ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
.މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ”ޝައުބާން މަހު ކުރެވޭ ހެޔޮ ޢަމަލު“ މި އެވެ.
ޙުތުބާގައި ބުނީ ޝައުބާން މަހަކީ މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެއް ކަމަށެވެ.
އަދި މިއީ ރަމަޟާން މަހަށް މަރުޙަބާ ކިޔަން ތައްޔާރުވަމުން އަންނަ މަހެއް ކަމަށާއި މި މަހު ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އެގޮތުން މި މަހު، ހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާ ބަހައްޓައި ހީވާގިވުމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ޝައުބާން މަހަކީ އެ މަހެއްގައި ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މަހެއް ކަމަށެވެ. ރަމަޟާންމަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ޙުކުމްތައް އުނގެނި ދަސްކުރުމާއި، ހާރު ކެއުމާއި، ރޯދަ ވީއްލުމާއި، އެ ދެމެދުގައި ރޯދަވެރިއާ ޢަމަލުތައް ބަހައްޓާންވީ ގޮތް ދަސްކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
![]()
