕާޓީ ތައް މި ހުސްކަން ފުރަމުން ދާތަން ދަނީ ފެންނަމުންނެވެ.ހަށިގަނޑާ ފުރާނައިން ގުރުބާން ވާން ނިކުތް ޒުވާނުން މިހާރު ބުނާ ގޮތުގައިއެމީހުން ބޭނުންވާ ސުލަހްވެރިކަމާއި ހަމަހަމަކަން އެކުލެވޭ،އެންމެނަށް އިންސާފު ލިބޭ ނަލަނަލަ ބަންގްލާދޭޝް އެއް އުފެއްދުމުގައި އިންޓެރިމް ސަރުކާރުވަނީ ފެއިލްވެފައެވެ.ޒުވާނުން އިސްވެ އުފެއްދި ނެޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ)މިހާރު ގާތްގަޑަކަށް ވާކޮށްލާފައިވާއިރު، މިހާރު އަނެއްކާވެސް އެންމެ ކުރީގައި އުޅޭ ޕާޓީ އަކީ އެންމެ ކުރިން އުފެއްދި އެއްޕާޓީ ކަމަށްވާ ”ޖަމާއަތު އެ އިސްލާމް“ އެވެ.1941 ގައި އުފެއްދި ”ޖަމާއަތު އެ އިސްލާމް“ އަކީ ވެރިކަން ކުރި ކޮއެލިޝަންގެ ބައިވެރިއެކެވެ. ސަރުކާރު އުވި އެކި ކޮޅު ކޮޅަށް ޕާޓީ ތައް ދިޔަނަމަވެސް މިމަހުގެ 12 ވަނަ ދުވަހު ބާއްވާ އިންޚާބަށް ވާތައްޔާރީ ތަކުގައި އެންމެ ކުރީގައި އުޅޭތަން އަނެއްކާވެސް ފެންނަނީ ”ޖަމާއަތު އެ އިސްލާމް“ އެވެ.އިސްލާމިސް ޕާޓީ އެއްގެ ގޮތުގައި ގާއިމް ކުރެވުނު ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި އެޕާޓީ އަކީ ހަރުކަށި ފިކުރުގެ،ޚުދުމުޚްތާރު ގޮތްތައް ގެންގުޅޭ ވެރިން ތިބި ޕާޓީ އެކެވެ.ގިނަ ސިޔާސީ ފަރާތްތަކަކީ އިންތިޚާބް ދުވަސްވަރު ދައްކާ ވާހަކަތައް އަމަލުން ދައްކާބައެއް ނޫނެވެ. ”ޖަމާއަތު އެ އިސްލާމް“ގެ ލީޑަރު ޝަފީގުއްރަހްމާން ވެސް ބުނަނީ ކޮރަޕްޝަން ނައްތާލާނެ ކަމަށާ ޖުޑީޝަރީގެ މިނިވަންކަން ގާއިމް ކުރާނެ ކަމުގައެވެ. އަދި ޒުވާނުންގެ ޕާޓީ އަށް ތާއީދުކޮށް ޔުނިވަރސިޓީ ވޯޓުތަކުގައި މަގާމްތައް ހޯދާދީފައި ވެއެވެ.ނަމަވެސް ”ޖަމާއަތު އެ އިސްލާމް“ ވެސް މާޒީގައި މިނިވަން ޑިމޮކްރެޓިކް ބަންގްލާދޭޝް އެއްހޯދުމަށް މަސައްކަތް ކުރިތަންފެނިފައެއްނުވެއެވެ. އޭގެ ބަދަލުގައި މުޅިންވެސް އަޑު އިވުނީ ކޮރަޕްޝަނާ ފަސާދައިގެ އަޑުތަކެވެ.މިހާރު ކުރިމަތިވާ އެންމެ ބޮޑުމައްސަލަ އަކީ ”ޖަމާއަތު އެ އިސްލާމް“ ފަދަ ހަރުކަށިޕާޓީ ތަކުން މާޒީގައި ކަންތައް ކުރަމުން އައި ގޮތް މިއަދުގެ ޒުވާނުންނަށް ނޭގުމެވެ. އަދި މިއަދު އެ ބަހުސަށް ދާން ބޭނުން ނުވުމެވެ. އެހެން ކަމުން ޔުނިވަރސިޓީ ކުދިންގެ ފިކުރު އަބުރާލުމަށް ”ޖަމާއަތު އެ އިސްލާމް“ އިން މަސައްކަތް ކޮށް ކާމިޔާބް ކުރާތަން ދަނީ ފެންނަމުންނެވެ.ބަންގްލާދޭޝް ގައި ވޯޓުލާ އުމުރުގެ މީހުންގެ ތެރެއިން ކޮން ދިހަ މީހަކުން 4 މީހުންނަކީ 37 އަހަރުން ދަށުގެ މީހުންނެވެ. މާނަޔަކީ ”ޖަމާއަތު އެ އިސްލާމް“ ފަދަ ހަރުކަށި ފިކުރުގެ ކަންކަން ފެނިފައި ނުވާ މީހުންނެވެ.އިންތިހާބާ ދިމާކޮށް ކުރިމަތިވާ އަނެއް މައްސަލަ އަކީ ޒުވާނުންގެ ޕާޓީ އެން.ސީ.ޕީ އިން ރަގަޅު ހަރުދަނާ މަސައްކަތް ތަކެއް ކުރެވިދާނެ ކަމުގެ އިތުބާރު ނެތުމެވެ.މިހެން ދިމާވަނީ ފާއިތުވި 50 އަހަރުވެސް ބަންގްލާދޭޝްގެ ސިޔާސީ ކަންކަން ކޮންޓްރޯލް ކުރަމުން އައީ އެންމެބާރުގަދަ ދެޕާޓީން ކަމަށް ވާތީއެވެ.ޔޫތުޕާޓީ އެންސީޕީ ގެ މައްޗަށް ”ޖަމާއަތު އެ އިސްލާމް“ ގަދަވެގަނެ، އެޕާޓީން ނެރެން ފުރުސަތު ލިބުނީ އެންމެ 30 ކެންޑިޑޭޓެވެ.އޭގެ ތެރޭގައިވެސް ހިމެނެނީ އެންމެ ދެ އަންހެން ކެންޑިޑޭޓުންނެވެ. އަނެއް ކޮޅުން ”ޖަމާއަތު އެ އިސްލާމް“ އިން 200 ކެންޑިޑޭޓުން ނެރެފައިވެއެވެ.އެއީ ހުސް ފިރިހެނުންނެވެ.ޔޫތު ޕާޓީ އެން.ސީ.ޕީ އިން ވަކިވެފައިވާ ބައެއް އިސް އަންހެން މެމްބަރުން ބުނެފައިވާ ގޮތުގައި އަންހެނުން ނަށް ފުރުސަތު ނުދިނުމަކީވެސް އިންސާފެއްނޫނެވެ.އިދިކޮޅު ބީއެންޕީން 250 ކެންޑިޑޭޓުން ނެރެއެވެ.އޭގެ ތެރެއިން 10 މީހުންނަކީ އަންހެނުންނެވެ.އެން.ސީ.ޕީ އަށް އެކަށީގެންވާވަރަށް ތާއީދު ނެތުމާއި ހަސީނާގެ އަވާމީ ލީގް އަށް ބައިވެރި ނުވެވޭތީ އެކަމުން ބީއެންޕީ އަށް ލިބޭ ފައިދާ ވަރަށް ބޮޑެވެ. ހަސީނާގެ ވެރިކަމުގައި ބީއެންޕީގެ އެތައް ލީޑަރުންނެއް ޖަލަށް ލާފައިވީނަމަވެސް އެއެންމެން މިހާރުވަނީ މިނިވަން ވެފައެވެ.އަދި ދަނީ އެން.ސީ.ޕީ އާދެކޮޅަށް މަސައްކަތް ކުރަމުންނެވެ. ބީއެންޕީގެ އައު ލީޑަރަކީ ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހްމާއެވެ. 17 އަހަރު ވަންދެން ގައުމުން ބޭރުގައި ހުންނެވުމަށްފަހު އޭނާ ގައުމަށް އެބުރި ވަޑައިގެންނެވީ އިންތިހާބަށެވެ.ހަސީނާގެ އަވާމީ ލީގް އެކޭ އެއްގޮތަށް ބީއެންޕީ އަކީވެސް ސިޔާސީ ޑައިނާސްޓީ އަކުން އުފެދިގެން އައި ޕާޓީ އެކެވެ. އެހެން ކަމުން އެޕާޓީގެ ވެސް ”މޫ“ ވަނީ ވަރަށް ދުރަށް ފެތުރިފައެވެ.އެޕާޓީގެ ލީޑަރު ޚާލިދާ ޒިޔާ އަށް ތާއިދު ކުރާ ވަރަށް ގިނަ ބަޔަކު ބަންގްލާދޭޝް ގައި އުޅެއެވެ.ރަހްމާން ވަނީ ޖަމާއަތު އެ އިސްލާމުން ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރަމުން ގެންދާތީ އެކަން ކުށްވެރި ކުރައްވާފައެވެ.ކޮންމެއަކަސް އަންނަ ހަފްތާގެ ވޯޓަށް ފަހު، ޒުވާނުން ގެނައި އިންގިލާބާއި އޮހޮހޮރުވި ލޭ، އަދިވީ ގުރުބާނީ އަކީ ބޭކާރު ކަމެއްތޯ ނުވަތަ ނޫންތޯ ސާފުވާނެއެވެ.
![]()
