މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމުން ގެއްލުމެއް ނެތް ކަމަށް ސްޓަޑީއަކުން ދައްކައިފި

Loading

Facebook
Twitter
WhatsApp

މާބަނޑު ދުވަސްވަރު އަންހެނުން ޕެރަސެޓަމޯލް ބޭނުންކުރުމުން ލިބޭ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖަކަށްވުމުގެ ފުރުސަތު ބޮޑުވާކަމުގެ ހެއްކެއް ނެތް ކަމަށް މުހިންމު ސްޓަޑީއަކުން ދައްކައިފިއެވެ.

ކުރިން ހީވެފައިއޮތީ އަންހެނުން ބަލިވެއިނުމަށްފަހު ޕެރަސެޓަމޯލް ބޭނުންކުރުމުން އޯޓިޒަމް ގެ އިތުރުން އޭޑީއެޗްޑީ،އަދި އެހެންވެސް ”ޑިވެލޮޕްމެންޓަލް އިޝޫ“ ތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. މި ޚާއްސަ ސްޓަޑީގެ ފަހަތުގައިވާ ސިއްހީ މާހިރުން ބުނާ ގޮތުގައި ޕެރަސެޓަމޯލް ބޭނުން ކުރަން މާބަނޑުމީހުން ޖެހިލުންވާންވީ ސަބަބެއް ނެތެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ވިދާޅުވެފައިވަނީ ޕެރަސެޓަމޯލް އަކީ ރަނގަޅު ބޭހެއް ނޫން ކަމަށާ މާބަނޑު މީހުން ޕެރަސެޓަމޯލް ބޭނުން ނުކޮށްވޭތޯބަލަން ”ފައިޓް ލައިކް ހެލް“ ނުވަތަ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމުގައެވެ. ޓްރަމްޕް މިހެން ވިދާޅުވި އިރުވެސް ދުނިޔޭގެ ތަފާތު މެޑިކަލް ޖަމާއަތްތަކުން އެބުނުމާ ދެކޮޅަށް އެއްޗެތި ބުނަމުން ގެންދިޔައެވެ.މާހިރުން ވިދާޅުވާ ގޮތުގައި މެޑިކަލް ޖަރނަލް ”ލާންސެޓް“ގައި ޝާއިއު ކޮށްފައިވާ މިފަހުގެ ސްޓަޑީގެ ސަބަބުން މިމައްސަލައިގައި ކުރެވެމުންދާ ބަހުސްތައް ހުއްޓުމަކަށް އަންނާނެއެވެ.އެހެން ނަމަވެސް އަދިވެސް އެމެރިކާގެ ބައެއް ސިއްހީ އޮފިޝަލުން، މާބަނޑު އަންހެނުން ޕެރަސެޓަމޯލް ބޭނުން ކުރުން ރައްކާތެރި ނޫންކަމަށް ބުނަމުން ގެންދެއެވެ.ޓްރަމްޕް ސަރުކާރުގެ ހެލްތު އޮފިޝަލުން އޭރު ވިދާޅުވެފައިވަނީ ޕެރަސެޓަމޯލްގެ އިތުރުން، މާބަނޑުމީހުން އާންމުކޮށް ބޭނުން ކުރާ ބްރޭންޑެއް ކަމަށްވާ ”ތައިލެނޯލް“ ބޭނުން ކުރުމުން ލިބޭ ކުދިންނަކީ އޯޓިސްޓިކް، ނުވަތަ ހެދިބޮޑުވުމުގެ މައްސަލަތައް ހުންނަ ކުދިން ލިބުމުގެ ފުރުސަތު ބޮޑު ކަމުގައެވެ.

އަލަށް ހެދުނު ސްޓަޑީއަކީ ހެލްތު އެކްސްޕަރޓުންނާއި މާބަނޑުމީހުންގެ މެދުގައި މިކަންބޮޑުވުން އިތުރުވެ ހެދުނު ސްޓަޑީ އެއްކަމަށް ވެއެވެ.މިސްޓަޑީގައި މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޫނުން ކުރުމުން ދަރިފުޅަށް އަތުވެދާނެ ނޭދެވޭ ބަދަލު ތަކާބެހޭގޮތުން ކުރިން ހަދާފައިވާ 43 ސްޓަޑީ އަކަށް އަލުން ބަލާ އިތުރަށް ދިރާސާ ކޮށްފައިވާ ކަމަށް ވެއެވެ. މި ސްޓަޑީ ތަކުންގައި އެތައް ހާސް އަންހެނުން ބޭނުން ކޮށްފައިވާއިރު،މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރި މީހުންނާއި ނުކުރާ މީހުން ހިމަނާފައިވާ ކަމަށް ފަހުގެ ސްޓަޑީގެ ލީޑް އޯތަރ ޕްރޮފެސަރ އަސްމާ ޚަލީލް ވިދާޅުވެފައި ވެއެވެ.

ޔުނިވަރސިޓީ އޮފް ލަންޑަންގެ ޕްރޮފެސަރ އަސްމާ ވިދާޅުވި ގޮތުގައި މާބަނޑުމީހުން ގަދަޔަށް ހުންއައުމުން ހުން ތިރިކުރަން ބޭހެއް ބޭނުން ނުކުރާނަމަވެސް ދަރިފުޅަށް ގެއްލުންތައް ލިބުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި މިގޮތަށް ހުންއައިސް ނުވަތަ ތަންތަނަށް ތަނދުވާ މީހުންނަށް ޑޮކްޓަރުން ފުރަތަމަ ދޭބޭހަކީ ޕެރަސެޓަމޯލް ކަމަށްވާއިރު، އެބޭހުން ގެއްލުން ނުވާކަން އިނގުމަކީ ސްޓަޑީ އަށް ”ގޯލްޑް ސްޓެންޑަރޑް“ލިބުނު ކަމެއް ކަމުގައެވެ.

މައުލޫމާތު : ބީބީސީ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް