ނިއުޒިލަންޑަށް ކުރިމަތިވި މޫސުމީ ކާރިސާއެއްގައި 2 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ނިއުޒިލަންޑްގެ ”ވެލްކަމް ބޭ“ ކިޔާ ސަރަހައްދުގެ ގޮނޑުދޮށުހިސާބަށް ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ދެމިގެންދިއުމުގެ ހާދިސާއެއްގައި ދެމީހުން މަރުވެ އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މީގެ އިތުރުން ޓުއަރިސްޓުންގެ މަގްބޫލް ސަރަހައްދެއް ކަމަށްވާ ”މައުންޓް މައުންގަނުއީ“ އަށްވެސް ކުރިމަތިވި މިފަދަ ލޭންޑް ސްލައިޑްއަކާއި ގުޅިގެން އެތައްބަޔަކު ގެއްލިފައިވާކަމަށް ވެސް ޚަބަރު ލިބެއެވެ.

މިއީ ގިނަބަޔަކު ކޭމްޕް ކުރުމަށްވެސް ދާސަރަހައްދަކަށްވާއިރު އެހިސާބު ބެލިބެލުމުން މީހަކު ނުފެނުނު ކަމަށް އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް ރޭގަނޑާއެކު މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ނިއުޒިލަންޑްގެ އެންމެ އުތުރު ޖަޒީރާކަމަށްވާ ”ބޭއޮފް ޕްލެންޓީ“ އަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދާތާ ދެތިން ދުވަސް ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މީގެ ސަބަބުން ބައެއް ހިސާބުތަކުން ކަރަންޓް ކެނޑި ފެންބޮޑުވާން ދިމާވެފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދު ތައް ބައްލަވާލެއްވުމަށް ބޮޑުވަޒީރު ކްރިސް ލަކްސަން މާދަމާ ވަޑައިގަތުމަށް ތައްޔާރު ވަމުންދާ ކަމަށް ޚަބަރުލިބެއެވެ.   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް