އީގަލް-44ގެ ވާހަކަ އަޑުއެހީމުތަ؟

Loading

Facebook
Twitter
WhatsApp

ސުރުޚީގައި އެވާ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ޖެހޭނީ ތިންހާސް އަހަރުގެ ކުރީގެ ތާރީޚަކުން ފަށައި ގަންނާށެވެ.


ތިންހާސް އަހަރުގެ ކުރީގެ ތާރީޚުގައިވެސް ފާރިސީންނަކީ ގަނާތު ކޮނުމުގައި ވަރަށް ކުރިއަރާފައިވާ ބައެކެވެ. އިންސާނުން ދިރިއުޅޭ އާބާދީތަކަށާއި ދަނޑުބިންތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ފަރުބަދަތައް ކަނޑައިގެން ފެންދެމޭނެގޮތަށް ކޯރު ކެނޑުމަކީ ގަނާތު ކަމުގައި ބުނެވެއެވެ. މިއީ މިހާރުގެ ފާރިސީން ވެސް ވަރަށް ކުރިއަރާފައިވާ މަސައްކަތެއް ކަމުގައި ބުނެވެއެވެ.
ފާރިސީންގެ މި ހުނަރު ހިތުތެރޭގައި ބާއްވައިގެންވިޔަސް ފައިޓަރޖެޓް އުދުއްސައި ޖެއްސުމަށްޓަކައި ފަރުބަދަތަކުގެ އަޑީގައި އެއާރޕޯރޓެއް ބިނާކޮށް އެތަނަށް ފައިޓަރޖެޓްފަހަރުގައި ދަތުރުފަތުރު ކުރާނެގޮތެއް އިހްސާސް ކޮށްބަލާށެވެ. މި އިހްސާސަށް ކުލަޖެއްސުމަށްޓަކައި އީގަލް-44 އަކީ މިޒަމާނުގެ ހަނގުރާމައަށް ތައްޔާރުވުމެއްކަމުގައި ނުބަލައި މީގެ ތިންހާސް އަހަރު ކުރީގެ ތާރީޚަށް ވަދެލާން ޖެހެއެވެ. އެއީ މިޒަމާނުގެ ބަންކަރ ބަސްޓަރ އާއި ސެޓަލައިޓް އަދި ފައިޓަރޖެޓް އުފެއްދުމުގެ މާކުރީ ޒަމާނެކެވެ. ފާރިސީންނަކީ އެޒަމާނުގައިވެސް ޖައްވުތެރެއަށް ފެނުގެތެރޭން ބައެއް އާވީގެ ގޮތުގައި އަރައިގެންދިއުން ހުއްޓުވުމަށާއި ފަރުބަދައިގެތެރެއިން ކޮނެފައިވާ ކޯރުތަކެއްގެ ވަސީލަތުން މީހުންދިރިއުޅޭ އާބާދީތަކަށް ފެންފޯރުކޮށް ދިނުމަށް ގަނާތު ކޮނުމުގެ ހުނަރުގައި ވަރަށް ކުރިއަރާފައިވާ ބައެކެވެ.
މިއަދު އެ ފަލްސަފާގެ ސިއްރުތައް ބޭނުންކޮށްގެން އެމެރިކާއިން ދީފާނެ ހަމަލާތަކުންނާއި ފާރަލުމުގެ ލޯތަކުން ފިލާތިބުމާއި އިރާނުގެ ދިފާއަށްޓަކައި އެވަނީ އަންޑަރ ގްރައުންޑް އެއާރބޭސްތައް ބިނާކޮށްފައެވެ. އީރާނުގެ ފައިޓަރ-ޖެޓްތަކާއި ހަނގުރާމައިގެ ގިނަ ވަސީލަތް ތަކަކަށް ކުރީޒަމާނުގެ ތާރީޚީ ހުނަރުވެރިކަމުން ލިބިގެންފައިވާ މައުލޫމާތުގެ އަލީގައި ރައްކާތެރި މާހައުލެއް ބިނާކޮށްފައެވެ. އީރާނުގެ އީގަލް-44 އަކީ މިއީއެވެ. މިޒަމާނުގައި ވައިގެ ހަމަލާތައް އަމާޒުކުރުމަށާއި ޖާސޫސު ކުރުމުގައިވެސް ބިމުއަޑީގައި ފޮރުވިފައިނުންނަ ތަންތަން ދެނެގަތުމަށްވުރެން ލޮލުގެ ކުރިމަތީގައި ހާމަޔަށް ފެންނަންހުރުމުން ދެނެގަތުން ފަސޭހަވާނެކަން ގަބޫލުކުރެވެއެވެ.
ކުރީ ޒަމާނުގައި ފެން ފޯރުކޮށްދޭން ބޭނުންކުރި އެންޖިނިއަރިންގެ ނިޒާމް މިއަދު މިއޮތީ ދިފާއީ މިލިޓްރީގެ އަސާސަކަށް ވެފައެވެ. އީގަލް-44 އަކީ ހަމައެކަނި އެއާރބޭސްއެއް ނޫނެވެ. އެއީ މިއަދުގެ ޖިއޯ-ޕޮލިޓިކްސް އަލުން އެހެންގޮތަކަށްވެސް ބަދަލުކޮށްލެވިދާނެކަން ދޭހަކޮށްދޭ ތާރީޚީ ހަގީގަތެކެވެ.
އެއްޒަމާނެއްގައި ފާރިސީންނަކީ ދުނިގޭ ސުޕަރ ޕަވަރެކެވެ. ދުނިޔޭގެ ފުރަތަމަ ސުޕަރޕަވަރަކީ ބެބިލޯނިއަން ސުޕްރޕަވަރެވެ. އެއީ މިޒަމާނުގެ އިރާގައި އީރާނު ހިމެނޭ ސުޕަރޕަވަރެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް