އިންޑިޔާގެ ވެރިރަށް ޑެލްހީގެ އެއާޕޯޓެއްގައި އެއާ އިންޑިޔާ މަތިންދާބޯޓެއްގެ އިންޖީނު ތެރެޔަށް ކާގޯ ކޮންޓެއިނަރެއް ދަމައިގަތުމާއި ގުޅިގެން އެކަން ހިނގަން މެދުވެރިވި ގޮތް ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ. މިކަން ހިނގާފައިވަނީ ބޯޓު ޓެކްސީވޭ ގައި ދުއްވަމުން ދަނިކޮން ކަމަށް ވެއެވެ.މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ކަމެއް ނުވެއެވެ.
ނަމަވެސް ބޯޓުގެ އިންޖީނަށް ގެއްލުން ތަކެއް ލިބިފައި ވުމާއި އެކު މަރާމާތަށް ބޯޓުވަނީ ގްރައުންޑް ކޮށްފައެވެ.ބޯޓުގައި 240 ފަސިންޖަރުންނާއި ހައެއް ނުވަތަ 8 ކްރޫ މެމްބަރުން ތިބިކަމަށް ވެއެވެ.އެއާބަސް އޭ350 ބުރާސްފަތިދުވަހު ޑެލްހީ އިން ފުރީ ނިއުޔޯކަށް ދިއުމަށެވެ.ނަމަވެސް އީރާނުގެ އެއާ ސްޕޭސް ވަގުތީ ގޮތުން ބަންދުކުރުމާއި ގުޅިގެން ބޯޓުގެރޫޓް ބަދަލު ކުރަންޖެހޭތީ އަބުރާ ޑެލްހީގައި ޖެއްސީ ކަމަށް ވެއެވެ. ހާދިސާ ހިނގީ ޕާކިނގް ބޭ އަށް ދިއުމަށް ޓެކްސީ ވޭ ގައި ދުއްވަމުން ދަނިކޮންޏެނެވެ.އޭރު ދުންފިނި ބޯވުމުގެ ސަބަބުން ދުރުފެންނަ މިންވަރު ވަރަށް ކުޑަކަމަށް ޚަބަރުތައް ބުނެއެވެ.މަތިންދާބޯޓުގެ އިންޖީނަށް ދަމައިގަނެފައިވަނީ ގްރައުންޑް ވެހިކަލް އެއްގެ ފުރޮޅެއް ނެއްޓުމުގެ ސަބަބުން ވެއްޓިފައި އޮތް ކޮންޓެއިނަރެއް ކަމަށް ވެއެވެ.
![]()
