”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމްގެ ދަށުން ފާއިތުވި ހަފްތާގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ފާއިތުވި ހަފްތާގެ ތެރޭގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 456 އެޕްލިކޭޝަނަކާއި ފުލެޓަށް އެދި ހުށަހެޅި 1،160 އެޕްލިކޭޝަން ކަމަށެވެ.
އަދި ޑްރާފްޓް މަރުހަލާގައި 7،605 އެޕްލިކޭޝަން ހުރިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗާއި 7900 (ހަތް ހާސް ނުވަ ސަތޭކަ) ފުލެޓެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ. އަދި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ.

.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް