މިއަހަރުގެ ރޯދަމަހު ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާގައި އެކަނިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ 2026 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު އާންމުކޮށްފައެވެ.
އެގޮތުން އެ ކަލަންޑަރުގައި ވަނީ ދިރާސީ އަހަރުގެ މުހިންމު ދުވަސްތަކާއި، ސަރުކާރުބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށްވެސް ބަންދު ދުވަސްތައް ފާހަގަކޮށްފައެވެ.
މަސް ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު ދަރިވަރުންގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު އެ ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަހުގެ ތެރޭގައި ކިޔަވައިދޭނީ އަންނަ ފެބުރުވަރީ މަހުގެ 22 އިން 26 ގެ ނިޔަލަށެވެ.އެއަށްފަހު 14 ދުވަހުގެ މުއްދަތަކަށް ކިޔެވުން ކުރިއަށްދާއިރު، އަންނަ ފެބުރުވަރީ މަހުގެ 18 ގައި ރޯދަ މަސް ފެށޭނެއެވެ.
މީގެ އިތުރުން ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ކިޔެވުމަށްފަހު، މާރިޗު އެކަކުން އަށަކަށް ކުރިއަށްދާނީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ދުވަސްތަކެވެ.ހަމައެހެންމެ ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، މާރިޗު މަހުގެ 9 އިން 19 އަށް ސުކޫލުތައް ބަންދުވާނެއެވެ. މިގޮތުން ދަރިވަރުންނަށް ރޯދަ މަހުގެ ތެރޭގައި ޖުމްލަ 26 ދުވަހުގެ ދިގު ޗުއްޓީއެއް ލިބިގެންދާނެއެވެ. އެހެންކަމުން އަލުން ޗުއްޓީއަށްފަހު ސުކޫލުތައް ހުޅުވޭނީ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ.
![]()
