އިންޑިޔާގައި ދެ ދީނެއްގެ ޒުވާނުން ކައިވެނި ކުރުމުން އެމީހުން މަރާލާ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށް ޚަބަރުލިބެއެވެ. މިމައްސަލަ މިވަގުތު އެންމެ ބޮޑުވެފައިވާ އެއް ތަނަކީ އުއްތަރުޕްރަދޭޝް ގެ އުތުރު ހިސާބެއްގައިވާ އުމްރީ ކިޔާ ކުޑަ އަވަށެކެވެ.
ނިމުނު ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުވެސް ވަނީ އެއަވަށުން އެފަދަ ދެމީހުންގެ ހަށިގަޑު ފެނިފައެވެ. މަރާލާ ވަޅުލާފައިވަނޮށް ފެނުނު އަންހެން ކުއްޖާއަކީ 19 އަހަރުގެ ހިންދޫ ދީނުގެ މީހެކެވެ. އޭނާކައިވެނި ކުރިކަމަށްބުނާ،އުމުރުން 27 އަހަރުގެ މުހައްމަދު އަރުމާން އަކީ މުސްލިމެކެވެ.ދެމީހުންގެ ހަށިގަނޑުފެނިފައިވަނީ އަނިޔާކޮށްމަރާލުމަށްފަހު ކޯރެއްގެ ކައިރީ ވަޅުލާފައި ވަނިކޮށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެމީހުން މަރާލާފައިވަނީ އޭގެ ދެދުވަސް ކުރިން، ވަޅުކޮންނަން ގެންގުޅޭ އުދައްޔަކުން ތަޅައެވެ. މިކަން ކުރިކަން އިނގިފައިވަނީ އަންހެން ކުއްޖާގެ އާއިލާގެ ތިންފިރިހެނުން ކަމަށާ އެމީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
މީގެ ކުރިން އުމްރީ އަކީ ވަރަށްވެސް އަމާން ތަނެއްކަމަށްވެއެވެ. ޑެލްހީ އާއި 182 ކިލޯމީޓަރު ދުރުގައިވާ އުމްރީ ގައި 400 ސަތޭކައެއްހާ އާއިލާއުޅޭއިރު މުސްލިމުންގެ ކޮމިޔުނިޓީ ތަކާ ހިންދޫންގެ ކޮމިޔުނިޓީތަކުގައި މީހުން އުޅެމުން އައީ އެކުވެރިކަމާއެކު ކަމަށް އެތަނުގެ މީހުން މައުލޫމާތު ދީފައިވެއެވެ.
އިންޑިޔާގެ ނެޝަނަލް ކްރައިމް ރިޕޯޓްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިގޮތަށް މީހުން މަރާލެވުނު 18 މައްސަލައެއް 2014 ވަނަ އަހަރު ރެކޯޑް ކުރެވިފައިވާއިރު 2023 ވަނަ އަހަރު މިއަދަދުވަނީ 38 އަށް އަރާފައެވެ.އެކްޓިވިސްޓުން މައުލޫމާތުދޭގޮތުގައި މިއަދަދު އަދި މިއަށް ވުރެވެސް އަސްލުގައި މަތިވާނެއެވެ. ސަބަބަކީ ގިނަމަރުތަކެއް ހޮމިސައިޑް އަދި ސުއިސައިޑް ގެ ގޮތުގައި ރިކޯޑް ކޮށްފައިވާތީއެވެ.
ކާޖަލް އާއި އަރުމާން މަރާލުމަށްފަހު ކާޖަލްގެ 3 ބޭބެ ފުލުހަށްގޮސް އޭނަ ގެއްލިފައިވާކަމަށް ރިޕޮޓް ކުރިކަމަށް ވެއެވެ.އަދި އަރުމާން އޭނާގޮވައިގެން ފިލީކަމަށް ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް ތިންމީހުން ގެ ބަޔާނުން ނުގުޅޭ ކަންކަން ފެނުމުން ފުހުންނަށް ޝައްކުވެ އިތުރަށް ތަހްގީގް ކުރުމުން އެމީހުން އެއްބަސްވެ، ހަށިގަނޑު ވަޅުލިތަން ދެއްކީ ކަމަށް ވެއެވެ.
މިގޮތަށް މީހުން މެރުމަށް ކިޔަނީ އޮނަރ ކިލިންގ އެވެ.ހިންދޫން ގަބޫލުކުރާ ގޮތުގައި އެމީހުންނަށްވުރެ ދަށް ނަސްލެއްގެ ނުވަތަ ތަފާތު ދީނެއްގެ މީހަކާ ކައިވެނި ކޮށްފިނަމަ މުޅި އެއާއިލާގެ ނަމަށް ހުރުތުރު އަރައެވެ. އެހެން ކަމުން ދެމީހުން މަރާލަނީއެވެ.
![]()
